ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫ ވޯޓު؛ ފޭދޫ ސިޓީ ކައުންސިލުން ވަކިވުމާ ދެކޮޅު، ހުޅުދޫ އާއި މީދޫ ބޭނުމީ ވަކި ކައުންސިލެއް

ވޯޓުލާ މަރުކަޒުގައި އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލުން ހަރަކާތްރިވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ސިޓީ ކައުންސިލުގެ ދަށުން، ހިންގުން ވަކިކުރަން ބޭނުންވާކަމަށް ހުޅުދޫއާއި މީދޫއިން ނިންމިއިރު، ވަކި ކައުންސިލެއް ހަދަން ބޭނުން ނުުވާކަމަށް ފޭދޫގެ މެޖޯރިޓީއިން މިއަދު ވޯޓު ދީފިއެވެ.

އައްޑޫ ސިޓީ ކައުންސިލުގެ ވޯޓުގެ ވަގުތީ ނަތީޖާއަށް ބަލާއިރު، ވޯޓު ލީ ޖުމްލަ މީހުންގެ 67 ޕަސެންޓަށްވުރެ ގިނަ މީހުން ހުޅުދޫ ވަކިވާން ފެންނަކަމަށް ވަނީ ބުނެފައެވެ.

މީދޫ ވަކިވާން ފެންނަކަމަށް 82 ޕަސެންޓަށްވުރެ ގިނަ މީހުން ވޯޓުދިނެވެ. އަދި ފޭދޫ ވަކިވާން ބޭނުންނުވާކަަމަށް 70 ޕަސެންޓަށްވުރެ ގިނަ މީހުން ވޯޓު ދީފައިވެއެވެ.

މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވަނީ 9576 މީހުންނަށެވެ. އެއީ ފޭދޫން 4355 މީހަކަށާއި، ހުޅުދޫން 2874 މީހަކާއި އަދި މީދޫން 2347 މީހަކަށެވެ. މިއަދުގެ ވޯޓުލުން ފެށީ 8:00 ޖެހިއިރުއެވެ. އަދި ކިއުތައް ބަންދުކޮށްފައިވަނީ 4:00 ޖެހިއިރުއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: