ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފައިސާ ޗާޕުކުރަނީ ކައުންސިލުތަކުގެ އިންތިހާބުގައި ރިޝްވަތު ބަހަން: އިމްރާން

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ.
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން ފައިސާ ޗާޕުކުރުމަށް މަސައްކަތްކުރަނީ ކައުންސިލު އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުންކަމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ތުހުމަތުކުރައްވައިފިއެވެ.

ސޯޝަލްމީޑިއާގައި އާންމުކުރެއްވި ޕޯސްޓެއްގައި އަދާލަތު ޕާޓީގެ ރައީސް ކުރީގެ ހޯމް މިނިސްޓަރ އިމްރާން ވިދާޅުވީ، ޕެންޝަން އޮފީސް މެދުވެރިކޮށް ސަރުކާރުން ޗާޕުކުރުމަށް މަސައްކަތްކުރަމުންދާ ފައިސާ ނަގައިގެން ލޯކަލް ކައުންސިލު އިންތިހާބުގައި ރިޝްވަތު ދިނުމުގެ އަމަލު ހިންގުމަށް އަމާޒުކޮށްފައިވާކަމަށެވެ. އެގޮތުގެ މަތިން ފައިސާ ބަހާނެކަމާއިމެދު ޝައްކެއް ނެތްކަމަށް ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ، ޕެންޝަން އޮފީހުގެ އިންވެސްޓުމެންޓެއްކަމަށް ދޭހަވާގޮތަށް އެތަނުގެ ބޯޑަށް ބިރުދައްކައިގެން ރައީސް މަސައްކަތްކުރައްވަނީ ހީލަތްތެރި ވިސްނުމެއްގެ ތެރެއިން ސަރުކާރު ހިންގުމަށް ބޭނުންވާ ފައިސާ ޗާޕުކުރަންކަމަށެވެ.

އޭނާ ވިދާޅުވީ، މިގޮތަށް ސަރުކާރުން އަމަލުކުރުމުގެ ނަތީޖާއަކަށް ވެގެންދާނީ ރާއްޖޭގެ ރިޓަޔާރމެންޓް ޕެންޝަން ސްކީމުގެ ސިފަ ގެއްލި ޓެކުހެއްގެ ކުލަތައް ޖެހިގެންދިއުންކަމަށެވެ. އަދި މިކަމުގެ ސަބަބުން އިގްތިސާދު ހަމަޔަކަށް އެޅުވުމަށްކަމަށް ބުނެ ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކަށް ވަންނަ ޑޮލަރު އެމްއެމްއޭ މެދުވެރިކޮށް ގަދަބާރުން ސަރުކާރަށް ނަގައިގެން ހިންގަންއުޅުނު ދިއުޅިއެއްނުވާ ސިޔާސަތު ނުހިނގާ ފޭލިވެއްޖެކަން ފެނިގެންދާކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: