ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް!

ދައުވާތަކާއި ގުޅިގެން ކްރިމިނަލް ކޯޓުގައި ކުރިޔަށް ދާ ޝަރީއަތަކަށް ބައްސާމް ހާޒިރުވަނީ/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ފައިސާއަށް ހިޔާނާތްތެރިވި މައްސަލައިގައި އެ އެސޯސިއޭޝަނުގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ މައްޗަށް އަނެއްކާވެސް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.

މި މައްސަލައިގައި ބައްސާމްގެ މައްޗަށް ސާބިތުވެފައި ވަނީ ޑޮލަރު މާރުކުރުމުގެ ނަމުގައި އެފްއޭއެމުން އަމިއްލަ އެކައުންޓަށް ޖަމާކުރި ފައިސާ، އޭނާ ބޭނުންކޮށް، އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަމެވެ.

ދައުލަތުން ބުނީ އެ ފައިސާއިން ބައްސާމްގެ އަމިއްލަ ހަރަދުތައް ކުރުމަށާއި އެހެން މީހުންނަށް ހަރަދު ކުރަން ބޭނުންކޮށްފައިވާ ކަމަށެވެ.

މި މައްސަލައިގައި ދައުލަތުން އެދުނީ ބައްސާމްގެ މައްޗަށް އެންމެ ބޮޑު އަދަބު ކަމަށްވާ 15 އަހަރަށް ޖަލަށްލުމާއި 50،000 އެމެރިކާ ޑޮލަރުން ޖޫރިމަނާ ކުރުމަށެވެ. ނަމަވެސް ބައްސާމްގެ ފަރާތުން އެދުނީ އޭނާގެ ކުށުގެ ރެކޯޑެއް ނެތުމުން އެންމެ ކުޑަ އަދަބު ދިނުމަށެވެ. އެކަމަށް ރިއާޔަތް ކުރައްވައި ގާޒީ ނިންމެވީ ފަސް އަހަރުގެ ޖަލު ހުކުމަކާއި، ލޯންޑާކުރި އަދަދު ކަމަށްވާ 154،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށެވެ.

މި ޖޫރިމަނާ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ހުކުމްގައި ވެއެވެ.

މިއީ ހިޔާނާތާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ބައްސާމަށް އިއްވި ދެވަނަ ހުކުމެވެ. މި މަހުގެ 8 ވަނަ ދުވަހު އޭނާގެ މައްޗަށް ހަތަރު އަހަރުގެ ޖަލު ހުކުމެއް ވެސް ވަނީ އިއްވާފަ އެވެ. އެއީ 2018 ވަނަ އަހަރު ފީފާއިން އެފްއޭއެމަށް ޖަމާކުރި ފައިސާގެ ތެރެއިން 10،000 ޑޮލަރު ބޭންކަށް ލިޔުންތަކެއް ހުށަހަޅައިގެން ބައްސާމްގެ އެކައުންޓަކަށް ޖަމާކޮށް، އެ ފައިސާއަށް ހިޔާނާތްތެރިވި ކަމުގެ ކުށެވެ.

ދައުލަތުން އެ ދައުވާ ބައްސާމްގެ މައްޗަށް ކުރީ އެ ފައިސާ، ރެހެންދި ފްލެޓަކަށް ކުލި ދައްކަން ބޭނުންކުރިކަމަށް ބުނެ އެވެ.

ބައްސާމްގެ މައްޗަށް އެފްއޭއެމްގެ ރައީސްގެ މަގާމުގައި ހުރިއިރު ހިންގިކަމަށް ތުހުމަތު ކުރެވޭ ގިނަ ހިޔާނާތުގެ މައްސަލަތައް އަދިވެސް ކުރިޔަށް އެބަދެ އެވެ. އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ތެރޭގައި އެ އެސޯސިއޭޝަނަށް ލިބުނު ފައިސާއަށް ހިޔާނާތްވުމާއި، އެ ފައިސާ އަމިއްލަ ޒާތީ ދިރިއުޅުމުގެ އެކި ކަންކަމަށް ހަރަދުކުރުން ހިމެނެ އެވެ.

މީގެ ތެރޭގައި އޭނާގެ މައްޗަށް ނުހައްގު މުއްސަނދިކަމާއި، އެޕާޓްމަންޓުތައް ގަތުމާއި، ބޭރުގެ ގައުމުތަކަށް ކުރި އެކި ހަރަދުތައް ހިމެނެ އެވެ.

މީގެއިތުރުން ކުޅުންތެރިންނާއި، ގައުމީ ޓީމްގެ ކޯޗުންނަށް މުސާރަ ނުދިނުމުގެ ގިނަ މައްސަލަތައް ވެސް އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކަންކަމުގެ ތެރޭގައި ހިމެނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: