ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަގީރުންގެ ދަފްތަރުގައި ތިބި މީހުންނަށް ފްލެޓް ޑިޕޮސިޓް ދައްކަން ޒަކާތު ފަންޑުން ފައިސާ ދޭން ނިންމައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ފަގީރުންގެ ދަފްތަރުގައި ހިމެނޭ މީހުންގެ ތެރެއިން ސޯޝަލް ހައުސިންގެ ދަށުން ފްލެޓް ލިބިފައިވާ ނަމަވެސް ޑައުން ޕޭމަންޓް ނުދެއްކި ތިބި ފަރާތްތަކަށް ޒަކާތު ފަންޑުން އެ ފައިސާ ދައްކައިދިނުމަށް ނިންމާފިއެވެ.

މިއީ ފަގީރުކަމުގައި ދިރިއުޅޭ ފަރާތްތަކަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ޒަކާތު ފަންޑުގެ ބޭނުން ހިފުމުގެ މުހިއްމު ފިޔަވަޅެކެވެ.

ޒަކާތު ހައުސްއިން ހާމަކުރެއްވި ގޮތުގައި، އެ އިދާރާގެ ސަމާލުކަމަށް އައިސްފައިވަނީ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ބައެއް ފަރާތްތަކަށް ސަރުކާރުން ދޭ ފްލެޓް ނުވަތަ އެޕާޓްމަންޓް ޔުނިޓްތައް ލިބިފައިވީ ނަމަވެސް، އެ ޔުނިޓްތަކަށް ދައްކަންޖެހޭ ޑައުން ޕޭމަންޓް ނުދެއްކިގެން އުޅޭކަމެވެ. އެހެންކަމުން، މިކަމާ ގުޅިގެން ޒަކާތު ކައުންސިލަށް ހުށަހަޅައި މަޝްވަރާކުރުމަށްފަހު، އެ ފަރާތްތަކަށް ޒަކާތު ފަންޑުން ޑައުން ޕޭމަންޓް ދައްކައި ދިނުމަށް ވަނީ ނިންމާފައެވެ.

މި ނިންމުމުގެ ދަށުން، ޖުމުލަ 14 ފަރާތަކަށް ޑައުން ޕޭމަންޓުގެ ގޮތުގައި ދައްކަންޖެހޭ ޖުމުލަ 340،000 (ތިން ލައްކަ ސާޅީސް ހާސް) ރުފިޔާ ޒަކާތު ފަންޑުން ދައްކައިދޭނެއެވެ.

ޒަކާތު ހައުސްއިން ބުނެފައިވަނީ މި ފައިސާ ސީދާ އެ ފަރާތްތަކުގެ އަމިއްލަ އެކައުންޓަށް ޖަމާކުރުމުގެ ބަދަލުގައި، ސަރުކާރުގެ ކަމާގުޅުންހުރި އިދާރާއަށް ދައްކާނެ ކަމަށެވެ. މީގެ އިތުރުން، މި އެހީތެރިކަން ލިބުމަށްފަހު އެ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތަށް އަންނަ ބަދަލަށް ރިއާޔަތްކޮށް، ފަޤީރުކަމުގެ ޙާލަތު އަލުން ރިވިއުކޮށް ބެލުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު އުފެއްދެވި ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ މައިގަނޑު މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ފަޤީރުކަމުގައި ތިބި ފަރާތްތައް ތަނަވަސް ޙާލަތަކަށް ގެނައުމެވެ. މި މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން، ޒަކާތު ހައުސްއިން މިހާރު ދަނީ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް ޚާއްސަކޮށްގެން

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: