އަންހެނުންނަށް ވަޒީފާގެ ބާޒާރުގައި ހުރި ފުރުޞަތުތައް އަދިވެސް އިތުރުކުރަން ކުރަން ޖެހޭކަމަށް ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ޤައުމީ ޔުނިވާސިޓީ (އެމް.އެން.ޔޫ) ގެ ދަސްވެނިވުމުގެ ޙަފުލާގައި ދަރިވަރުންނާ މުޚާޠަބުކޮށް ދެއްކެވި ވާހަކަފުޅުގައެވެ.
އެ ޙަފުލާގައި ދަސްވެނިވި ދަރިވަރުންގެ ތެރެއިން 90 ފަރާތަކީ އަންހެނުންނެވެ. އެކަމަށް މަރުޙަބާ ކިޔުއްވަމުން އާދަމް ޝަރީފު ވިދާޅުވީ ގިނަ ޢަދަދެއްގެ ކަނބަލުން ދަސްވެނިވެގެން ދިޔުމަކީ އަންހެނުން ބާރުވެރިކުރުމުގެ އަލިގަދަ ހެއްކެތްކަމަށެވެ.
އޭގެ ސަބަބުން ދިވެހިރާއްޖޭގައި އަންހެނުންގެ ކުރިމަގު އުޖާލާވާނެކަމުގެ އުންމީދު ލިބިވަޑައިގަންނަވައިކަން ފާހަގަކުރައްވައި، މިނިސްޓަރ ވިދާޅުވީ އަންހެނުންނަށް އަދިވެސް ވަޒީފާގެ ބާޒާރުގައި ފުރުޞަތުތައް އިތުރުކުރައްވަން ޖެހޭކަމަށެވެ.
މިއަދުވެސް ޤަބޫލުކުރަން ޖެހޭ ޙަޤީޤަތަކީ ދިވެހި މުޖުތަމަޢުގައި އަދިވެސް އަންހެނުންނަށް އޮންނަން ޖެހޭ އިތުބާރާއި، އެ ފަރާތްތަކުގެ ޤާބިލުކަމާ ދޭތެރޭގައި ކުރީންސުރެވެސް އަށަގެންފައި ހުރި، ކަންތައްތައް ދެނެގަތުމަށްޓަކައި އަދިވެސް އިތުރު މަސައްކަތްތަކެއް ކުރަންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ ތަރައްޤީއާއި، ކުރިއެރުމަށްޓަކައި އެންމެ ޤާބިލު ބައެއްގެ ގޮތުގައި ފެންނާނީ، ދަސްވެނިވެގެން ނިކުންނަވައި ބޭފުޅުންގެ ތެރެއިން ކަނބަލުންކަމީ ޝައްކެއް އޮތް ކަމެއް ނޫންކަމަށް މިނިސްޓަރގެ ވާހަކަގައި ފާހަގަކުރެއްވިއެވެ.

