ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިރާގުން އެ ކުންފުނީގެ 3 ވަނަ ޑޭޓަރ ސެންޓަރު ނ. ވެލިދޫގައި ހުޅުވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ދިރާގުން އެ ކުންފުނީގެ 3 ވަނަ ޑޭޓަރ ސެންޓަރު، އަދި އަތޮޅު ތެރޭގައި އެ ކުންފުނިން ގާއިމްކޮށްފައިވާ ފުރުތަމަ ޑޭޓަރ ސެންޓަރު ނ. ވެލިދޫގައި ހުޅުވައިފިއެވެ.

މިއީ، ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗަރ އިތުރަށް ހަރުދަނާކޮށް، ޓެކްނޮލޮޖީގެ ހިދުމަތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުޅާކުރުމުގައި އެ ކުންފުނިން ހާސިލުކޮށްފައިވާ އިތުރު ލަނޑުދަނޑިއެކެވެ. ނ.ވެލިދޫގައި ބޭއްވި ހާއްސަ ހަފްލާއެއްގައި މި ޑޭޓަރ ސެންޓަރު ހުޅުވައިދެއްވައިފައިވަނީ، ދިރާގުގެ ސީއީއޯ އަދި އެމްޑީ، އިސްމާއިލް ރަޝީދު އާއި ނ. ވެލިދޫ ކައުންސިލުގެ ރައީސް އާތިފް ހުސައިންއެވެ.

މި ޓިއަރ-3 ރެޑީ ޑޭޓަރ ސެންޓަރަކީ ދުނިޔޭގެ ފެންވަރުގައި އިތުބާރު ހިފޭ ހިދުމަތްތައް ފޯރުކޮށްދިނުމަށް ދިރާގުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ގާއިމްކޮށްފައިވާ ސެންޓަރެކެވެ. މި ޑޭޓަރ ސެންޓަރުގެ އެހީގައި، މި ސަރަހައްދަށް ނިސްބަތްވާ ރިސޯޓުތަކާއި ކުންފުނިތަކަށް ހިދުމަތްފޯރުކޮށްދޭ ތަންތަނާއި ގާތުގައި ޑޭޓަރ ރައްކާތެރިކުރުމުގެ މަގު ވަނީ ފަހިވެފައެވެ. މީގެ އިތުރުން، ކްލައުޑް ބޭސްޑް ހިދުމަތްތަކާއި، އެކިއެކި އެޕްލިކޭޝަންތައް ބޭނުންކުރުމުގައި އިތުރު ލުއިފަސޭހަތައް ލިބި، ދެމެހެއްޓިނިވި ގޮތެއްގައި ވިޔަފާރި ކުރިއަށް ގެންދިއުމަށް މަގުފަހިވެ، ކަސްޓަމަރުންނަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ.

ދިރާގުން ވަނީ މި އަހަރުގެ ކުރީކޮޅު ރާއްޖޭގެ އެންމެ ފުރަތަމަ ޓިއަރ-4 ސެޓިފިކޭޝަން ހޯދައިފައިވާ ޑޭޓަރ ސެންޓަރު ކަމުގައިވާ ދިރާގު ހުޅުމާލެ ޑޭޓަރ ސެންޓަރު ހުޅުވައިފައެވެ. މިއީ، އަޕްޓައިމް އިންސްޓިޓިއުޓް އިން ޑޭޓަރ ސެންޓަރ ރިލައިބިލިޓީއަށް ކަނޑައަޅައިފައިވާ އެންމެ މަތީ މިންގަޑެވެ.

މި ކާމިޔާބީއާ އެކު ދިރާގުން ވަނީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ޑިޖިޓަލް ހިދުމަތްތައް ފޯރުކޮށްދޭ ކުންފުނީގެ ގޮތުގައި ފައިތިލަ ސާބިތުކޮށް، އެ ކުންފުނިން ދަނީ ދެމެހެއްޓެނިވި ތަރައްގީއަށާއި ރަށްރަށުގެ ކުރިއެރުމަށް ޓެކްނޮލޮޖީގެ އެހީގައި އިތުރު މަގުތައް ފަހިކޮށްދިނުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: