ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ވެރިކަމަށް ވަޑައިގެންނެވީ އެމްޑީޕީގެ ކިބައިން ގައުމު ސަލާމަތްކުރަން: ސިނާން

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީގެ މެންބަރު މުޙައްމަދު ސިނާން/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތީ އެމްޑީޕީގެ އަނިޔާވެރިކަމުން ގައުމު ސަލާމަތްކޮށްދެއްވުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސިނާން ވިދާޅުވެއްޖެއެވެ.

އިދިކޮޅު މައި ޕާޓީ އެމްޑީޕީއަށް ފާޑުވިދާޅުވަމުން، މެންބަރު ސިނާން ވިދާޅުވެފައިވަނީ އެމްޑީޕީގެ ސިޔާސަތަކީ އެ ޕާޓީ ނޫން އެހެން ފަރާތަކުން ވެރިކަން ކުރާނަމަ، އެއްވެސް ރަނގަޅު ކަމެއް ކުރެވޭ ކަމަށް ނުހެދުން ކަމަށެވެ.

 ”ރައީސް ޑރ. މުއިއްޒުގެ ވެރިކަން ގާއިމުވެގެން ދިޔައީ ރޯމާ ދުވާލު ބޮޑެތި ވައްކަންތައް ހިންގައި، ދިވެހި ރައްޔިތުން ނިކަމެތިވެގެން ދިޔަ ދުވަސްވަރަކަށް ފަހު“ ކަމަށް އޭނާ ވިދާޅުވިއެވެ.

ސޯޝަލް މީޑިއާގައި އާންމުކުރެއްވި މެސެޖެއްގައި މެންބަރު ސިނާން ވިދާޅުވެފައިވަނީ، އެމްޑީޕީން ރައްޔިތުންނަށް ވަމުން އައި ހިޔާނާތްތަކުންނާއި އަނިޔާވެރިކަމުން ރާއްޖެ ސަލާމަތްކޮށްދިނުމަށް ކަމަށެވެ. އަދި އެމްޑީޕީގެ ވެރިކަން ނިމުމަކަށް ގެނެސް، އެ ޕާޓީއަށް ބޮޑުތަނުން ”ނޯ“ ޖެހުނީ އެ ސަބަބަށްޓަކައި ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މިހާރުގެ ސަރުކާރުން ދަނީ ހަރަދު ކުޑަ ގޮތެއްގައި އެތައް މަޝްރޫޢުތަކެއް ފަށަމުން ކަމަށް ސިނާން ވިދާޅުވިއެވެ. އަދި މި މަންޒަރު ފެނުމުން އެމްޑީޕީގެ ހިތަށް ކުޅަދާނަ ނުވާ ކަމަށާއި، އެހެންކަމުން މިހާރު ކިޔޭ ނުކިޔޭ ނޭނގޭ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީގައި ތިބީ ވައްކަންކުރާ ބައެއް ކަމަށާއި، މިއަދު އެ ޕާޓީއަށް ތާއީދެއްވެސް ނެތްކަން އެއީ ހަގީގަތް ކަމަށް މެންބަރު ސިނާން ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: