ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށްގެން ސައިބަރ އެވެއާނެސް ސެޝަނެއް ކުރިއަށް ގެންގޮސްފި

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށްގެން ސައިބަރ އެވެއާނެސް ސެޝަނެއް ކުރިއަށް ގެންދިޔުން.
ޝެއާރކޮށްލާ ކަހަލަދޯ؟

އަޑުއެހުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ލޮލޮގެ ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށްގެން ސައިބަރ އެވެއާނެސް ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

މި ސެޝަނަކީ ސައިބަރ އެވެއާނެސް މަހާ ގުޅިގެން “އެކުރެވި ފުލުހުން” ނަމުގައި މުޅި ރާއްޖެގައި ކުރިއަށް ގެންދާ ހަރަކާތުގެ ތެރެއިން ކުރިއަށް ގެންދިޔަ ސެޝަނެކެވެ. ނުކުޅެދުންތެރިކަން ހުންނަ ވީހާވެސް ގިނަ ބަޔަކު މި ސެޝަންގައި ބައިވެރިކުރުމުގެ ގޮތުން ގޫގަލް މީޓް މެދުވެރިކޮށް ބައިވެރިވެވޭނެ އިންތިޒާމު ވެސް ހަމަޖައްސާފައިވެއެވެ. އަދި މި ސެޝަންގައި ހިއްސާކުރި މައުލޫމާތު އިޝާރާތްބަހުން ވެސް ކުރިއަށް ގެންގޮސްފައިވެއެވެ.

މި ސެޝަން ކުރިއަށް ގެންގޮސްފައިވަނީ އޮކްޓޫބަރު 28 ވަނަ ދުވަހުގެ ރޭ އިމާދުއްދީން ސްކޫލުގައެވެ. ގަލޮޅު ޕޮލިސް ނެއިބަހުޑް އިން އިންތިޒާމުކޮށްގެން މި ސެޝަން ކުރިއަށް ގެންގޮސްފައިވަނީ މާލެ ފްރޮންޓްލައިން ޕޮލިސްގެ ހުރިހާ ނެއިބަހުޑް ސަޕޯޓް އޮފިސަރުންނާއި ސައިބަރ ކްރައިމް ސެންޓަރާއި ސްކޭމް ސެންޓަރާއި ޑެފް އެސޯސިއޭޝަން އޮފް މޯލްޑިވްސް އަދި ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއާޑް ސޮސައިޓީ އޮފް މޯލްޑިވްސް ގުޅިގެންނެވެ.

މި ސެޝަންގައި، އިންޓަނެޓް ބޭނުންކުރާއިރު އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށް ކުރަންވީ ކަންކަން ކިޔައިދީފައިވެއެވެ. އަދި ސޯޝަލް މީޑިއާ ބޭނުންކުރާއިރު ސަމާލުކަން ދޭންޖެހޭ ކަންކަމައި ކާކުކަން ނޭނގޭ މީހުންނަށް ޒާތީ މައުލޫމާތު ހިއްސާނުކުރުމަށާއި ގޮތް ނޭނގޭ ލިންކުތަކަށް ނުވަނުމަށް އިލްތިމާސްކޮށްފައިވެއެވެ.

އަދި އޮންލައިން މެދުވެރިކޮށް ފައިސާގެ މުއާމަލާތްކުރާނަމަ ކާކުކަން ޔަގީންކޮށްފައި ނޫނީ އެ މުއާމަލާތެއް ނުކުރުމަށާއި ސްކޭމްގެ އެއްވެސް ކަމެއް ފާހަގަވެއްޖެނަމަ ވީހާވެސް އަވަހަކަށް ފުލުހުންނަށް ރިޕޯޓުކުރުމަށް އިލްތިމާސްކޮށްފައިވެއެވެ. އަދި ބެންކު އެކައުންޓާއި ކޭޝްކާޑުގެ މައުލޫމާތާއި އޯޓީޕީ ހިއްސާނުކުރުމަށް އިލްތިމާސްކޮށްފައިވެއެވެ. އަދި މީސް މީޑިއާގައި ބޭނުންކުރާ އެކައުންޓުތަކުގައި ސެކިއުރިޓީ ވަރުގަދަ ޕާސްވޯޑެއް ބޭނުންކުރުމަށާއި ސޮފްޓްވެއަރ އަޕްޑޭޓްކުރުމަށް މައުލޫމާތު ދީފައިވެއެވެ. އަދި އެކަންކަން ދަސްކޮށްދީފައިވެއެވެ.

މީގެ އިތުރުން، ބެލެނިވެރިއެއްގެ ހައިސިއްޔަތުން ސަމާލުކަންދޭންޖެހޭ ކަންކަމާއި، އިންޓަނެޓް މެދުވެރިކޮށް ހިންގަމުންދާ ކުށްތަކުން ދަރިން ރައްކާތެރިކުރުމަށާއި އެ ކުދިން ގެންގުޅޭ ފޯނާއި ޓެބްލެޓް ފަދަ ތަކެތި މޮނީޓަރކުރާނެ ގޮތާއި ކުދިންގެ އުމުރާ ނުގުޅޭ ފަދަ މަންޒަރުތައް ކުދިންނަށް ނުފެންނާނޭހެން ކޮންޓްރޯލްކުރާނެ ގޮތްތައް ވެސް ކިޔައިދީފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: