ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބާއްޖަވެރިކަމުގެ އަސާސަކީ އިސްލާމް ދީން: ހުކުރު ހުތުބާ

މާލޭގައި ބިނާކޮށްފައިވާ ކިންގް ސަލްމާން މިސްކިތް--
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދުގެ ހުކުރު ހުތުބާގައި ބާއްޖަވެރިކަމުގެ މައްޗަށް އަލިއަޅުވާލައްވައި، ބާއްޖަވެރިކަމުގެ އަސާސަކީ އިސްލާމް ދީން ކަމަށް ބުނެފިއެވެ. މި ހުތުބާގައި ވަނީ ބާއްޖަވެރިކަމަކީ އިންސާނުން އެ ނިއުމަތެއް ހޯދުމަށްޓަކައި އެންމެ ބޮޑަށް މަސައްކަތްކުރާ ނިއުމަތް ކަމަށް ފާހަގަކޮށްފައެވެ.

ހުތުބާގައި ބުނެފައިވާ ގޮތުގައި ބާއްޖަވެރިކަމާއި އުފާވެރިކަން ހޯދުމުގައި ވަކި އުމުރެއް، ވަކި މާލީ ތަނަވަސްކަމެއް ނުވަތަ ވަކި ދީނެއްގެ މެދުގައި ތަފާތެއް ނެތެވެ. ހުރިހާ އިންސާނުންވެސް ބޭނުންވަނީ ބާއްޖަވެރިކަމާއި އުފާވެރިކަމެވެ. އެހެންނަމަވެސް، މިއަދު ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މުދަލާއި ފައިސާއާޢި، ޖާހާއި މަންސަބާއި، އަދި މަޝްހޫރުކަމަކީ އުފާވެރިކަމާއި ބާއްޖަވެރިކަމެވެ. ހުތުބާގައި ފާހަގަކުރެއްވީ، ހަގީގީ ބާއްޖާވެރިކަމަކީ، ހިތުގެ އުފާވެރިކަމާޢި ނަފުސުގެ ހަމަޖެހުން ކަމަށާއި، އެ ކަންކަން ދެއްވުމުގެ ބާރު ލިބިވޮޑިގެންވަނީ ﷲ ސުބުހާނަހޫ ވަތައާލާއަށް ކަމަށެވެ.

ބާއްޖަވެރިކަމާއި އުފާވެރިކަން ހާސިލުކުރެވޭނެ ހަމައެކަނި މަގަކީ ﷲ ސުބުހާނަހޫ ވަތައާލާއަށް ކިޔަމަންތެރިވުން ކަމަށް ހުތުބާގައި ފާހަގަކުރިއެވެ. މީގެއިތުރުން، ބާއްޖަވެރިކަމުގެ އަސާސަކީ އިސްލާމް ދީން ކަމަށް ބުނެފައިވެއެވެ. އިސްލާމް ދީނަކީ، ﷲ ސުބުހާނަހޫ ވަތަޢާލަ އިންސާނުން ދުނިޔޭގެ ދިރިއުޅުމަށްޓަކައި އިޚްތިޔާރުކުރައްވައިފައިވާ މަގެއް ކަމަށްވާއިރު، އެއީ، ނަފުސުގެ ހަމަޖެހުމާއި ހިތްތައް އިސްލާޙުގެ މަގަށް ގެންދާ ފުރިހަމަ ނިޒާމެއް ކަމަށާއި، މި ނިޒާމުން ހެޔޮކަމާއި ބަރަކާތުގެ މަގުތައް ހުޅުވޭނެކަމަށް ހުތުބާގައި ފާހަގަކުރިއެވެ.

ހުތުބާގައި އިތުރަށް ފާހަގަކުރެއްވީ ބާއްޖަވެރިކަމުގެ އެއް ސަބަބަކީ، އިސްލާމީ ޝަރީޢަތަކީ، ފުރިހަމަ އަދި ޝާމިލު ޝަރީއަތެއްކަން އެގުން ކަމެވެ. ބައެއް މީހުންނަށް އިސްލާމީ ޝަރީއަތަކީ ހަމައެކަނި އަޅުކަމާޢި ހައްދުތައް ގާއިމުކުރުމުގެ މަގުސަދުގައިވާ ނިޒާމެއް ކަމަށް ހީވި ނަމަވެސް، އެއީ ދިރިއުޅުމުގެ ހުރިހާ ދާއިރާއެއް ޝާމިލުވާ ގޮތަށް އޮތް ފުރިހަމަ ނިޒާމެކެވެ.

އިސްލާމީ ޝަރީއަތުގެ ޝާމިލުކަން:

އިސްލާމީ ޝަރީއަތުގައި އަގީދާއާއި އަޅުކަމާއި އަޙްލާގާއި އާއިލީ ގުޅުންތަކާއި ތަރިކައާއި އިގްތިސާދާއި ސިޔާސީ އަދި ބައިނަލްއަގްވާމީ ގުޅުންތަކާއި ހަމަހަމަކަމާއި އަދި އަދުލުއިންސާފުގެ އިތުރުން، އަންމެހައި ދާއިރާތަކުގެ ކަންކަން ހިމެނޭކަމަށް ހުތުބާގައި ފާހަގަކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: