ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިރާގު ރޯޑް ރޭސް ގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އައު ލަނޑުދަނޑިއެއް ހާސިލުކޮށްފި

default
ޝެއާރކޮށްލާ ކަހަލަދޯ؟

ދިރާގުން ސަސްޓެއިނަބިލިޓީއަށް ދޭ އިސްކަމުގެ ދަށުން، މި އަހަރުގެ ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީ.އެމް.އާރް.އާރް) ގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ހާއްސަ ލަނޑުދަނޑިއެއް ހާސިލުކޮށްފިއެވެ.

މި ގޮތުން، ޑީ.އެމް.އާރް.އާރް ބޭއްވުމަށް ބޭނުންކުރި ކަރަންޓުގެ މިންވަރު ގްރިޑް-ޓައިޑް ސޯލަރ ސިސްޓަމް މެދުވެރިކޮށް ވަނީ 100 ފަސެންޓު އޮފް-ސެޓްކޮށްފައެވެ.

މި އިސްނެގުމުގެ މަތިން، ރޯޑް ރޭސް ކުރިއަށްގެންދިޔަ ސަރަހައްދުގައި ދިރާގުން ހަރުކޮށްފައިވާ ސޯލަރ ޕެނަލްތައް މެދުވެރިކޮށް 1040 ކިލޯވޯޓުގެ އިޔާދަކުރަނިވި ހަކަތަ އުފައްދައި، 645 ކިލޯގްރާމްގެ CO₂ ވައިގެ ތެރެއަށް ދިއުމުން ވަނީ ސަލާމަތްކޮށްފައެވެ.

މިއީ، ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމުގެ އިތުރުން، ދެމެހެއްޓިނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ޓެކްނޮލޮޖީ އަދާކުރާ މުހިންމު ދައުރު އިތުރަށް ދައްކުވައިދޭ ކަމެކެވެ. އަދި މިއީ، ތިމާވެއްޓަށް ގެއްލުން ނުވާނެހެން ޒިންމާދާރުކަމާއެކު މި ފަދަ ބޮޑެތި ހަރަކާތްތައް ބޭއްވިދާނެކަން ސާބިތުކޮށްދޭ ކަމެކެވެ.

މި ހަރަކާތުގައި ބޭނުންކޮށްފައިވާ ސޯލަރ ޕެނަލްތައް މި ހަރަކާތަށްފަހު ދެން ބޭނުންކުރާނީ ދިރާގުން މިހާރު ވެސް ކުރިއަށްގެންދާ ސޯލަރ ޕްރޮޖެކްޓްތަކުގައެވެ. މި ޕްރޮޖެކްޓްގެ ދަށުން ދިރާގުން ވަނީ 95 ރަށެއްގައި ސޯލަރ އިންސްޓަލޭޝަން ގާއިމުކޮށް އެ ކުންފުނީގެ އޮޕަރޭޝަންތަކުގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކުރަމުންނެވެ. މި ކަމުގެ ސަބަބުން އެ ކުންފުނިން ބޭނުންކުރާ ޖުމްލަ ހަކަތައިގެ 19 ޕަސެންޓަކީ އިޔާދަކުރަނިވި ހަކަތައެވެ. އަދި މީގެ ސަބަބުން ކޮންމެ އަހަރަކު 2،053 ޓަނުގެCO₂  ވައިގެ ތެރެއަށް ދިއުމުން ސަލާމަތްކޮށްދެއެވެ.

މީގެ އިތުރުން، އެއް ފަހަރު  ބޭނުންކުރުމަށްފަހު އުކާލާ ޕްލާސްޓިކް މަދު ކުރުމަށް ދިރާގުން ދޭ އިސްކަމުގެ ދަށުން، 2019ވަނަ އަހަރުން ފެށިގެން ޑީ.އެމް.އާރް.އާރްގައި ދުވުންތެރިންނަށް ހާއްސަ ވޯޓަރ ސްޓޭޝަންތަކެއް މެދުވެރިކޮށް ފެން ވަނީ ފޯރުކޮށްދީފައެވެ. މި އިސްނެގުމުގެ ދަށުން، މި އަހަރު 18،000 ޕްލާސްޓިކް ފެންފުޅި ވަނީ މަދުކުރެވިފައެވެ.

ދިރާގުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކުރުން ފުޅާކުރުމަށް އަދި ތިމާވެށި ރައްކާތެރިކުރުމަށް ހާއްސަ އަހައްމިއްޔަތުކަމެއް ދީ މުހިންމު ޕްރޮގްރާމްތައް ދަނީ ކުރިއަށްގެންދަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: