ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި ފުޓުބޯޅަ ކުރިއެރުވުމަށް ރައީސް މުއިއްޒއާއި ފީފާގެ ރައީސް މަޝްވަރާ ކުރައްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ފުޓުބޯޅަ ކުރިއަރުވައި އެއްބާރުލުން ދިނުމާއި ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާއި ފީފާގެ ރައީށް ޖިއާނީ އިންފަންޓީނޯ މަޝްވަރާކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށް ގެންދިޔަ މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުންވަނީ ރާއްޖޭގައި ފުޓުބޯޅަ ކުރިއެރުވުމާއި އެ ދާއިރާއިން އެއްބާރުލުން ދިނުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި ރާއްޖޭގެ ފުޓުބޯޅަ ކުރެއެރުވުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އަށް އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަންވެސް ވަނީ ދެއްވާފައެވެ.

އެފްއޭއެމްގެ ރައީސް އަހުމަދު ޠާރިޤުގެ ދައުވަތަކަށް ފީފާގެ ރައީސް ރާއްޖެއަށް ކުރެއްވި ޒިޔާރާތުގެ ތެރެއިން ހާއްސަ ފުޓުބޯޅަ މެޗެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. މިއީ މިއަދުގެ ހަވީރު ގައުމީ ފުޓުބޯޅަ ދަނޑުގައި ކުރިއަށް ގެންދިޔަ ފުޓުބޯޅަ ފެސްޓިވަލްގެ ތެރެއިން ކުރިއަށް ދިޔަ ހާއްސަ މެޗެކެވެ.

މިއީ ފީފާގެ ރައީސް އިންފަންޓީނޯ ރާއްޖެއަށް ކުރެއްވި ފުރަތަމަ ޒިޔާރަތެވެ. މި ޒިޔާރަތުގައި ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތާއި ވަސީލަތްތައް ހުރިގޮތާއި އެހެނިހެން ކަންކަން އިންފަންޓީނޯ ވަނީ އޮޅުންފިލުއްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: