ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަނޑުއަޑީގައި ހުރި ތަނަކުން ގޯތި ދޭން ކުޑަ ވަގުތުކޮޅެއް ނަގާނެ؛ ސަރުކާރުން ވައުދު ފުއްދާނެ: ފަލާހު

ޕީއެންސީގެ ޕާލިމަންޓު ގުރޫޕުގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ހިކިފަސްތަނަކުން ގޯތި ދޭހާ ފަސޭހައިން ކަނޑުއަޑީގައި ހުރި ތަނަކުން ގޯތި ނުދެވޭނެ ކަމަށާއި، އެ ގޯތިތައް ހަވާލުކުރުމަށް ކުޑަ ވަގުތުކޮޅެއް ނަގާނެ ކަމަށް ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.

ފަލާހު މިހެން ވިދާޅުވީ، ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން ދޫކޮށްފައިވާ 4000 ފުލެޓާއި ދޫކޮށްފައިހުރި ބިންތަކުގެ މައްސަލަ އެ ހައްގުވެރިންނަށް ހަވާލުނުކުރާ ކަމަށް ބުނެ ހުށައަޅާފައިވާ ގަރާރަށް ބަހުސްކުރައްވަމުންނެވެ.

އޭނާ ވިދާޅުވީ، މިފަދަ ކަންކަން ގައުމުގައި ހިނގާގޮތް ދިރާސާކޮށް ބަލަން އެމްޑީޕީގެ މެމްބަރުންނަށް ވަގުތު ނުވާ ކަމަށާއި، ފުލެޓުތަކާއި ބިންތައް ހަވާލުކުރެވެމުންދާ މިންވަރު ކޮންމެ ދުވަހަކުވެސް ނޫސްތަކުގައާއި ސޯޝަލް މީޑިއާގައި ޖަހާ ކަމަށެވެ.

ކަނޑުން ހިއްކައިގެން ދޫކޮށްފައިހުރި ގޯތިތަކަކަށް ވަގުތު ނަގާނެކަން ފާހަގަކުރައްވަމުން ފަލާހު ވިދާޅުވީ، އެއްގަމުން ނުވަތަ ހިކިފަސްތަނަކުން ގޯތި ދޭހާ އަވަހަކަށް ކަނޑުން ދޫކޮށްފައިހުރި ގޯތިތައް ހަވާލުކުރަން ވަގުތު ނަގާނެކަން މެމްބަރުންނަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުއަކީ އެ ވެވަޑައިގަންނަވާ ވައުދުފުޅެއް އެގޮތަކަށް ފުއްދަވާ ވެރިއެއްކަމަށް އޭނާ ވިދާޅުވިއެވެ.

ފަލާހު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އެ ދަނީ ރިޔާސީ ވައުދުފުޅުތައް ފުއްދަވަމުން ކަމަށާއި، އެއްވެސް ވައުދުފުޅަކާއި ހިލާފުވެފައި ނުވާ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ، ރައީސް މުއިއްޒު ދެ އަހަރު ނުފުރެނީސް މުޅި ރާއްޖޭގެ މީހުން ދިރިއުޅޭ 188 ރަށަށް ޒިޔާރަތްކުރައްވާފައިވާ ކަމަށާއި، މިކަން ކުރެއްވުނީ ކޮން ވެރިއަކަށްތޯ ސުވާލުކުރެއްވިއެވެ.

ގެދޮރުވެރިޔާގެ ކަންކަމުގައިވެސް ރައީސް ވައުދުވެވަޑައިގަތް ގޮތަށް އެކަން ކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ހުރިހާ ދިވެހި ރައްޔިތުންނަށް އަރުވާ ކަމަށް ފަލާހު ވިދާޅުވިއެވެ. މީގެއިތުރުން، އޭނާ ވަނީ އެމްޑީޕީގެ މެމްބަރުންނާއި އަދި އެމްޑީޕީގެ ސަރުކާރަށް ފާޑުވިދާޅުވެފައެވެ. އެގޮތުން، އެމްޑީޕީގެ މެމްބަރުން މަޖިލީހަށް ބިލެއް ހުށައެޅުމުން އެ ބިލު ދިރާސާ ނުކުރައްވާ ކަމަށާއި، ބަހުސް ކުރުމަށް ހުޅުވާލުމުން ދައްކަވާ ވާހަކައަކާއި ބިލަކާއި ގުޅުމެއް ނުހުންނަ ކަމަށް ފަލާހު ވިދާޅުވިއެވެ.

ފަލާހު ވިދާޅުވީ، މިއީ ކުރީގެ ’އެޖެންޑާ-19‘ ނޫން ކަމަށާއި، މި މަޖިލީހުގައި މަސައްކަތް ކުރާނީ އެހެން ނޫން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: