ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޕީއެލްގެ ”މޯލްޑިވްސް މެރިޓައިމް ކޮންފަރެންސް“ ގެ 2 ވަނަ އެޑިޝަން އަންނަ އޭޕްރީލް މަހު!

"މޯލްޑިވްސް މެރިޓައިމް ކޮންފަރެންސް" 2024 ގެ ތެރެއިން/ ފޮޓޯ: އެމްޕީއެލް
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ޕޯޓްސް ލިިމިޓަޑް (އެމް.ޕީ.އެލް) އިން އިންތިޒާމްކުރާ ”މޯލްޑިވްސް މެރިޓައިމް ކޮންފަރެންސް“ގެ 2 ވަނަ އެޑިޝަން 2026 ވަނަ އަހަރުގެ އޭޕްރީލް މަހު ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ.

މޯލްޑިވްސް މެރިޓައިމް ކޮންފަރެންްސްއަކީ މެރިޓައިމް ދާއިރާގެ ބައިނަލްއަޤްވާމީ ތަޖުރިބާކާރުންނާއި ސްޓޭކްހޯލްޑަަރުންނާއި ދާއިރާއާ ގުޅުންހުރި ފަރާތްތައް ބައްދަލުކޮށް، ދާއިރާގެ ކުރިއެރުމާއި ގުޅޭ ގޮތުން މަޝްވަރާކޮށް، ހިޔާލު ބަދަލުކުރުމުގެ ގޮތުން ބާއްވާ ބައިނަލްއަޤްވާމީ ކޮންފަރެންސްއެކެވެ. އެމް.ޕީ.އެލްއިން އެންމެ ފުރަތަމަ މި ކޮންފަރެންސް އިންތިޒާމްކުރީ 2024 ވަނަ އަހަރެވެ. އެ އަހަރުގެ މޯލްޑިވްސް މެރިޓައިމް ކޮންފަރެންސްއަށް ބޮޑު ތަރުހީބެއް ލިބުނެވެ.

މި ކޮންފަރެންސްގެ 2 ވަނަ އެޑިޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުއެވެ. މި ފަހަރުގެ ކޮންފަރެންސްގައިވެސް މެރިޓައިމް ދާއިރާއިން ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރެވޭ ތަޖުރިބާކާރުންނާއި ރާއްޖޭގެ ތަޖުރިބާކާރުން ސްޕީކަަރުންގެ ގޮތުގައި ބައިވެރިވާނެއެވެ.

މޯލްޑިވްސް މެރިޓައިމް ކޮންފަރެންސްގެ 2 ވަނަ އެޑިޝަންގެ މައިގަނޑު ތީމަކީ ”ސެކިއުރިޓީ، ސޭފްޓީ އެންޑް ސަސްޓޭނަބިލިޓީ“ އެވެ.

އަންނަ އަހަރުގެ މޯލްޑިވްސް މެރިޓައިމް ކޮންފަރެންސްގެ ޕާޓްނަރުންގެ ގޮތުގައި މިނިސްޓްރީ އޮފް ސިވިލް އޭވިއޭޝަން އެންޑް ޓްރާންސްޕޯޓް، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (ކޯސްޓް ގާޑް)، ޔުނައިޓަޑް ނޭޝަންސް ކޮންފަރެންސް އޮން ޓްރޭޑް އެންޑް ޑިވެލޮޕްމަންޓް (އަންކްޓަޑް) އަދި އިންޓަރނޭޝަނަލް އެސޯސިއޭޝަން އޮފް ޕޯޓްސް އެންޑް ހާބާރސް (އައި.އޭ.ޕީ.އެޗް) މިހާރު ވަނީ ހަމަޖެހިފައެވެ.

މި ކޮންފަރެންސް ސްޕޮންސަރކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް މިހާރު ވަނީ އެ ފުރުސަތު ހުޅުވާލެވިފައެވެ.

ސްޕޮންސަރ ކުރުމަށް ނުވަތަ ޕާޓްނަރަކަށްވުމަށް ޝައުގުވެރިވާ ފަރާތްތަކުން މައުލޫމާތު ސާފުކުރައްވަން ބޭނުންވާނަމަ ldd@port.mv އަށް އީމެއިލްކުރެއްވުން ނުވަތަ 3039030  / 303 9031  އަށް ގުޅުއްވުމަށް އެމްޕީއެލްއިން ވަނީ އެދިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: