ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިން އަހަރު ތެރޭގައި، މި ސަރުކާރުން، އެއްވެސް ސަރުކާރަކުން ނުނަގާ ވަރަށް ދަރަނި ނަގާފަ އެބައޮތް: ޣަފޫރު

ހަނިމާދޫ ދާއިރާގެ މެމްބަރ ޢަބްދުލްޢަފޫރު މޫސާ
ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރުގެ ތިން އަހަރުގެ ތެރޭގައި، އެއްވެސް ސަރުކާރަކުން ނުނަގާ ވަރަށް ދަރަނި ނަގާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު، އަބްދުލް ގަފޫރު މޫސާ ވިދާޅުވެއްޖެއެވެ.

މެމްބަރު ޣަފޫރު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، 2026 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.

ޣަފޫރު ވިދާޅުވީ، އަންނަ އަހަރަށް ސަރުކާރުން ހުށަހަޅައިފައިވާ ބަޖެޓުގެ އަދަދު ބޮޑު ނަމަވެސް، އެއީ ރައްޔިތުންނަށް ކޮށްދޭން ހުރި ކަންތައްތައް ސާފުނުވާ އަދި ގޯސް ބައިވަރު ކަންތައްތައް އެކުލެވޭ ބަޖެޓެއް ކަމަށެވެ. އަދި، އަންނަ އަހަރަށް ހުށަހެޅިފައިވާ ބަޖެޓަކީ، ގާނޫނާއި ގަވާއިދާއި ހިލާފަށް ހުށަހަޅައިފައިވާ ބަޖެޓެއް ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ. ޣަފޫރު އިތުރަށް ވިދާޅުވީ، މި ބަޖެޓަކީ ސަރުކާރުގެ ”ނާޗަރަންގީ“އަށް، ރައްޔިތުންގެ ފައިސާއިން، 64 ބިލިއަން ރުފިޔާ ހޭދަކޮށްލަން އެކަށައަޅައިފައިވާ ބަޖެޓެއް ކަމަށެވެ.

ދަރަނީގެ މައްސަލައަށް އަލިއަޅުވާލައްވަމުން ޣަފޫރު ވިދާޅުވީ، މި ސަރުކާރު ވެރިކަމަށް ހަވާލުވިއިރު ދައުލަތުގެ ދަރަނި ހުރީ 115 ބިލިއަން ރުފިޔާގައި ކަމަށާއި، ނަމަވެސް 2026 ވަނަ އަހަރު ނިމޭއިރު ދައުލަތުގެ ދަރަނި 158 ބިލިއަނަށް އަރައިގެންދާނެ ކަމަށެވެ. ”އޭގެ މާނައަކީ މުޅި ދައުލަތުގެ ދަރަނީގެ 27 ޕަސަންޓަކީ މި ސަރުކާރުން މި ތިން އަހަރުގެ ތެރޭގައި އުފައްދާ ދަރަންޏޭ،“ ޣަފޫރު ވިދާޅުވިއެވެ. މިއަދު ދަރަނި ބޮޑުވެ، ދަރަނި އަނބުރާ އަދާނުކުރެވޭ ހާލަތުގެ ވާހަކަ ދައްކާއިރު، މި ސަރުކާރުން ތިން އަހަރު ތެރޭގައި އެއްވެސް ސަރުކާރަކުން ނުނަގާ ވަރަށް ދަރަނި ނަގާފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޗައިނާއިން ނަގައިފައިވާ ހުރިހާ ލޯނުގެ ދަރަނި އަދާކުރުމަށްޓަކައި، އަނެއްކާވެސް އިތުރު ލޯނެއް ނަގައި، ދެ އިންޓްރެސްޓާއިއެކު، ދައުލަތުން ފައިސާ ދައްކަން މަޖްބޫރުވާ ހާލަތުގައި، ރީ-ފައިނޭންސްކޮށް، އެ ދަރަނިތައް ފަހުގެ ތާރީހުތަކަކަށް ދައްކަން ސަރުކާރުން ލަސްކުރި ކަމުގައިވީ ނަމަވެސް، އެއީ ދަރަނި ދެއްކުމެއް ނޫން ކަމަށް ޣަފޫރު ވިދާޅުވިއެވެ.

މީގެ އިތުރުން، ޣަފޫރު ވަނީ ހަނިމާދޫ ދާއިރާއަށް މި ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމުގައި ފަސްޖެހިފައިވާ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، ހަނިމާދޫގައި ހޮސްޕިޓަލެއް އެޅުމަށްޓަކައި، ހިލުބިއްގަނޑެއް ޖަހައިފައި، އެތާ އެއްވެސް އިތުރު މަސައްކަތެއް ނުކޮށް ބަހައްޓައިފައި ހުރިއިރު، މަގުތައް ތަރައްގީކޮށްދިނުމަށް ވައުދުވެފައިވާ ނަމަވެސް، އެއްވެސް މަސައްކަތެއް ކުރެވޭ މަންޒަރެއް ނުފެންނަ ކަމަށް ޣަފޫރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: