ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިރާގުން މީޑިއާނެޓް އަންލިމިޓެޑް ސްޕޯޓްސްޕާސް ތައާރަފުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ދިރާގުން ކުޅިވަރަށް ލޯބިކުރާ ފަރާތްތަކަށް ހާއްސަކޮށްގެން، މީޑިއާނެޓް އަންލިމިޓެޑް ސްޕޯޓްސްޕާސް ތައާރަފުކޮށްފިއެވެ.

މި ހިދުމަތް މެދުވެރިކޮށް ކަސްޓަމަރުންނަށް ކުޅިވަރަށް ހާއްސަ ޗެނަލްތައް ފަސޭހަކަމާއިއެކު ބަލައިލެވޭނެއެވެ.

މި ގޮތުން، މި ހިދުމަތް މެދުވެރިކޮށް ދުނިޔޭގެ އެންމެ މަގްބޫލު މުބާރާތްތައް ކަމުގައިވާ ޕްރިމިއަރ ލީގް، ޔޫ.އީ.އެފް.އޭ ޗެމްޕިއަންސް ލީގް އަދި އެހެނިހެން ބޮޑެތި ފުޓްބޯޅަ މުބާރާތްތައް ވަގުތުން ބަލައިލެވޭނެއެވެ. މީގެ އިތުރުން، ކްރިކެޓް، ވޮލީބޯޅަ، ބެޑްމިންޓަން، ޓެނިސް އަދި އިތުރު ކުޅިވަރުތައް ބަލައިލުމުގެ ފުރުސަތު ކަސްޓަމަރުންނަށް ފަހި ވެގެންދާނެއެވެ.

މި ހިދުމަތް ހޯދަން ބޭނުންވާ ކަސްޓަމަރުންނަށް ދިރާގުއެޕް މެދުވެރިކޮށް 450 ރުފިޔާއަށް އަންލިމިޓެޑް ސްޕޯޓްސްޕާސް  އެކްޓިވޭޓްކުރެވޭނެއެވެ. އަދި ޕެކޭޖަށް ފައިސާ ދެއްކުމަށް، ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އެ ކަސްޓަމަރެއްގެ ބިލާއިއެކު ފައިސާ ދެއްކޭއިރު ޕްރިޕެއިޑް ކަސްޓަމަރުންނަށް އެކައުންޓްގެ ބެލެންސް ބޭނުންކޮށްގެން ފަސޭހަކަމާއެކު ފައިސާ ދެއްކޭނެއެވެ. މިއީ ދިރާގު އެޕް މެދުވެރިކޮށް މީޑިއާނެޓްގެ ޕެކޭޖެއް އެކްޓިވޭޓްކުރެވޭ ގޮތަށް ތައާރަފުކުރި ފުރަތަމަ ހިދުމަތެވެ. އަދި، މި ޕެކޭޖް އެކްޓިވޭޓްކޮށްގެން 31 މޭ 2026ގެ ނިޔަލަށް މި ހިދުމަތް ބޭނުންކުރެވޭނެއެވެ.

ދިރާގުން ދަނީ އެންމެ ފަހުގެ މުނިފޫހިފިލުވުމުގެ ވަސީލަތްތަކާއި ތަފާތު ގިނަ ހިދުމަތްތައް ހެޔޮ އަގުގައި ކަސްޓަމަރުންގެ އެކި ބޭނުންތަކަށް ހާއްސަކޮށްގެން ފޯރުކޮށްދެމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: