ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލްތަކުން އެއްބާރުލުން ނުލިބުމަކީ ސަރުކާރުގެ މަސައްކަތްތަކަށް ދިމާވާނެ ގޮންޖެހުމެއް: ރިޔާޒް

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ރިޔާޒް ރަޝީދު/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރަކާއި އިދިކޮޅު ކައުންސިލްތަކުން ރައްޔިތުންނާއި ގުޅުން ހުރި މަސައްކަތްތައް ތަންފީޒު ކުރުމުގައި ސަރުކާރަށް އެއްބާރުލުން ނުދިނުމަކީ، ސަރުކާރަށް ދިމާވާނެ އެންމެ ބޮޑު ގޮންޖެހުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ރިޔާޒް ރަޝީދު ވިދާޅުވެއްޖެ އެވެ.

ރިޔާޒް މިހެން ވިދާޅުވީ ސަންގުޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

ރިޔާޒް ވިދާޅުވި ގޮތުގައި ސަރުކާރާއި ހިޔާލު ތަފާތު ކައުންސިލްތަކުން، ރައްޔިތުންނަށް ހިދުމަތް ދިނުމަށް ސަރުކާރުން ކުރާ މަސައްކަތަށް އެއްބާރުލުން ނުލިބުމަކީ ދިމާވާ ވަރަށް ބޮޑު ގޮންޖެހުމެކެވެ. މިކަމުގެ ސަބަބުން ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް އުނދަގޫތަކާ ކުރިމަތިލާން ޖެހޭކަން ރިޔާޒް ފާހަގަކުރެއްވިއެވެ.

ރިޔާޒް ވިދާޅުވީ، މިހާރު ވެރިކަމުގައި އޮތީ ޕީއެންސީކަމަށްވާއިރު، އިދިކޮޅު އެމްޑީޕީގެ ކޮންޓްރޯލްގައި ހުންނަ ކައުންސިލްތަކުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް ކަންކަން ތަންފީޒުކުރުމަށް އެދޭ އެހީތެރިކަން ނުލިބޭ ކަމަށެވެ. ރިޔާޒް ވިދާޅުވި ގޮތުގައި، ގިނަ ކައުންސިލްތަކުން އެއްބާރުލުން ނުލިބުނު ނަމަވެސް، ބައެއް ތަންތަނުން އެއްބާރުލުން ލިބެ އެވެ. އަދި ސަރުކާރާއި ދެކޮޅު ޕާޓީއެއްގައި ހުރުމަކީ، އެއްބާރުލުން ނުދީ ތިބެން ޖެހޭ ސަބަބެއް ނޫންކަން އެ ފަރާތްތަކުން ގަބޫލު ކުރާކަމަށް ވިދާޅުވި އެވެ.

ބައެއް ކައުންސިލްތަކުގައި، އޭރު އޮންނަ ސަރުކާރާއި ކައުންސިލްގެ މެޖޯރިޓީއަކީ ހިޔާލު ތަފާތު ދެ ޕާޓީއެއް ނަމަ، ސަރުކާރަށް ޖެއްސުންކުރުމުގެ ކަންތައްތައް ހިނގާ ހިސާބަށް ދާކަން ރިޔާޒް ފާހަގަކުރެއްވިއެވެ. މިކަމުގެ ސަބަބުން ސަރުކާރުން ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ދިނުމަށް ކައުންސިލްތަކާ ހަވާލުކުރެވޭ މަސައްކަތްތަކަށް ހުރަސްއެޅި، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް ވަރަށް ބޮޑެތި އުނދަގޫތައް ކުރިމަތިވާކަމަށް ރިޔާޒް ވިދާޅުވިއެވެ.

ރިޔާޒް ވިދާޅުވީ ކޮންމެ ސަރުކާރެއް ވެސް ބޭނުން ވާނީ ރައްޔިތުންނަށް އެންމެ ފަހިގޮތަކަށް ހިދުމަތްތައް ފޯރުކޮށްދީ، މަސައްކަތުގެ ނަތީޖާ ނެރުމަށް ކަމަށެވެ. ނަމަވެސް ކައުންސިލްތަކުގެ ފަރާތުން އެއްބާރުލުން ނުލިބިއްޖެނަމަ، ސަރުކާރުން ބޭނުންވާ ނަތީޖާ ނެރުމަށް ދަތިވާނެ ކަމަށެވެ.

މިފަދަ ހާލަތްތަކުގައި، އޭރު އޮންނަ ސަރުކާރެއްގެ މެޖޯރިޓީ މަޖިލީހުގައި އޮންނަ ކަމަށް ވަންޏާ، ގާނޫނުތަކަށް ބަދަލު ގެނެސްގެން ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ބާރު ބޭނުންކޮށްގެން، ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ފަހި މާހައުލެއް ގާއިމުކުރުމަށް މަސައްކަތް ކުރެވެމުންދާކަމަށް ރިޔާޒް ވިދާޅުވިއެވެ.

މީގެއިތުރުން ރިޔާޒް ވިދާޅުވީ މިހާތަނަށް ކޮންމެ ސަރުކާރެއްގައި ވެސް ލާމަރުކަޒީ ގާނޫނަށް އެކި ނަންނަމުގައި، ވަރަށް ގިނަ އިސްލާހުތައް ގެނެސްފައިވާކަމަށެވެ. އެގޮތުން، އެމްޑީޕީގެ ވެރިކަމާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގެނައި އިސްލާހުތައް ރިޔާޒް ފާހަގަކުރެއްވި އެވެ. ގިނަފަހަރަށް މި އިސްލާހުތައް ގެނެވެނީ ސަރުކާރާއި ކައުންސިލްތަކާ ދެމެދު އޮންނަންޖެހޭ ގުޅުން ހަރުދަނާކޮށް، ސަރުކާރުން ތަންފީޒުކުރަންޖެހޭ ކަންކަމަށް ކައުންސިލްތަކުން އެއްބާރުލުން ނުލިބޭތީކަމަށް ރިޔާޒް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: