ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަންހެން ވިޔަފާރިވެރިންނަށް ހާއްސަކޮށް، ޝަރީއާ ކޮމްޕުލައިއެންޓު ލޯން ދޫކުރަން ފަށައިފި!

ފޮޓޯ: ކޯޕަރެޓް މޯލްޑިވްސް
ޝެއާރކޮށްލާ ކަހަލަދޯ؟

އަންހެން ވިޔަފާރިވެރިންނަށް ހާއްސަކޮށްގެން، އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)އިން އިސްލާމީ ޝަރީއަތާ އެއްގޮތްވާ ގޮތުގެ މަތިން ފަރުމާކޮށްފައިވާ ފައިނޭންސިންގ ސްކީމެއް ދޫކުރަން ފަށައިފިއެވެ.

މި ސްކީމަކީ، ވިޔަފާރީގެ ބާޒާރަށް އަންހެނުން ނިކުތުމަށް ބާރުވެރިކޮށް، އަމިއްލަ ވިޔަފާރިއެއް ފެށުމަށާއި، އެ ވިޔަފާރި ފުޅާކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރުކޮށްފައިވާ ސްކީމެކެވެ.

މި ފައިނޭންސިންގ ސްކީމުގެ ދަށުން، ވިޔަފާރިވެރިންނަށް 25،000 ރުފިޔާއާއި 250،000 ރުފިޔާއާ ދެމެދުގެ އަދަދެއްގެ ފައިނޭންސް ލިބިގެންދާނެއެވެ. މި ލޯނު އަނބުރާ ދެއްކުމަށް 7 އަހަރު ދުވަހުގެ ދިގު މުއްދަތެއް ލިބިގެންދާއިރު، އިތުރު ލުޔެއްގެ ގޮތުން 12 މަސް ދުވަހުގެ ގްރޭސް ޕީރިއެޑެއްވެސް ވަނީ ކަނޑައަޅާފައެވެ. މީގެ މާނައަކީ، ފައިސާ ދެއްކުމަށް ކަނޑައަޅާފައިވާ ސުންގަޑިއަށްފަހު، އެ މުއްދަތުގައި ޖޫރިމާނާ ކުރުމެއްނެތި، ދަރަނި އަނބުރާ ދެއްކުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މި ސްކީމުގައި، އަހަރެއްގެ މައްޗަށް 9.5 އިންސައްތައިގެ ޕްރޮފިޓް ރޭޓެއް ހިމެނެއެވެ.

އެސްޑީއެފްސީން ބުނެފައިވާ ގޮތުގައި، މި ފައިނޭންސިންގ ސްކީމަކީ، ކޮލަޓަރަލް ހުށަހެޅުމަކާ ނުލައި، އިސްލާމީ ޝަރީއަތުގެ ހަމަތަކާއި އެއްގޮތަށް ފަރުމާކޮށްފައިވާ ސްކީމެކެވެ. މިއީ އަންހެން ވިޔަފާރިވެރިންނަށް ލުއިފަސޭހަކޮށްދިނުމަށްޓަކައި އެޅުނު މުހިންމު ފިޔަވަޅެކެވެ.

މިކަމާ ގުޅިގެން އެސްޑީއެފްސީގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ، މި ފައިނޭންސް ސްކީމާއިއެކު، އަންހެން ވިޔަފާރިވެރިންނަށް އެ ފަރާތްތަކުގެ ހުނަރުތަކާއި ގާބިލުކަން ދައްކާލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ، ”ފަސޭހަކަމާއިއެކު، ދިގު މުއްދަތެއްގެ ތެރޭގައި ދަރަނި އަދާކުރެވޭނެ ފަދަ، މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއިއެކު، ވިޔަފާރީގެ ބާޒާރަށް ނިކުމެ، އަމިއްލަ ވިޔަފާރިއެއް ފެށުމަށް އަންހެނުން ބާރުވެރިކުރުވުމަކީ، އެ ކުންފުނީގެ އަމާޒެއް“ ކަމަށެވެ. އަދި، މިއީ ރާއްޖޭގެ އިގުތިސާދު ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކުރުމަށް މަގުފަހިކޮށްދޭނެ ކަމެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ވިޔަފާރީގެ ބާޒާރުގައި އަންހެނުން އަދާކުރާ ހިއްސާ އިތުރުކުރުމަށް މަގުފަހިކޮށްދޭ މި ފައިނޭންސިންގ ސްކީމަށް އެޕްލައިކުރުމަށް ބޭނުންވާ ފަރާތްތަކަށް އެސްޑީއެފްސީގެ ޕޯޓަލް، https://portal.sdfc.mv މެދުވެރިކޮށް އެޕްލައިކުރެވޭނެއެވެ. މި ފަސޭހަ ފައިނޭންސިންގ ސްކީމާއިއެކު، ވިޔަފާރިކުރުމަށް ޝައުގުވެރިކަން ހުރި އަންހެނުންނަށް ލުއިފަސޭހަ ގޮތްތަކެއް ލިބިގެންދާނެކަމަށް ބެލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: