ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަލީހުގެ ފަރާތުން ޕީޖީއަށް އިންޒާރެއް!

މިނިސްޓަރ މަލީހު އަދި ޕީޖީ ބިޝާމު
ޝެއާރކޮށްލާ ކަހަލަދޯ؟

މިނިސްޓަރ އޮފް ކޮމިޔުނިކޭޝަންސް ސައިންސް އެންޑް ޓެކްނޮލޮޖީ މުޙައްމަދު މަލީހު ޖަމާލުގެ ފަރާތުން ޕްރޮސިކިއުޓަރ ޖެނެރަލް ޢާއިޝަތު ބިޝާމަށް ތިން ދުވަހުގެ މުހުލަތެއް ދީ ސިޓީއެއް ފޮނުވައިފިއެވެ.

މަލީހު މިގޮތަށް ޕީޖީ ބިޝާމަށް ސިޓީއެއް ފޮނުވާފައިވަނީ ޕީޖީއާއި ދެކޮޅަށް އަނބުރުގެ ދައުވާ ކުރައްވާނޭ ކަމުގެ އިންޒާރު އަންގާރަ ދުވަހުގައި ދެއްވުމަށްފަހުގައެވެ. މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ  ޚިޔާނާތުގެ މައްސަލައިގައި 21 އޮކްޓޯބަރު 2019 ވަނަ ދުވަހު ރައްޔިތުިންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަ ދައްކަވަމުން ޕީޖީ ބިޝާމް ވިދާޅުވީ، ދައުލަތުގެ ބައެއް ވަޒީރުންނާއި، މަޖިލީހުގެ ބައެއް މެންބަރުންނަށް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާލިބިފައިވާ ކަމަށެވެ.

ސިއްރުކޮށްގެން ކުރިޔަށް ގެންދިޔަ އެ ކޮމިޓީގައި ޕީޖީ ބިޝާމު ވަނީ ބައެއް ވަޒީރުންނާއި މެންބަރުންގެ ނަންތައް ހިއްސާކޮށްފައެވެ. އެގޮތުން މިހާރުގެ ޔޫތު މިނިސްޓަރ އަޙްމަދު މަޚުލޫފާއި ، ފިޝަރީޒް އެންޑް އެގްރިކަލްޗަރ މިނިސްޓަރު ޒަހާ ވަހީދުގެ އިތުރުން ޓެލެކޮމިއުނިކޭޝަން މިނިސްޓަރ މުޙައްމަދު މަލީހު ޖަމާލުގެ ނަން ޕީޖީވަނީ ކޮމިޓީއާއި ހިއްސާކޮށްފައެވެ.  އެކަމާއި ގުޅިގެން މީޑިއާގައި ޚަބަރުތައް ދައުރުވާން ފެށުމުން މިނިސްޓަރ މަލީހު ވަނީ ޕީޖީ ބިޝާމާއި ދެކޮޅަށް އަނބުރުގެ ދައުވާކުރައްވާނެކަމަށް ވިދާޅުވެފައެވެ.

https://twitter.com/maleehjamal/status/1186573851213230080?s=20

މިނިސްޓަރ މަލީހު ވަނީ އޭގެ ފަހުން ތަކުރާރުކޮށްް ޕީޖީ ބިޝާމަށްް ފާޑު ވިދާޅުވެލައްވާފައެވެ. އެގޮތުން، ޕީޖީ މަގާމުން ދުރުކުރަން ޖެހޭކަމަށްވެސް ވަނީ ވިދާޅުވެފައެވެ. އަދި ޕީޖީ އޮފީހުގައި މަލީހުއާއި ގުޅޭ އެއްވެސްް މައްސަލައެއް ނޯންނާނޭކަމުގެ ޔަގީންކަންވެސް ވަނީ އަރުއްވާފައެވެ.

ޕީޖީ ބިޝާމުގެ ފަރާތުން މިގޮތަށް ވަކި ބޭފުޅުންގެ ނަންތަކެއް ހާމަކުރެއްވުމުން އެ ފަރާތްތައް މަގާމުން އިސްތިއުފާ ދެއްވުމަށް ގިނަ ފަރާތްތަކަކުންވަނީ ގޮވާލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: