ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީއިން ދަނީ ބޭރުގެ އިންވެސްޓަރުންގެ ކުރިމަތީގައި ނުރަނގަޅު ތަސައްވުރެއް ފަތުރަމުން: ޝުޖާއު

ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީއިން ދަނީ ބޭރުގެ އިންވެސްޓަރުންގެ ކުރިމަތީގައި ނުރަނގަޅު ތަސައްވުރެއް ފަތުރަމުންކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ސްޕެޝަލް އިކޮނޮމިކް ޒޯން ގާނޫނަށް އިސްލާހު ހުށައެޅުއްވީ ޝުޖާއުއެވެ. އޭނާ ވިދާޅުވީ ދެމެހެއްޓެނިވި ތަރައްގީއަށް ބާރު އަޅާ، ސަސްޓެއިނަބަލް ޓައުންޝިޕްތަކެއްގެ ގޮތުގައި ސްޕެޝަލް އިކޮނޮމިކް ޒޯން ކަނޑައެޅުމަށް މަގުފަހިކުރުންކަމަށާއި، މި އިސްލާހުގައި އެކަމަށްޓަކައި ބޭނުންވާ ޝަރުތުތަކާއި އުސޫލުތައް ބަޔާންކޮށްފައިވާނެކަމަށެވެ. މިއީ ރާއްޖޭގެ މުސްތަގުބަލަށްޓަކައި ވަރަށް މުހިންމުކަމެއްކަމަށް ފާހަގަކުރެއްވިއެވެ.

މި އިސްލާހުތަކުގެ ސަބަބުން ދެމެހެއްޓެނިވި މަންފާއެއް ލިބޭ ގޮތަށް ކަނޑައަޅާ ސްޕެޝަލް އިކޮނޮމިކް ޒޯންތަކަށް ބޭރުގެ އިންވެސްޓަރުންގެ އިތުރު ސަމާލުކަން ލިބިގެންދާނެކަމަށް ފާހަގަކޮށް ޝުޖާއު ވިދާޅުވީ، މި ޒޯންތަކަށް ހާއްސަކުރާ ޝަރުތުތަކުގެ ސަބަބުން އިންވެސްޓަރުންނަށް ވާނީ ފައިދާކަމަށެވެ. އެއާއިއެކު ރާއްޖެއަށް ލިބޭ ބޭރުގެ އިންވެސްޓްމެންޓްތައް އިތުރުވެގެންދާނެކަމަށް ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ މިއީ ރާއްޖެއަށް ވަންނަ ބޭރު ފައިސާ އިތުރުވާނެ ސަބަބެއްކަމަށާއި، މިއީ ބިލުގެ މަގްސަދެއްކަމަށެވެ. އެންމެ ފުރަތަމަ މި ބިލު ފާސްކުރީ 2014 ވަނަ އަހަރު 18 ވަނަ މަޖިލީހުންކަމަށް ޝުޖާއު ވިދާޅުވިއެވެ.

ބޭރުގެ އިންވެސްޓްމެންޓްތައް ގެނައުމަށްޓަކައި އޭރު މި ބިލު ފަރުމާކުރި އިރު ސްޕެޝަލް އިކޮނޮމިކް ޒޯންތައް އެހެން ގައުމުތަކުގައި ހިންގާ ގޮތުގެ ތަޖުރިބާތައް ހިމަނާފައިވާނެކަމަށް ޝުޖާއު ފާހަގަކުރެއްވިއެވެ.

ވަރަށް މާތް މަގްސަދެއްގައި، ދިވެހި ރާއްޖެއަށް ބޭރުގެ އިންވެސްޓްމެންޓްތައް އަދި އިންވެސްޓްމެންޓްތަކަށް ފަހި މާހައުލެއް އޮތަތީވެ، އަޅުގަނޑުމެން މިފަދަ ބިލެއް ފަރުމާކުރީ.

ޝުޖާއު ފާހަގަކުރެއްވިއެވެ.

ޝުޖާއު ވިދާޅުވީ ވަރަށް މާތް މަގްސަދެއްގައި ފަރުމާކުރި މި ބިލުގެ ފައިދާއެއް ނުވީ އޭރު އެމްޑީޕީފަދަ ލާނެތް ޕާޓީއެއް އިދިކޮޅުގައި އޮތުމުންކަމަށެވެ. މި ސަރުކާރުގެ އަމާޒަކީ ބޭރުގެ އިންވެސްޓަރުންތައް ރާއްޖެއަށް ގެނައުންކަމަށް ފާހަގަކޮށް ޝުޖާއު ވިދާޅުވީ ރާއްޖެއަކީ އިންވެސްޓްމެންޓްތަކަށް ފަހި މާހައުލެއް އޮތް ގައުމެއްކަން ދުނިޔެއަށް ދެއްކުމަކީ ސަރުކާރުން ބޭނުންވާ ގޮތްކަމަށެވެ. އިސްލާހުތައް ގެނެސް އާ ދޮރުތައް ހުޅުވާލާއިރަށް އެމްޑީޕީއިން އަނެއްކާވެސް ގައުމު ހަލަބޮލިކޮށް މިސްރާބު އޮޅުވާލާނެކަމަށް ޝުޖާއު ވިދާޅުވިއެވެ.

އެގޮތުން ޝުޖާއު ވަނީ ބައެއް މަޝްރޫއުތައް ފާހަގަކުރައްވާފައެވެ. އެމްޑީޕީއިން މުޒާހަރާކޮށް ރާއްޖެއަކީ އިންވެސްޓްމެންޓްތަކަށް ފަހި މާހައުލެއް އޮތް ގައުމެއް ނޫންކަމަށް ދެއްކުމަށް މަސައްކަތް ކުރުމުގެ ސބަބަުން ނޭދެވޭ އަސަރުތައް ގައުމަށާއި ރައްޔިތުންނަށް ކޮށްފައިވާކަމަށް ޝުޖާއު ވިދާޅުވިއެވެ. ދެންވެސް އެ އަމަލުތައް އެ ޕާޓީއިން ތަކުރާރުކުރާނެކަމަށް ޝުޖާއު ވިދާޅުވިއެވެ. ފ އަތޮޅުގައި ހިންގި މަޝްރޫއު ޝުޖާއު ފާހަގަކުރެއްވިއެވެ. މި މަޝްރޫއު ރަނަގަޅަށް ކުރިއަށް ގެންދެވުނުނަމަ، ޓެކްސްގެ ގޮތުގައި ރާއްޖެއަށް ލިބޭ ފައިސާ ދެގުނަ ވެގެންދާނެކަމަށް ޝުޖާއު ވިދާޅުވިއެވެ.

އޭރު އެކަންކަން ފުރިހަމަވީނަމަ، ދިވެހި ގޭބިސީތަކުގެ ފެނާއި ކަރަންޓު ބިލު މިހާރު ދައްކާދޭނީ ދައުލަތުންކަމަށް ޝުޖާއު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: