ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަށްތައް ތަފާތުކޮށް ބޭއިންސާފުން ކަންކަން ކުރުމުގެ މާޒީއަށް ނިމުމެއް ގެންނާނަން: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު: ފޮޓޯ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރު ވެގެން ދާނީ ޒަމާންތަކެއް ވަންދެން ރަށްތަކުގެ މެދުގައި ތަފާތު ކުރުން ގެންގުޅެ، ބޭއިންސާފުން ކުރަމުން އައި ކަންކަން ނިމުމަކަށް ގެންނާނެ ސަރުކާރަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ލ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، މިއަދުގެ އެންމެ ފަހު ރަށެއްގެ ގޮތުގައި ރައީސް މުއިއްޒު ވަޑައިގަތީ ގަމަށެވެ. ރަށުގެ ރައްޔިތުންނާއި ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ އަބަދުވެސް މަސައްކަތް ކުރައްވަނީ ރައްޔިތުންނާއި ވީހާވެސް ގާތުން ހިދުމަތްކޮށް އެ ރައްޔިތުން ބޭނުންވާ ކަންކަން ފުރިހަމަކޮށްދިނުމަށް ކަމަށެވެ.

ގަމަކީ ރާއްޖޭގެ ރަށްތަކުގެ ތެރެއިންނާއި، އަތޮޅުގެ ގޮތުން އަދި އާބާދީގެ ގޮތުން ބަލާއިރު ވެސް އެންމެ ބޮޑު އެއް ރަށްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އާބާދީއާއި ތަރައްގީ އެއްފަސް ކުރުމުގެ ސިޔާސަތުގެ ވާހަކަދައްކާއިރު މި ރަށަށް އެކަށީގެންވާ ތަރައްގީއެއް ގެނެވިފައި ނެތްކަމަށެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ޒިންމާއަކީ ތަފާތު ކުރުމެއް ނެތި، ތެދުވެރިކަމާއި އަދަލުވެރިކަމާއި އެކު ރައްޔިތުން ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުން ކަމަށެވެ. އަދި އެކަން އެގޮތުގެ މަތީން ކުރިޔަށް ގެންގޮސްދޭނެކަމުގެ ޔަގީންކަން ދޭކަމަށް ރައީސް ވިދާޅުވި އެވެ.

މި ރާއްޖޭގައި ކޮންމެވެސް ސަބަބާއި ހުރެ، ޒަމާންތަކެއް ވަންދެން އައިސްފައި އޮތް އާދައެއް ރާއްޖޭގެ ބައެއް އަތޮޅުތަކުގައި، ބައެއް ސަރަހައްދުތަކުގައި ތަފާތުކުރުން.. އެ ރަށާާއި އަނެއް ރަށާ.. އެއީ އަޅުގަނޑު ގަބޫލު ކުރާ ހަމައެއް ނޫން.. ރައްޔިތުންނަށް އަޅުގަނޑު ވައުދުވެގެން އައީ އަދުލުވެރިކަން ގާއިމު ކުރުމަށް، ހަމަޖެހުން ގައުމުގައި ގާއިމުކުރުމަށް.. ހަމަޖެހުމެއް ގާއިމެއް ނުވާނެ، އަދުލުވެރިކަން ގާއިމު ނުކުރެވިއެއް.. ތަފާތު ކުރުން ނައްތާނުލައެއް. އެހެންވީމަ އެކި އަތޮޅުތަކުގައި އެކި ހިސާބުގައި، މިގޮތަށް އެތައް ޒަމާންތަކެއްގެ ތެރެއިން ތަފާތު ކުރަމުންއައި، ބޭއިންސާފުން ކުރަމުން، ކުރިމަތި ކުރަމުން އައި އައުން،  ނިމުމަކަށް ގެނައުން އެއީ އަޅުގަނޑު ކުރާ ކަންތައް.. ފެންނަމުންދާ ހަގީގަތް.. ރާއްޖޭގެ އެކި ސަރަހައްދުތަކުން ރައްޔިތުންނަށް މިކަން ގަބޫލު ކުރެއްވޭނެ…

އެއް އަތޮޅެއްގައި ވެސް ރަށްތައް ތަފާތު ކުރުމުގެ ސަގާފަތެއް މީގެ ކުރީގައި އަށަގެންފައި އޮތްކަމަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ މިއީ އެމަނިކުފާނު ގަބޫލު ކުރާ ވިސްނުމެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ ހަމަޖެހުމާއި، އަދުލުވެރިކަން ގާއިމު ކުރުމަށް ރައްޔިތުންނަށް ވައުދުވެގެން އައިސް އެ ރައްޔިތުންގެ މެދުގައި ތަފާތުކުރުން ގެންގުޅެގެން ނުވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ބޭނުން ވަނީ ރައްޔިތުންނާއި މެދު ބޭއިންސާފުން ނިންމަމުން އައި ނިންމުންތަކަކީ މާޒީކަމަށް ހަދައި ހިދުމަތް ދިނުން ކަމަށެވެ.

މި ސަރުކާރަކީ ރައްޔިތުންނަށް ވައުދުތައްވެ، ވައުދުތައް ފުއްދުމުގައި އެއްވެސް ތަފާތުކުރުމެއް ގެންގުޅޭ ސަރުކާރެއް ނޫންކަން ރައްޔިތުން ގަބޫލު ކުރާނެކަމަށް ރައީސް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: