ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގައުމުގެ މިނިވަންކަން ދިފާއުކުރުމަށް އަސްކަރީ ގާބިލް ފައުޖެއް އޮތުން މުހިންމު: ހިލްމީ

ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހިމް ހިލްމީ
ޝެއާރކޮށްލާ ކަހަލަދޯ؟

ގައުމުގެ މިނިވަންކަން ދިފާއުކުރުމަށް އަސްކަރީ ގާބިލް ފައުޖެއް އަބަދުވެސް އޮތުމުގެ ބޭނުންތެރިކަން އެނގިގެންދިޔައީ ނޮވެމްބަރު 3 ގެ ހާދިސާއިން ކަމަށް ޗީފް އޮފް ޑިފެންސް ފޯސް (ސީޑީއެފް) މޭޖާ ޖެނެރަލް އިބްރާހިމް ހިލްމީ ވިދާޅުވެއްޖެއެވެ.

ނަސްރުގެ ދުވަހާއި ގުޅިގެން ޖުމްހޫރީ މައިދާނުގައި ކުރިއަށްގެންދިޔަ އަސްކަރީ ހުށައެޅުން ފެށުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން ހިލްމީ ވިދާޅުވީ، ފަހުގެ ތާރީހެއްގައި އެންމެ ނުރައްކާތެރި އުދުވާނެއް ހިނގީ ނޮވެންބަރު ތިން ވަނަ ދުވަހުގައި ކަމަށާއި، އެއީ މި ގައުމުގެ މިނިވަންކަން ދިފާއުކުރުމަށް އަސްކަރީ ގާބިލް ފައުޖެއް އަބަދުވެސް އޮތުމުގެ މުހިންމުކަން ހާމަކޮށްދިން ފިލާވަޅެއް ކަމަށެވެ.

ހިލްމީ ވިދާޅުވީ ނޮވެމްބަރު 3 އަކީ އަނިޔާވެރިކަމާއި ބިރުވެރިކަމާއި، ކަންބޮޑުވުމާއި، ހާސްކަމުގެ ތެރޭގައި ދިވެހި ލޮބުވެތި ރައްޔިތުން އުޅެންޖެހުނު ހިތްދަތި ދުވަހެއް ކަމަށެވެ. އެދުވަހުގެ އަނިޔާވެރި އުދުވާނުގައި އެއްވެސް ކުށެއްނެތް އެތައް ބަޔަކު ޝަހީދުވެގެން ދިޔަކަން ފާހަގަކުރައްވައި، ގިނަ އަދަދެއްގެ ދަރިންތަކެއް ޔަތީމުވެ އެތައް އަބިންނެއް ހުވަފަތްވެގެން ދިޔަ ކަމަށްވެސް ވިދާޅުވިއެވެ.

މިގޮތުން، މިއަދު މިނިވަން ޖައްވެއްގައި ނޭވާލެވެނީ މި ގައުމުގެ މިނިވަންކަން ދިފާއު ކުރުމަށްޓަކައި ނޮވެންބަރު ތިނެއްގައިއާއި ފާއިތުވި ތާރީހުގައިވެސް ދިވެހި ސިފައިން އަދި ދިވެހި ކާބަފައިން ވި މަތިވެރި ގުރުބާނީގެ ސަބަބުން ކަމަށް ހިލްމީ ވިދާޅުވިއެވެ.

ރައީސްގެ މަސައްކަތްޕުޅު ފާހަގަކުރެއްވުން

ހިލްމީގެ ވާހަކަފުޅުގައި، ރާއްޖޭގެ މިނިވަންކަން ދިފާއުކުރެވޭނެ ގާބިލްކަން ދިވެހި އަސްކަރިއްޔާއަށް ހޯއްދަވައިދެއްވައި އިތުރުކޮށްދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަވާ މަސައްކަތްޕުޅު ވަނީ ފާހަގަ ކުރައްވާފައެވެ. މާޒީގައި ދިވެހިން ސިފައިންވި މަތިވެރި ގުރުބާނީގެ އަގު ވަޒަންކުރައްވާތީ، ސިފައިންނާއި ސިފައިންގެ އާއިލާތަކާއި އެންމެހާ ދިވެހިންގެ ނަމުގައި ހިލްމީ ވަނީ ރައީސަށް ޝުކުރު އަދާކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: