ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސޮއިކުރި 206 މަޝްރޫއެއްގެ އެއްބަސްވުންތަކަކީ، ރައްޔިތުންގެ ބޭނުންތައް ފުއްދުމަށް ކުރެވުނު މަސައްކަތެއް: ފިނޭންސް މިނިސްޓަރު

ޙާރިޖީ ވަޒީރު ރަސްމީދަތުރު ފުޅެއްގައި އެމެރިކާއަށް ފުރައިވަޑައިގެންފި
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ސޮއިކުރި 206 މަޝްރޫއެއްގެ އެއްބަސްވުންތަކަކީ، ރައްޔިތުންގެ ބޭނުންތައް ފުއްދުމަށްޓަކައި ކުރެވުނު މަސައްކަތެއް ކަމަށް މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

53 ކުންފުންޏަކަށް ބަހާލައިގެން، 206 އަށް ވުރެ ގިނަ މަޝްރޫއުތަކުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޒަމީރު ފާހަގަކުރެއްވީ، ތަރައްގީގެ މަޝްރޫއުތައް މިހާރު ހަވާލުކުރަނީ، އެ މަސައްކަތްތައް ކުރުމުގެ ގާބިލުކަން ހުރި ފަރާތްތަކަށް ކަމަށާއި، މިއީ ސަރުކާރުން އަޅާ މުހިއްމު ފިޔަވަޅެއް ކަމަށެވެ.

ވަޒީރު ވިދާޅުވި ގޮތުގައި، ރަށްރަށުގައި ދިރިއުޅޭ އާއިލާތަކުން އެދެނީ ރައްކާތެރި ބަނދަރުތަކަށް، ރަނގަޅު ސްކޫލުތަކާއި، ސިއްހީ ހިދުމަތްދޭ ތަންތަނާއި، ޒަމާނީ ކުނި މެނޭޖުކުރުމުގެ ނިޒާމުތަކާއި އަދި ޒުވާނުންގެ ފިޓްނަސް ޔަގީން ކުރެވޭނެ ސެންޓަރުތަކަކަށެވެ. އަދި، ރައްޔިތުން އެދެނީ އިތުބާރު ކުރެވޭ، ރައްޔިތުންނާއި ގުޅުންހުރި ހިދުމަތްތަކަށް ކަމަށެވެ. އެ ބޭނުންތައް ފުއްދުމަށްޓަކައި، ސޮއިކުރީ ކޮންޓްރެކްޓަރ ފައިނޭންސިންގ މޮޑެލްގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ 206 މަޝްރޫއެއްގެ އެއްބަސްވުންތަކުގައި ކަމަށް ވަޒީރު ވިދާޅުވިއެވެ. މި މަޝްރޫއުތައް، ކައުންސިލުތަކާއި، ރައްޔިތުން އެދޭ ގޮތަށް، އެ ފަރާތްތައް ބޭނުންވާ ގޮތްތަކަށް ފަރުމާކޮށްފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މިނިސްޓަރު ޒަމީރު އިޝާރާތް ކުރެއްވި ގޮތުގައި، ކޮންޓްރެކްޓަރ ފައިނޭންސިންގ މޮޑެލް ބޭނުންކުރުމުގެ ސަބަބުން، ބޭންކުތަކުގެ ފައިނޭންސިންގއާއި އިތުބާރުކުރެވޭ ކޮންޓްރެކްޓަރުންގެ ތަޖުރިބާ އަވަސް މިނެއްގައި ހޯދޭނެއެވެ. އަދި، ރިސްކް މެނޭޖްކުރުމަށް އެންމެ އެކަށީގެންވާ ފަރާތްތަކަށް، އެ ރިސްކު ބަހާލެވޭނެއެވެ.

މީގެ ސަބަބުން، ދައުލަތުގެ ބަޖެޓަށް ބަރޯސާވުމަކާއި ނުލައި، ސަރުކާރުން ހިންގަން ބޭނުންވާ އަދި ދިވެހި ރައްޔިތުން އެދޭ ގިނަ މަޝްރޫއުތަކެއްގެ މަސައްކަތް ފެށޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. މިއަދު ސޮއިކުރެވުނު ޕްރޮޖެކްޓުތައް ޒިންމާދާރުވެރިކަމާއި އެކީ ތަންފީޒުކުރުމަށްޓަކައި، ސަރުކާރުން ކަނޑައަޅާ ޕާފޯމަންސް މިންގަނޑުތަކާއި، މަސައްކަތުގެ ނަތީޖާތަކާއި ގުޅިފައިވާ ގޮތަށް، ފައިސާ ދިނުމުގެ ސާފު އޮނިގަނޑެއް ގާއިމުކުރެވޭނެ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ، މި ޕްރޮގުރާމުގެ އެންމެ މުހިއްމު ކަމަކީ ރައްޔިތުން އެދޭ ފަދަ ނަތީޖާއެއް ނެރެދިނުން ކަމަށާއި، ސަރުކާރުން ކޮންމެ މަޝްރޫއެއް އެކުލަވާލުމުގައި އިސްކަންދީފައިވާނީ، ރައްޔިތުންގެ ދިރިއުޅުމަށް ސީދާ ހެޔޮ އަސަރެއް ކުރާނެ ކަންކަމަށް ބަލައިގެން ކަމަށެވެ.

މި ޕްރޮގުރާމުން ސަރުކާރުން ހާސިލުކުރަން ބޭނުންވާ އަމާޒުތަކުގެ ތެރޭގައި މާލީ ރައްކާތެރިކަމާއި، ދެމެހެއްޓެނިވި ގޮތެއްގައި މަޝްރޫއުތައް ކުރިއަށް ގެންދިޔުން ހިމެނޭކަމަށާއި، އަދި މަޝްރޫއުތަކުގެ ފެންވަރު ޔަގީންކުރުން ކަމަށް ވަޒީރު ވިދާޅުވިއެވެ. މިހާތަނަށް އަޅާނުލައި ދޫކޮށްލެވިފައި އޮތް ކުނި މެނޭޖްކުރުމުގެ ނިޒާމު ރަނގަޅު ފެންވަރެއްގައި ގާއިމުކުރުމަށްވެސް އިސްކަންދީފައިވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ސަރުކާރުގެ އަމާޒުތަކުގެ ތެރޭގައި ވަޒީފާތައް އުފެއްދުމާއި، އަމިއްލަ ކޮންޓްރެކްޓަރުންގެ ބައިވެރިވުން އިތުރުކުރުން ހިމެނޭ ކަމަށް ވަޒީރު ވިދާޅުވިއެވެ. 206 މަޝްރޫއުގެ ސަބަބުން، ދިވެހީންނަށް ގިނަ ގުނަ ވަޒީފާގެ ފުރުސަތުތަކެއް އުފެދިގެންދާނެ ކަމުގެ އުންމީދު މިނިސްޓަރު ޒަމީރު ފާޅުކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: