ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްތުވާތަކެތި ބޭނުންކުރަން ތިބި 9 މީހަކު ރަސްގެތީމުން ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ރަސްގެތީމު ގެއެއް ބަލައިފާސްކޮށް 9 މީހުން ހައްޔަރުކޮށްފި
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގި އޮޕަރޭޝަނެއްގައި، ރ. ރަސްގެތީމު ގެއެއްގެ ތެރެއިން މަސްތުވާތަކެތި ބޭނުންކުރަން ތިބި 9 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ. މި މީހުން ހައްޔަރުކޮށްފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހު ހިންގި ޚާއްސަ އޮޕަރޭޝަނެއްގައެވެ.

މި އޮޕަރޭޝަންގައި ބައިވެރިވެފައިވަނީ ހުޅުދުއްފާރު ޕޮލިސް ޕޯސްޓާއި ރަސްގެތީމު ޕޮލިސް ޕޯސްޓު އަދި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސްގެ ފަރާތުންނެވެ. ހައްޔަރުކުރި މީހުން ތިބި ގެ ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 15 ކަރުދާސްކޮޅާއި ދެ ރަބަރު ޕެކެޓު ވަނީ ފެނިފައެވެ. މީގެ އިތުރުން މަސްތުވާތަކެތި ބޭނުންކުރަން ގެންގުޅޭކަމަށް ބެލެވޭ ތަކެއްޗާއި، 43،500 ރުފިޔާއަށް ވުރެ ގިނަ ފައިސާ ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ 9 މީހުންގެ ތެރޭގައި ހިމެނެނީ ރ. ހުޅުދުއްފާރު، ރ. ރަސްގެތީމު، ޅ. ނައިފަރު އަދި ހދ. ކުޅުދުއްފުށީގެ ރަށްރަށަށް ނިސްބަތްވާ ފަރާތްތަކެކެވެ. އެއީ އަޙްމަދު ނިހާން (23އ) އާއި، އިބްރާހީމް ރިޝާމް (36އ) އާއި، އާދަމް ނަސީމް (30އ) އާއި، އަމީނާ މުޙައްމަދު (32އ) އާއި، އައްޔޫބު އާދަމް (33އ) އާއި، ފަރީޙާ ބިންތި ޢަލީ ވަޙީދު (21އ) އާއި، އިބްރާހީމް ޢާދިލް (38އ) އާއި، އަޙްމަދު ވިޝާމް (41އ) އާއި، ޙުސައިން ސަރްޙާން (30އ) އެވެ.

މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 5 މީހަކު 30 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. އެއީ އަމީނާ މުޙައްމަދު، އައްޔޫބު އާދަމް، ފަރީޙާ ބިންތި ޢަލީ ވަޙީދު، އަޙްމަދު ވިޝާމް އަދި ޙުސައިން ސަރްޙާން އެވެ. އަނެއް 4 މީހުން ކަމަށްވާ އަޙްމަދު ނިހާން، އިބްރާހީމް ޢާދިލް، އާދަމް ނަސީމް އަދި އިބްރާހީމް ރިޝާމް ވަނީ 10 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.

މި މައްސަލަ މިހާރު ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިންގާ އޮޕަރޭޝަންތައް ވަނީ ފަހަކަށް އައިސް އިތުރުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: