ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުށައެޅީ އެއްވެސް އަމާޒެއް ނެތް ބަޖެޓެއް: ޝާހިދު

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު: ފޮޓޯ/ އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

2026 ވަނަ އަހަރަށް ސަރުކާރުން ހުށައަޅާފައިވަނީ އެއްވެސް އަމާޒެއް ނެތި އެކުލަވާލާފައިވާ ބަޖެޓެއްކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

2026 ވަނަ އަހަރަށް ލަފާކުރެވޭ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާއިރު ސޯޝަލްމީޑިއާގައި އާންމުކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ، ސަރުކާރުން ވަނީ އެކްސްޓާނަލް ބަޖެޓު ސަޕޯޓުގެ ގޮތުގައި މި އަހަރު 7 ބިލިއަން ރުފިޔާ ހޯދުމަށް ކަނޑައަޅާފައިކަމަށެވެ. ނަމަވެސް މިހާތަނަށް އެންމެ ރުފިޔާއެއްވެސް ލިބިފައިނުވާކަމަށާއި ބައިނަލްއަގުވާމީ މާކެޓުންނާއި އެކުވެރި ގައުމުތަކުގެ ފަރާތުންވެސް އެފަދަ މަންޒަރެއް ފެނިފައިނުވާކަމަށް ޝާހިދު ވިދާޅުވި އެވެ.

އެ ނާކާމިޔާބުގެ ސަބަބުން އިގްތިސާދީ ސިޔާސަތުތަކާއި ހާރިޖީ ސިޔާސަތުވެސް ފެއިލްވެފައިވާކަން ފެނިގެންދާކަމަށް ފާހަގަކުރެއްވިއެވެ. އަދި ބޭރު ގައުމުތަކުގެ ކުރިމަތީގައި އަގުވެއްޓިގެންދިއުމުގެ ނަތީޖާއެއްގެ ގޮތުން މިހާރު ރާއްޖެއަށް ސީދާ އަސަރުތައް ކުރަން ފަށާފައިވާކަމަށާއި 2026 ވަނަ އަހަރަށް ހުށައެޅި 64.2 ބިލިއަން ރުފިޔާގެ ބަޖެޓަކީ އިގްތިސާދުގެ އަސާސްތަކާއި އެއްގޮތަކަށްވެސް ބައްދަލުނޫން ހަމަ ބުއްދީގެ ވިސްނުމުން ބޭރު އެއްޗެއްކަމަށްވެސް ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވީ، އެ ބަޖެޓުން އާންމުންގެ ހާލަތު ސަރުކާރަށް ނޭނގޭކަން އެނިގެންދާކަމަށެވެ. އަދި މިހާރުވެސް އުފުލެމުންދާ އަގުތަކުގެ ސަބަބުނާއި އިގްތިސާދީ ފުރުސަތުތައް މަދުވުމުން ރައްޔިތުނަށް އެކަމުގެ ދަތިތައް ކުރިމަތިވެފައިވާއިރު ކުރިއަށް އޮތް އަހަރުގެ ތެރޭގައި އެކަންކަން ހައްލުވެގެންދާނެކަމުގެ އެއްވެސް އިޝާރާތެއް ފެނިގެން ނުދާކަމަށެވެ.

ޝާހިދު ވިދާޅުވީ، ސަރުކާރުން ހުށައަޅާފައިވަނީ އަމާޒެއް ނެތް ބަޖެޓެއް ކަމަށާއި ހައްލެއްވެސް ހިމެނިފައިނުވާއިރު އިތުރު އަހަރެއް ގެއްލިގެންދިއުމާއި ކުރިމަތިލާންޖެހިފައިވުމުން ރައްޔިތުންނަށް އިތުރު ދަތިތައް ކުރިމަތިވެގެންދާނެކަމަށް އަންދާޒާކުރެއްވޭކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: