ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗައިނާއާއިއެކު ކުރިއަށްދާ މަޝްވަރާތައް ނިމުމުން، ދެ ގައުމުގެ ދެމެދުވީ ފަހުމުނާމާތައް ހާމަ ކުރާނަން: މިނިސްޓަރ ހަލީލް

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް ޗައިނާގެ ރައީސްގެ ދެކަނބަލުން ރަސްމީގޮތުން މަރުހަބާ ދަންނެވުން.
ޝެއާރކޮށްލާ ކަހަލަދޯ؟

ޗައިނާއާއިއެކު ދިވެހިރާއްޖެއިން ސޮއިކުރި ފަހުމުނާމާތަކާ ގުޅޭގޮތުން ކުރިއަށްދާ މަޝްވަރާތައް ނިމުމުން، އެ އެއްބަސްވުންތަކުގެ ތަފްސީލު ހާމަކުރައްވާނެކަމަށް މިނިސްޓަރ އޮފް ފޮރީން އެފެއާޒް ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.

މަޖިލީހުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، މަސައްކަތްތައް ނިމުނުހާ އަވަހަކަށް މައުލޫމާތު ފޯރުކޮށްދޭނެ ކަމަށެވެ.

މިނިސްޓަރ ހަލީލްއާ މި ސުވާލު ކުރެއްވީ މާވަށު ދާއިރާގެ މެންބަރު އަހުމަދު ޝާކިރެވެ. މެންބަރު ޝާކިރު އެދިވަޑައިގަތީ ރާއްޖެއާއި ޗައިނާއާއި ދެމެދު ސޮއި ކުރެވުނު 11 ފަހުމުނާމާގެ ކޮޕީތައް ދެއްވުމަށެވެ.

މިކަމާ ގުޅިގެން މިނިސްޓަރު ވިދާޅުވީ، މި ފަހުމުނާމާތަކާއި ގުޅިގެން ދެ ގައުމުގެ ދެމެދުގައި އިތުރަށް މަޝްވަރާކުރެވި، އެއްބަސްވުމަކަށް ވާސިލްވުމުގެ މަސައްކަތް އަންނަނީ ކުރެވެމުން ކަމަށާއި، މި މަސައްކަތްތައް ނިމުމުން މައުލޫމާތު ހާމަކުރާނެ ކަމަށެވެ.

ޗައިނާއަށް ކުރެއްވި ދަތުރުގައި ސޮއިކުރެވުނު އެއްބަސްވުންތައް

ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އެކި ދާއިރާތަކުން އެއްބާރުލުން ދިނުމާ ބެހޭ 11 ފަހުމުނާމާއެއްގައި ސޮއި ކުރެވުނީ، ޗައިނާގެ ރައީސް ޝީ ޖިންޕިންގގެ ދަޢުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ގައުމަށް ކުރެއްްވި ދަތުރުގައެވެ. މި ދަތުރުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ވަނީ އެއްބަސްވެފައެވެ.

ރައީސް މުޢިއްޒުގެ ހާޒިރުގައި ބޭއްވި މި ރަސްމިއްޔާތުގައި ސޮއިކުރެވުނު މުހިންމު ފަހުމުނާމާތަކުގެ ތެރޭގައި އިޤުތިޞާދީ ތަރައްޤީ، ޢުމްރާނީ ތަރައްޤީ އަދި އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ދެ ޤައުމުން އެއްބާރުލުން އިތުރުކުރުމާގުޅޭ އެއްބަސްވުންތައް ހިމެނެއެވެ. ސަރުކާރުން ބުނެފައިވާ ގޮތުގައި މި އެއްބަސްވުންތަކަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާކޮށް، ދެމެހެއްޓެނިވި ތަރައްޤީއަށް މަގުފަހިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: