ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުން އަދިވެސް ފައިސާ ޗާޕުކުރާނެ: އަމީރު

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު: ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށް އޮތް މަސްދުވަސްތަކުގެ ތެރޭގައި ސަރުކާރުން އަނެއްކާވެސް ފައިސާ ޗާޕުކުރާނެކަމަށް ލަފާކުރެވޭ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި އާންމުކުރެއްވި ޕޯސްޓެއްގައި އަމީރު ވިދާޅުވެފައިވަނީ، ޕެންޝަން އޮފީސް މެދުވެރިކޮށް ސަރުކާރުގެ ބޭނުންތަކަށް މިފަހަރު ޗާޕުކުރި 2.5 ބިލިއަން ރުފިޔާއަކީ އެންމެ ފަހު ފަހަރަށް ވެގެން ނުދާނެ ކަމަށެވެ. އަދި މިފަދަ އަމަލުތަކުގެ ސަބަބުން ”ދައްކަންޖެހޭ ދަރަނިތައް ރީފައިނޭންސް ކުރުމުގެ މަސައްކަތްތަކުގައި ދަތިތައް ކުރިމަތިވެގެންދާނެ“ ކަމަށް އަމީރު ވިދާޅުވިއެވެ.

އަމީރު ފާހަގަކުރެއްވި ގޮތުގައި ސަރުކާރުން ވަނީ ބޭރުން ފައިސާ ހޯދުމުގައި ފެއިލްވެފައެވެ. މީގެ ސަބަބުން ރިޒާވުގެ މިންވަރާއި ބޭނުންކުރެވޭނެ ފައިސާގެ މިންވަރު އިތުރުކުރެވިފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މާލީގޮތުން ހަރުދަނާ އިސްލާހުތަކެއް ގެނެވިފައިނުވާ ކަމަށާއި، މި އަހަރުގެ ބާކީ އޮތް ދުވަސްތަކަށް އުފެއްދުންތެރިކަން ހުންނާނެކަމަށް ލަފާކުރެވޭ މިންވަރުވެސް ވަނީ ދަށްކުރެވިފައި ކަމަށް ވިދާޅުވިއެވެ.

އިތުރު ކަންބޮޑުވުންތައް ފާހަގަކުރައްވައި، އަމީރު ވިދާޅުވީ ޑިމޮކްރެސީގެ ދަތުރުގެ ތެރެއިން ހޯދިފައިވާ ބޮޑެތި ކާމިޔާބީތައް ގެއްލިގެންދާ ހިސާބަށް ގޮސްފައިވާކަން ފެނިގެންދިއުމަކީ ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. މީގެއިތުރުން، އެމްއެމްއޭ އަދި ބޭންކް އޮފް މޯލްޑިވްސް ސިޔާސީކުރުމުގެ ސަބަބުން އެ މުއައްސަސާތަކުގެ މައްޗަށް އޮތް އިތުބާރު ގެއްލެމުންދާ ކަމަށާއި، މިފަދަ އަމަލުތަކުގެ ސަބަބުން ބޭރުން ފައިސާ ހޯދުމުގައި އިތުރު ދަތިތަކާ ކުރިމަތިވާނެ ކަމަށްވެސް އަމީރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: