ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި ލޭ ހޯދުމަށް ނުހަނު ދަހިވާކަން ފާހަގަކޮށް ހުށައެޅި ގަރާރު ބަލައެއް ނުގަތް!

ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ)/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގައި ލޭ ހޯދުމަށް ނުހަނު ދަހިވާކަން ފާހަގަކޮށް، އެ މައްސަލަ ހައްލުކުރުމާއިމެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށްޓަކައި ހުށައެޅި ގަރާރު ބޭރުކޮށްލައިފިއެވެ.

މި ގަރާރު ބަލައިގަތުމަށް ވޯޓު ދެއްވީ 10 މެންބަރުންނެވެ. 33 މެންބަރުން ވަނީ ގަރާރާއި ދެކޮޅަށް ވޯޓު ދީފައެވެ. މިއީ ގަލޮޅު އުތުރުދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް ހުށައެޅުއްވި ގަރާރެކެވެ.

މި ގަރާރާއި ގުޅިގެން މެމްބަރު ވިދާޅުވީ މިއަދު ދައްކަވަނީ ގާނޫނެއްގެ ދަށުން ކުރަންޖެހޭކަމެއް ނުކުރާ ވާހަކަކަމަށެވެ. މެންބަރު ވިދާޅުވީ އޮފީހެއް އުފެއްދިޔަސް މިކަން ނުނިމޭނެކަމަށާއި، އެކަށީގެންވާ ގޮތަށް މަސައްކަތް ކުރެވޭނެ ގާނޫނެއް ތަންފީޒު ކުރަން ޖެހޭ ކަމަށެވެ. މެންބަރު ވިދާޅުވީ އެކިއެކި ނަންނަމުގައި ސިޔާސީ މުވައްޒަފުން ވައްދައިގެން ކުރާކަމެއް ބަލަންޖެހޭކަމަށެވެ.

މޯލްޑިވިއަން ބްލަޑް ސާވިސް އަދި ނޭޝަނަލް ބްލަޑް ކައުންސިލަށް ފެބްރުއަރީ 24 ވަނަ ދުވަހު ބައްދަލުކުރައްވާފައިވާނެ ކަމަށް މެންބަރު ވިދާޅުވިއެވެ. މެންބަރު ވިދާޅުވީ އެދުވަހު މި މަސައްކަތް ކުރައްވާނެ ކަމަށް އެބޭފުޅުން ވިދާޅުވީ ކަމަށާއި، އެހެނަނަމަވެސް އެމަސައްކަތް ކޮށްފައިވާނަމަ މިއަދު މަޖިލީހަށް މައްސަލަ ގެންނާން ނުޖެހުނީސް ކަމަށެވެ.

އޭގެ ފަހުން 16 ޖޫންގައި މިކަމަށް ހައްލެއް ލިބޭތޯ އެދި މި އިއްޒަތްތެރި މަޖިލީހުގެ އިޖުތިމާއީ ކޮމިޓީއަށް މިކަމާއި ގުޅުންހުރި ޕްރެސެންޓޭޝަނެއް އަޅުގަނޑު ހުށައަޅަން ފުރުސަތަކަށް އެދުނިން. މިއީ އޭގެ ހަތަރުމަސް ފަސް. އަދި ހަބަރެއް ނުވޭ. މިއީ ރައްޔިތުންގެ މަޖިލިސް، ދެން އަޅުގަނޑުމެން މި މައްސަލަ ހުށައަޅާނީ ގެންދާނީ ކޮންހިސާބަކަށްތޯ. މިއީ ރައްޔިތުންނާއި ގުޅުންހުރި ކަންކަން. މިކަމެއް ހައްލެއް ނުކުރެވޭ. އަޅުގަނޑުމެން އެއްދުވަހު ޓައި ނާޅާ އައިމާ އެކަން ހައްލުކޮށްލަން ނެގީ މަދު ދުވަސްކޮޅެއް. އެ މާ މުހިންމު ކަމަކަށް ވެއްޖެ. މިއަށްވުރެ ހައްސާސް ކަމެއް އޮއްވާ.

މެންބަރު ވިދާޅުވިއެވެ.

މެންބަރު ވިދާޅުވީ ގްރޭޓަރ މާލެ ސަރަހައްދުން ދުވާލަކު 40 މީހުންގެ ގަޔަށް ލޭ އަޅާ ކަމަށާއި އެއީ މަދު އަދަދެއް ނޫން ކަމަށެވެ. އެކަމުގައިވެސް ސަލާންޖަހަން ޖެހެނީ އަމިއްލަ ފަރާތްތައް ކަމަށާއި، މިއީ ދައުލަތުން ކޮށްދޭން ޖެހޭ ކަމެއް ކަމަށް މެމްބަރު ވިދާޅުވިއެވެ. މެމްބަރު ވިދާޅުވީ ދައްކަވަނީ ލޭ ހޯދާ ވާހަކަކަމަށާއި، އެއަށްވުރެ މުހިންމު ކަމެއް އޮވެގެން ނުވާނެ ކަމަށެވެ.

މީގެއިތުރަށް މެމްބަރު ވަނީ މަޖިލީހުގައި ރައްޔިތުންނާއި ގުޅޭ މަސައްކަތްތައް ކުރެވެނީ ކިހާ މިންވަރަކަށްތޯ ސުވާލު އުފައްދާފައެވެ. މެމްބަރު ވިދާޅުވީ ސަރުކާރު ޒިންމާދާރު ކުރުވުމަކީ ހަމައެކަނި އިދިކޮޅު ޕާޓީއެއްގެ ޒިންމާއެއް ނޫންކަމަށާއި. އެއީ ސަރުކާރު ހިންގާ ޕާޓީގެ މެމްބަރުންގެ ވެސް ޒިންމާއެއްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: