ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގިނަ އަދަދެއްގެ ސިނގިރެޓު ގެއްލުނު އިރު ކުންފުނީގެ ހިއްސާދާރެއްގެ ގޮތުގައި ނުހުންނާނެ: ސިރުހާން

ޝެއާރކޮށްލާ ކަހަލަދޯ؟

އެގްޒޯޓިކް އެންޓަޕްރައިޒަސްގެ ބޮންޑެޑް ވެއާހައުސްއަކުން ގިނަ އަދަދެއްގެ ސިނގިރެޓު ގެއްލުނު މައްސަލައާ ގުޅިގެން، މަޖިލީހުގެ ހިތާދޫ ދާއިރާގެ މެމްބަރު މުހައްމަދު ސިރުހާން އޭނާއަށް ކުރާ ތުހުމަތުތައް ދޮގުކޮށް ބަޔާނެއް ނެރެފިއެވެ.

ސިރުހާން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި އެ މައްސަލަ ހިނގި ދުވަސްވަރު އޭނާއަކީ އެ ކުންފުނީގެ ހިއްސާދާރެއް ނޫނެވެ. ސިރުހާން ވިދާޅުވީ، 241 ކޮމިޓީން ފާސްކުރި ކަސްޓަމްސްގެ ދިރާސާ ރިޕޯޓާ ގުޅިގެން ހަގީގަތާ ހިލާފު ވާހަކަތަކެއް އޭނާއާ ގުޅުވައިގެން ދެކެވެމުންދާ ކަމަށެވެ.

ސިރުހާން ހާމަކުރެއްވި ގޮތުގައި، އޭނާ އެގްޒޯޓިކް އެންޓަޕްރައިޒަސް ކުންފުންޏާ ގުޅިވަޑައިގަތީ 2023 ވަނަ އަހަރު ލިބިވަޑައިގެންނެވި ފުރުސަތެއްގެ ތެރެއިންނެވެ. އޭރުވެސް އެ ކުންފުންޏަކީ ކަސްޓަމްސްގައި ބޮންޑެޑް ވެއާހައުސް ރަޖިސްޓްރީ ކޮށްފައިވާ ކުންފުންޏެއް ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް، ސިޔާސީ ދާއިރާއިން ކުރިއަށް ދިއުމަށްޓަކައި، އެކަމަށް ވަގުތު ހުސްކުރުމުގެ ނިޔަތުގައި ކުންފުނީގައި އޭނާގެ ހުރި ހިއްސާ ދޫކޮށްލާފައިވާނެ ކަމަށް ސިރުހާން ވިދާޅުވިއެވެ.

މެމްބަރު ސިރުހާން ވިދާޅުވީ، އޭނާ އެ ކުންފުނީގެ ބޯޑު ޑިރެކްޓަރަކަށް އަދި ހިއްސާދާރަކަށް ހުރި މުއްދަތުގައި، ކުންފުނިން ގާނޫނާ ހިލާފު އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށެވެ. އަދި އޭނާގެ ހިއްސާ ބަދަލުކުރެވުނީވެސް އޮޑިޓެއް ކުރުމަށް ފަހުގައި ކަމަށާއި، ކަސްޓަމްސް ބޮންޑެޑް ވެއާހައުސް ހިމެނޭހެން ކުންފުނީގެ ގުދަންތަކުގައި ހުރި މުދަލުގެ ތަފްސީލުތައް ވެސް ވަރަށް ސާފުކޮށް އެނގޭނެ ކަމަށް ބަޔާނުގައިވެއެވެ.

އެ މުއްދަތުގެ ތެރޭގައި ކުންފުނީގެ އެއްވެސް ބޮންޑެޑް ވެއާހައުސްއަކުން ގަވާއިދާ ހިލާފަށް މުދާ ބޭރުކޮށްފައި ނުވާކަން ސާފުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ސިނގިރެޓު ވަގަށް ބޭރުކުރި މައްސަލައިގައި އެ ކުންފުނީގެ ހިއްސާ މެމްބަރަށް ދީފައިވާ ކަމަށް ދެކެވޭ ވާހަކައަކީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށް ސިރުހާން ވަނީ ބަޔާންކުރައްވާފައެވެ. އަދި އެގްޒޯޓިކް އެންޓަޕްރައިޒަސްގެ ހިއްސާދާރަކަށް ވުމުގެ ކުރިންނާއި އަދި އެއަށްފަހު ކުންފުނީގައި ގޯސްކޮށް ކަމެއް ކޮށްފައިވާނަމަ އެއީ މެމްބަރާ އެއްވެސް ގުޅުމެއް އޮތް ކަމެއް ނޫން ކަމަށް ބަޔާނުގައިވެއެވެ. މިފަދަ ވާހަކަތަކަކީ ސިޔާސީ ގޮތުން މެމްބަރު ބަލިކަށިކޮށްލުމަށް ދެކެވޭ ވާހަކަތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރަށް ސިރުހާން ވިދާޅުވީ، 241ގެ ކޮމިޓީން ކޮށްފައިވާ ތަހުގީގުންވެސް މި މައްސަލައަކީ މެމްބަރާ ގުޅުމެއް ނެތް ކަމެއްކަން ސާފުވާނެ ކަމަށެވެ. އެހެންނަމަވެސް، މަޖިލީހުގެ މެމްބަރަކަށް އެއްވެސް އަސާސެއް ނެތް ގޮތަކަށް އިނގިލި ދިއްކުރެވޭނެ ގޮތަކަށް ރިޕޯޓު އޮތް ނަމަ އެކަން އިސްލާހުކުރުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: