ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ މައިގަނޑު ސިޔާސަތަކީ ރައްޔިތުންގެ ހިތްތަކުގައި ސަރުކާރާއިމެދު ނަފްރަތު އުފެއްދުން: ޒަމީރު

މައްޗަންގޮޅި މެދުދާއިރާ ގެ މަޖިލިސް މެމްބަރު އަހުމަދު ޟަމީރު.
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު އެމްޑީޕީގެ މައިގަނޑު ސިޔާސަތަކީ ރައްޔިތުންގެ ހިތްތަކުގައި ސަރުކާރާއިމެދު ނަފްރަތު އުފެއްދުންކަމަށް ރައްޔިތުންގެ މަޖިލީހުގެ މަންޗަންގޯޅި މެދު ދާއިރާނެ މެންބަރު އަހުމަދު ޒަމީރު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުތަކާއިމެދު ކަންބޮޑުވުން ފާޅުކޮށް ހުށައެޅުނު ގަރާރަށް ބަހުސް ކުރައްވަމުން ޒަމީރު ވިދާޅުވީ، އެމްޑީޕީގެ މަގްސަދަކީ ފިތުނަ އުފެއްދުންކަމަށާއި، ސަރުކާރާއި ދޭތެރޭ ރައްޔިތުންގެ މެދުގައި ނަފްރަތު އުފެއްދުމަކީ އެ ޕާޓީގެ މައިގަނޑު އެއް ސިޔާސަތުގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

ޒަމީރު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކެމްޕެއިންގައި ދެއްކެވި ވާހަކަތައް ފޮތެއްގެ ސިފައިގައި ނެރުއްވާފައިވަނީ، ދޮގު ހަދާ އޮޅުވާނުލާ، ރައްޔިތުންނަށް ވީ ވައުދުތައް ފުއްދައި ދިނުމަށްކަމަށް ފާހަގަކުރައްވާފައެވެ. އޭނާ ވިދާޅުވީ ދޮގު ތެދު ކިޔޭނީ ދައުރު ނިމުމުންކަމަށާއި، މި ދެ އަހަރުގެ ތެރޭގައިވެސް އެތައް ވައުދެއް ފުއްދަވާފައިވާކަން ހާމަވާކަމަށެވެ. މީގެ އިތުރުން، މިކަންކަން ކޮށްފައިވަނީ އެތައް ބައެއްގެ ޖެއްސުމާއި ފުރައްސާރައިގެ ތެރެއިންކަމަށް ޒަމީރު ފާހަގަކުރެއްވިއެވެ.

އެމްޑީޕީއިން އެއްވުންތައް ބާއްވަނީ ގައުމު ހަލަބޮލި ކުރުމަށްކަމަށް ވިދާޅުވެ، ޒަމީރު ވަނީ އެއްވުންތަކުގައި އެމްޑީޕީގެ ލީޑަރޝިޕްގެ ބޭފުޅުން ނެތުމުން އެމީހުން ފިލީކަމަށް ތުހުމަތުކުރައްވާފައެވެ. އޭނާ ވަނީ ރައްޔިތުންނަށް މި ފިތުނައިގެ ތެރެއަށް ނުވަނުމަށް ގޮވާލައްވާފައެވެ. ”އަޅުގަނޑުގެ ދާއިރާގައި ރައްޔިތުންނަށް އަދި މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އަޅުގަނޑު ދަންނަވައިލަން އޮތީ މި ފިތުނައިގެ ތެރެއަށް ނުވަންނާށޭ. ތި ބޭފުޅުންނަށޭ މީގައި ހުރިހާ ގެއްލުމެއްވާނީ،“ ޒަމީރު ވިދާޅުވިއެވެ. އޭނާ އިތުރަށް ގޮވާލެއްވީ އެމްޑީޕީއިން އުފައްދާ ނުރަނގަޅު ކަންތައްތަކުގެ ތެރެއަށް ރައްޔިތުން ނުވަނުމަށާއި، މިކަމުގެ ގެއްލުންތައް ކުރިމަތިވާނީ ހަމަ ރައްޔިތުންނަށްކަމަށެވެ.

ބޯހިޔާވަހިކަމުގެ މައްސަލައިގައި ސަރުކާރުން އަމަލުކުރަމުންދަނީ އިންސާފުވެރިކޮށްކަމަށް ޒަމީރު ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ ފްލެޓު ލިސްޓުގައި އެއްވެސް އޮޅުވާލުމެއް ނޯންނާނެކަމަށާއި، ކޮންމެ ސަރުކާރަކުން ދިން ނަމަވެސް ރައްޔިތުންނަށް ފްލެޓުތައް އިންސާފުވެރިކަމާއި، ހަމަހަމަކަމާއިއެކީ މި ސަރުކާރުން ހަވާލުކުރާނެކަމަށެވެ. މީގެ އިތުރުން، އެކިއެކި ޓީވީ ޗެނަލްތަކުގައި ސަރުކާރުގެ ބޭފުޅުން ދައްކަވާފައިވާ ވާހަކަތައް އޮޅުވާލުމަށް އެމްޑީޕީއިން މަސައްކަތް ކުރި ނަމަވެސް އެކަން ހާސިލް ނުވާނެކަމަށް އޭނާ ވިދާޅުވިއެވެ. ޒަމީރު ވަނީ އެމްޑީޕީގެ ވެރިކަމުގައި ގޯތިތައް ދޫކޮށްފައިވަނީ ސިޔާސީ ބޭނުމުގައިކަމަށްވެސް ފާހަގަކުރައްވާފައެވެ.

މި މައްސަލައިގައި ގަރާރު ހުށައެޅުއްވި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލައަކީ މުޖުތަމައުގެ ތެރޭގައި ހުރި ގިނަ މައްސަލަތަކެއްގެ ފެށުންކަމަށެވެ. އޭނާ ފާހަގަކުރެއްވީ ބޯހިޔާވަހިކަމަށް ހަރަދު ކުރަން ނުޖެހޭ އާއިލާއެއް މާލޭގައި ނެތްކަމަށާއި، މިކަންކަމުގެ ސަބަބުން ރާއްޖޭގައި ރައްޔިތުންނަށް މިނިވަންކަމާއިއެކު ހިތްހަމަޖެހުން ހޯދެން ނެތްކަމަށެވެ. މައުރޫފް ވިދާޅުވީ މި މައްސަލަތަކަށް ހައްލު ހޯދުމަށް މިދިޔަ ސަރުކާރުން ގިނަ މަސައްކަތްތަކެއް ފަށާފައިވާކަމަށާއި، ބަހާލެވިގެން ވަށާ ޖެހޭ ސިޔާސަތެއްގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރެއްވުމުގެ ސިޔާސަތުތަކެއް ކަނޑައެޅިކަމަށެވެ. އެގޮތުން ހުޅުވާލި ފުރުސަތުގައި އެތައް ހާސް ރައްޔިތުންނެއް ބޯހިޔާވަހިކަމަށް ކުރިމަތިލީކަމަށާއި، އަދި ބޯހިޔާވަހިކަން ކަށަވަރުކޮށްދިންކަމަށްވެސް މައުރޫފް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: