ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔާމީނަކީ ޝަރުއީ ދާއިރާ މިނިވަންކަމުގެ މިސާލެއް: ފަލާހު

ޕީއެންސީގެ ޕީޖީ ލިޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު:/ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީންއަކީ ޝަރުއީ ދާއިރާގެ ތެރޭގައި މިނިވަން މަސައްކަތްތަކެއް ކުރެވެމުންދާކަމުގެ މިސާލެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.

މަޖިލިސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ފަލާހު ވިދާޅުވީ، ”މިހާރުގެ ސަރުކާރާއި މަޖިލީހުން މަސައްކަތް ކުރަމުންދަނީ ރާއްޖޭގެ ޝަރުއީ ދާއިރާގެ މައްސަލަތައް ހައްލުކޮށް، އިންވެސްޓްމަންޓަށް ފަހި މާހައުލެއް ގާއިމުކުރުމަށް“ ކަމަށެވެ. އަދި މިހާރު ނުބައި ހުކުންތަކެއް ނުނެރޭނެ ކަމަށާއި، ވަކި މީހަކު ޖަލަށްލުމަށް ނުފޫޒު ފޯރުވުމެއްވެސް ނޯންނާނެކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފަލާހު އިތުރަށް ވިދާޅުވި ގޮތުގައި، ކުރީގެ ރައީސް ޔާމީން މިހާރު ގޭގައި އިންނަވައިގެން ބޭނުންފުޅު ވާހަކައެއް ދެއްކެވޭ ކަމީ ޝަރުއީ ދާއިރާގެ މިނިވަންކަމުގެ ހެއްކެކެވެ. ”އެމްޑީޕީގެ ވެރިކަމެއްގައިނަމަ މިހާރު ތިއްބެވީސް ޖަލުގައި“ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެމްޑީޕީގެ ސަރުކާރުތަކާ ތަފާތުކޮށް، މިހާރުގެ ސަރުކާރުގައި އެއްވެސް ސިޔާސީ ބޭފުޅަކު ޖަލުގައި ނެތްކަން ފާހަގަކުރައްވަމުން، ފަލާހު ވިދާޅުވީ ރައީސް ޔާމީނާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުވެސް ޖަލަކަށް ނުދާނެ ކަމަށެވެ.

އެހެންނަމަވެސް، ފަލާހު ރައީސް ޔާމީންގެ އަމިއްލަ މުދަލާމެދުވެސް ސުވާލު އުފެއްދެވިއެވެ. ”14 ބުރީގެ ގެއެއް އަޅުއްވާފައި އެބަހުރި. 100 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ހަރަދެއް ދާނެ އިމާރާތެއް އެއްވެސް ލޯނެއް ނެތި އެޅުއްވީ ކިހިނެއްތޯ ސުވާލު އުފެދޭ“ ކަމަށް ފަލާހު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: