ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހައްގުތައް ކަށަވަރުކޮށްދިނުމުގައި ސަރުކާރާއި، މެންބަރުން އިންސާފުވެރިކަމާއިއެކު މަސައްކަތް ކުރާނެ: ފަޒީލް

ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު މުޙައްމަދު ފަޒީލް/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ހައްގުތައް ކަށަވަރުކޮށްދިނުމުގައި ސަރުކާރާއި، މެންބަރުން އިންސާފުވެރިކަމާއިއެކު މަސައްކަތް ކުރާނެކަމަށް ދާންދޫ ދާއިރާގެ މެންބަރު މުހައްމަދު ފަޒީލް ވިދާޅުވެއްޖެއެވެ.

ފަޒީލް މިހެން ވިދާޅުވީ ބޯހިޔާވަހިކަމާއި ގުޅޭ ގޮތުން ސަރުކާރަށް އަމާޒުކުރަމުންދާ ފާޑުކިޔުތަކާއި ގުޅޭ ގޮތުން ދެއްކެވި ވާހަކައިގައެވެ.

އެގޮތުން ފަޒީލް ވަނީ ސަރުކާރުން ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގާ ގޮތުން ރައްޔިތުންގެ ހައްގުތައް ކަށަވަރުނުވެދާކަމަށް ވިދާޅުވެ، ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ހުށައަޅުއްވާފައިވާ ގަރާރު ބަލައި ނުގަންނަކަމަށް ބުނެފައެވެ. މިއީ ހަގީގަތާއި ހިލާފު ގަރާރެއްކަމަށް ފާހަގަކުރެއްވިއެވެ.

އަސްލު ހަގީގަތަކީ މިއީ އެމްޑީޕީއިން އަމަލު ކުރަމުން އަންނަ ގޮތްކަމަށް ފަޒީލް ވިދާޅުވިއެވެ. އެގޮތުން ޕީޕީއެމްގެ ކުރީގެ ވެރިކަމުގައި ހިޔާ އިން ދޫކުރި ފްލެޓުތަކަށް އެމްޑީޕީގެ ސަރުކާރުގައި އަމަލުކުރީ ހިތުހުރި ގޮތަކަށްކަމަށް ވިދާޅުވިއެވެ.

މިހެން ކަންއޮތްއިރު، މިކަހަލަ ގަރާރުތައް ހުށައެޅުމަށް އެމްޑީޕީގެ މެންބަރުން ލަދު ގަންނަން ޖެހޭނެކަމަށް ފާހަގަކޮށް ފަޒީލް ވިދާޅުވީ، ރައީސް މުއިއްޒުގެ މި ސަރުކާރުން ފްލެޓުތައް ދެމުން ގެންދާނީ ހައްގުވެރިންނަށްކަމަށެވެ.

ހިތުހުރި ގޮތަކަށް ބަހާލީ، އޭގައި ފްލެޓު ލިބުނު އެތައް ނިކަމެތި ރައްޔިތުންނެއްގެ ހައްގު ނިގުޅައިގަނެ އެތަކެއް އަހަރުވުމަށްފަހު، 2 އަހަރުގެ ތެރޭގައި އެ މީހުންނަށް އެ ފްލެޓު ރައްޔިތުންނާއި ހަވާލުކުރީވެސް، އެހެންވީމަ މިކަހަލަ ގަރާރު އެމްޑީޕީއިން ހުށަހަޅާކަން އަޅުގަނޑު ހިތަށް އަރާ އެ މީހުން ހުށަހަޅަށް ލަދެއްވެސް ނުގަނޭބާއޭ.

ފަޒީލް ވިދާޅުވިއެވެ.

އެމްޑީޕީގެ ވެރިކަމުގައި ފްލެޓުތައް ދޫކޮށްފައިވާ ގޮތުން ބަލަން ޖެހޭ ކަންތައްތަކެއް އެބަހުރިކަމަށް ފަޒީލް ވިދާޅުވިއެވެ. 4،000 ފްލެޓުގެ މައްސަލައިގައި އަދިވެސް ބަލަން ޖެހޭ ކަންތައްތަކެއް އެބަހުރިކަމަށާއި، ހުދު އޭނާވެސް އެކަން މިނިސްޓަރަށް ދަންނަވާފައިވާނެކަމަށް ފާހަގަކުރެއްވިއެވެ. މިކަންކަން އެންމެ ރަނގަޅަށް ބެލޭނީ މެންބަރުންނަށްކަމަށް ފަޒީލް ފާހަގަކުރެއްވިއެވެ. ސިޔާސީ ނުފޫޒުގެ ތެރެއިން މިކަން ކުރުމަކީ ރައީސް މުއިއްޒު ބޭނުންވާ ގޮތް ނޫންކަމަށް ވިދާޅުވިއެވެ.

އެމްޑީޕީއަކީ މިފަދަ ފާޑުކިޔުންތައް ސަރުކާރަށް އަމާޒުކުރެވޭ ވަރުގެ ޕާޓީއެއް ނޫންކަމަށް ފާޙަގަކޮށް މެންބަރު ވިދާޅުވީ ހައްގެއްކަމަށްވާނަމަ، އެ ހައްގެއް މި ސަރުކާރުން ކަށަވަރުކޮށްދޭނެކަމަށެވެ. ފަޒީލް ވިދާޅުވީ އެކަމުގައި މަޖިލީހުގެ މެންބަރުންވެސް ރައްޔިތުންގެ ހައްގުގައި އިންސާފުވެރިކަމާއިއެކު މަސައްކަތް ކުރާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: