ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތެލެސީމިއާ ކުދިންނަށް 1000 ރުފިޔާގެ އެލަވެންސެއް، އެކަނިވެރި މައިންގެ އެލަވަންސަށް، ކޮންމެ ކުއްޖަކަށް 3000!

ރައީސުލްޖުމްހޫރިއްޔާ، ލ. ގަން ރައްޔިތުންނާ ބައްދަލުކުރެއްވުން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެކަނިވެރި މައިންނާއި އެކަނިވެރި ބަފައިންނަށް މިހާރު ދޭ އެލަވަންސް ކޮންމެ ކުއްޖަކަށް މަހަކު 3،000 ރުފިޔާގެ ރޭޓުން އަންނަ އަަހަރު ބޮޑުކޮށް، ތެލެސީމިއާ ކުދިންނަށް 1،000 ރުފިޔާގެ އެލަވަންސެއް ދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރައްވައިފި އެވެ.

ލ. ގަމުގައި އޮތް ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވަނީ އެކަނިވެރި މައިންނަށާއި ތެލެސީމިއާ ކުދިންނަށް ވެވަޑައިގެންނެވި މުހިންމު ވައުދުތައް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައި، އެ ވައުދުތައް ފުއްދަވާނެ ކަން ހާމަކުރައްވާފައެވެ. އެގޮތުން، އަންނަ ޖެނުއަރީ މަހުން ފެށިގެން އެކަނިވެރި މައިންނަށް ކޮންމެ ކުއްޖަކަށް ދޭ އެލަވަންސް 3000 ރުފިޔާއަށް ބޮޑުވާނެކަމަށް ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ އެކަނިވެރި މައިންގެ އެލަވަންސް މިހާރަށްވުރެ ބޮޑުކޮށް، ކޮންމެ ކުއްޖަކަށް 3000 ރުފިޔާ ދިނުމަކީ އެމަނިކުގާނުގެ ވައުދެއް ކަމަށެވެ. އެހެންކަމުން މި ވައުދު ފުއްދުމަށްޓަކައި މިހާރު ވެސް އަންނަ އަހަރުގެ ބަޖެޓުގައި އެކަން ހިމަނާފައިވާނެކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ބަޖެޓު ފާސްވެގެން ދިޔުމުން، އަންނަ ޖެނުއަރީ މަހުން ފެށިގެން މި އެލަވަންސް ބޮޑުވާނެކަމަށެވެ.

މީގެ އިތުރުން، ތެލަސީމިއާ ކޮންމެ ކުއްޖަކަށް 1000 ރުފިޔާގެ އެލަވަންސެއް ދިނުމަށް ވެފައިވާ ވައުދު ވެސް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މި އެލަވަންސްގެ ސަބަބުން އެ ކުދިންނަށް މިހާރު ލިބޭ ފަރުވާއަށް އިތުރު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި އަންނަ އަހަރުގެ ބަޖެޓުގައި ސިންގަލް ޕޭރަންޓް އެލަވަންސަށް 211 މިލިއަން ރުފިޔާ ހިމަނާފައިވާ އިރު، މިއީ މި އަހަރު ދޫކުރި 78 މިލިއަން ރުފިޔާ އާއި، މިދިޔަ އަހަރު ދޫކުރި 66 މިލިއަން ރުފިޔާއާ އަޅާ ބަލާއިރު، ވަރަށް ބޮޑު އިތުރުވުމެކެވެ.

ތެލަސީމިއާ އެލަވަންސަށް އަންނަ އަހަރު 11.7 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ރައްޔިތުންނަށް ބޭނުންޖެހިފައިވާ ކޮންމެ ކަމެއްގައި ވެފައިވާ ވައުދެއް ފުއްދުމަކީ ސަރުކާރުގެ މަސްއޫލިއްޔަތެއް ކަމަށެވެ. އެއާއި އެކު އިގްތިސާދު ރަނގަޅުކޮށް ރައްޔިތުންނަށް ހިތްހަމަޖެހުމެއް ގެނެވޭނެކަމަށް ވަނީ ވިދާޅުވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: