ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަންނަ އަހަރުގެ ބަޖެޓަކީ މި އަހަރަށް މިހާރު އަންދާޒާކުރާ ޖުމުލަ ޚަރަދަށްވުރެ 11 ޕަސެންޓް އިތުރު މިންވަރެއް: ޒަމީރު

ރައީސް ޑރ. މުއިއްޒު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވާއިރު، އަރިހުގައި ފޮރިން މިނިސްޓަރު ޒަމީރު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ އަހަރުގެ ބަޖެޓަކީ މި އަހަރަށް މިހާރު އަންދާޒާކުރާ ޖުމުލަ ޚަރަދަށްވުރެ 11 ޕަސެންޓް އިތުރު މިންވަރެއްކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހަށް 2026 ވަނަ އަހަރަށް ލަފާކުރާ ބަޖެޓު ހުށައަޅުއްވައިދެއްވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ، 2025 ގެ ދައުލަތުގެ ޖުމްލަ ބަޖެޓުގެ ގޮތުގައި 56.5 ބިލިއަން ރުފިޔާ ފާސްކުރި އިރު، މި އަހަރުގެ ނިޔަލަށް ދައުލަތުގެ ބަޖެޓު ހުންނާނެކަމަށް މިހާރު އަންދާޒާކުރެވެނީ، މަޖިލީހުން ފާސްކޮށްދެއްވި އަދަދަށް ވުރެ ކުޑަ މިންވަރެއްގައިކަމަށެވެ. އެއީ 56.5 ބިލިއަން ރުފިޔާކަމަށާއި، މިއީ ހަރަދު ކުޑަކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ނަތީޖާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

2025 ގެ ރިކަރަންޓު ޚަރަދުގެ ތެރެއިން އެންމެ ބޮޑު ދަށްވުމެއް ފާހަގަވަނީ މުސާރައާއި އެލަވަންސް އަދި ލޯނުގެ ހިދުމަތުގެ ޚަރަދަށްކަމަށް ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ ހަމަ އެހެންމެ، ޕޭ ހާމަނައިޒްކުރުމަށް ބަޖެޓުކުރި 500 މިލިއަން ރުފިޔާއިން މިއަހަރަށް ހިންގާނެ ކަމަށް މިހާރު ލަފާކުރެވެނީ 250 މިލިއަން ރުފިޔާކަމަށެވެ. މީގެ އިތުރުން، މި އަހަރަށް އިތުރުކުރުމަށް ހުށަހެޅި މުވައްޒަފުން ނެގުމުގެ ހުއްދަ ދިނުން ކޮންޓްރޯލްކުރުމާއި، މިދާއިރާއިން އެޅުނު އެހެން ފިޔަވަޅުތަކުގެ ސަބަބުން މުސާރައާއި އެލަވަންސަށް ހިނގާ ޚަރަދު ވަނީ ދަށްވެފައިކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ގޮތުގައި 2026 ވަނަ އަހަރަށް ލަފާކުރާ ބަޖެޓުގެ ޖުމުލަ ޚަރަދަކީ 49.2 ބިލިއަން ރުފިޔާއެވެ.

މިއީ މި އަހަރަށް މިހާރު އަންދާޒާކުރާ ޖުމުލަ ޚަރަދަށްވުރެ 11 ޕަސެންޓް އިތުރު މިންވަރެއްކަމަށާއި، އަންނަ އަހަރުގެ ޚަރަދު އިތުރުވުމުގެ އެންމެ ބޮޑު ހިއްސާއެއްކުރަނީ ސަރުކާރުގެ ޕޭ ހާމަނައިޒޭޝަންގެ ސިޔާސަތުގެ ދަށުން، ދައުލަތުގެ މުވައްޒަފުންގެ މުސާރައަށް ގެންނަން ރާވައިފައިވާ ބަދަލާއި ގުޅިގެން އިތުރުވާ މުސާރަ އާއި އުޖޫރައިގެ ޚަރަދުކަމަށް ވިދާޅުވިއެވެ.

އާސަންދައިގެ ޚަރަދުތައް ހަރުދަނާކުރުމަށް މިހާރު ތަންފީޒުކުރަމުންދާ ސިޔާސަތުތަކާއިއެކު 2026 ވަނަ އަހަރު، އާސަންދައަށް ކުރެވޭ ޚަރަދު މިހާރެކޭ އެއް މިންވަރެއްގައި ހިފެހެއްޓޭނެ ކަމަށް ލަފާކުރެވޭކަމަށް ވިދާޅުވިއެވެ. މިނިސްޓަރު ޒަމީރު ވިދާޅުވީ 2026 ވަނަ އަހަރުގެ ބަޖެޓުގައި ކައުންސިލް ބްލޮކް ގްރާންޓްގެ ގޮތުގައި ކަނޑައަޅާފައިވަނީ 2.5 ބިލިއަން ރުފިޔާކަމަށެވެ. ކައުންސިލްތަކަށް ދޫކުރާ ބްލޮކް ގްރާންޓަކީ ލާމަރުކަޒީ ގާނޫނުގެ ދަށުން ކަނޑައަޅާފައިވާ މިންވަރަކަށް، ފިސްކަލް ފޯމިއުލާއެއްގެ ތެރެއިން ހުރިހާ ކައުންސިލްތަކަށް ދޭ އެހީއެއްކަމަށްވެސް ވިދާޅުވިއެވެ.

ބްލޮކް ގްރާންޓް ހަރަދުކުރެވޭ އުސޫލު ހަރުދަނާކުރުމުގެ ތެރެއިން އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް ހަރަދުކުރުމަށް ބާރުއެޅޭނެ ގޮތަށް ބައްޓަންކުރުމަށް ވަނީ ނިންމާފައިކަމަށް ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ މީގެ އިތުރުން، ސަރުކާރުން އަލަށް ޖުޑީޝަރީއަށް މާލީ މިނިވަންކަން ދިނުމަށް މިއަހަރު ނިންމާފައިވުމުން، އެހެން އަހަރުތަކާ ޚިލާފަށް މި އަހަރުގެ ބަޖެޓުގައި ޖުޑިޝަރީގެ ދާއިރާއަށް ހިނގާ ޚަރަދު ވާނީ ގްރާންޓެއްގެ ގޮތުގައި ދިނުމަށްވެސް ނިންމާފައިވާކަމަށެވެ.

މި ގޮތުން ޖުޑީޝަރީ ސެކްޓޯރަލް ގްރާންޓްގެ ގޮތުގައި 807.9 މިލިއަން ރުފިޔާ ބަޖެޓުކުރެވިފައިވާނެކަމަށް ވިދާޅުވިއެވެ. މިއީ މިހާރު މިދާއިރާއަށް ކުރެވޭ ހަރަދާ އަޅާބަލާއިރު 250 މިލިއަން ރުފިޔާގެ އިތުރުވުމެއްކަމަށްވެސް ވިދާޅުވިއެވެ.

މި އަހަރާއި އަޅައިބަލާއިރު، ކެޕިޓަލް ޚަރަދު 31.7 ޕަސެންޓްއިން އިތުރުވެ 9.3 ބިލިއަން ރުފިޔާއަށް އަރާނެކަމަށް ބެލެވޭކަމަށް މިނިސްޓަރު ފާޙަގަކުރެއްވިއެވެ. ސަބަބަކީ، ހިނގަމުންދާ އަހަރުގެ ޕީއެސްއައިޕީ ސިޔާސަތު އަންނަ އަހަރުވެސް ހަމަ އެފަދައިން ކުރިއަށް ގެންދިޔުމާއެކު، އުމްރަނީ ތަރައްގީގެ އިތުރު މަޝްރޫއުތަކެއް އަންނަ އަހަރު ތަންފީޒުކުރުމަށް ރާވާފައިވާތީކަމަށް ވިދާޅުވިއެވެ/

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: