ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައަށް ގެންނަ ބަދަލުތައް އާންމުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ނޮވެމްބަރު މަހުން ފެށިގެން ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައަށް ގެންނަ ބަދަލުތައް އާންމުކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީގެ ޖޮބް މެޓްރިކްސްގައި ވަނީ އެކި ދާއިރާތަކުގެ މުވައްޒަފުންގެ މުސާރައަށް އަންނާނެ ބަދަލުތަކުގެ ތަފުސީލުތައް ހިމަނާފައެވެ. އޭގެތެރޭގައި ބިޒްނަސް އެޑްމިނިސްޓްރޭޓިވްއާއި ތައުލީމާއި ސިއްހީ ދާއިރާގެ އިތުރަށް އެހެނިހެން ސިވިލް ސާވިސް ދާއިރާތައް ހިމެނެއެވެ. އެ ދާއިރާތަކުގެ ތެރެއިން އިދާރީ މުވައްޒަފުންނާއި ފިސްކަލް އެންލިސްޓުންނާއި އެކައުންޓެންޓުންނާއި މީޑިއާ ކޮމިޝަނުގެ މުވައްޒަފުންނާއި އޭވިއޭޝަން ކޮމާންޑުގައި ހަރަކާތްތެރިވާ މުސާރައަށް ގެންނަ ބަދަލުގެ ތަފްސީލްތައް ވަނީ ހިމަނާފައެވެ.

ޖޮބް މެޓްރިކްސްގައި އެ ތަފްސީލުތައް ހިމަނާފައި ވަނީ އެކި ދާއިރާތަކުގެ މަގާމުތައް ވަކިންނެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިހާތަނަށް ބޮޑުކޮށްފައިނުވާ ހުރިހާ މުވައްޒަފުންގެ މުސާރަ މި ފެށޭ ނޮވެމްބަރު މަހު ބޮޑުކުރައްވާނެކަން ހާމަކުރައްވާފައެވެ.

މި އަހަރު ރިޔާސީ ބަޔާން އިއްވަވަމުން ވެސް ރައީސް ވަނީ ހުރިހާ މުވައްޒަފުންގެ މުސަރައަށް މި އަހަރު ހެޔޮ ބަދަލުތަ އަންނާނެކަން އިއުލާނުކުރައްވާފައެވެ. މި އަހަރުގެ ބަޖެޓުގައިވެސް އެ ކަމަށް 500 މިލިއަން ރުފިޔާ ހިމެނިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: