ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މީރާ އާއި ސީއޭ މޯލްޑިވްސް ގުޅިގެން ޓެކްސް ފޯރަމް އެއް ބާއްވަނީ!

ޝެއާރކޮށްލާ ކަހަލަދޯ؟

މީރާ އާއި އިންސްޓިޓިއުޓް އޮފް ޗާރޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (ސީއޭ މޯލްޑިވްސް) އާ ގުޅިގެން، ”މޯލްޑިވްސް ޓެކްސް ފޯރަމް“ ގެ ނަމުގައި ޓެކްނިކަލް ފޯރަމްއެއް ބާއްވަން ނިންމައިފިއެވެ.

”ޝޭޕިންގ އަ ސްމާޓަރ ޓެކްސް ފިއުޗަރ ޓުގެދަރ“ މި ޝިއާރުގެ ދަށުން ބާއްވާ މި ފޯރަމަކީ ދިވެހިރާއްޖޭގައި ބާއްވާ މިފަދަ ފުރަތަމަ ފޯރަމެވެ.

މި ފޯރަމް ކުރިއަށް ދާނީ 15 ނޮވެންބަރު 2025 ވާ ހޮނިހިރު ދުވަހު ހެނދުނު 8:30 އިން ހަވީރު 4:30 އަށް، މީރުމާ އިވެންޓްސް ކޮންފަރެންސް ހޯލްގައެވެ.

މި ފޯރަމްގައި ޓެކުހުގެ ދާއިރާގެ ފަންނީ މާހިރުންނާއި، ޓެކްސް ލޯޔަރުން، އެކައުންޓިންގ ޕްރޮފެޝަނަލްސް އަދި  މި ދާއިރާގެ ތަޖުރިބާކާރުން ބައިވެރިވެ، ޓެކްސް ތަންފީޒުކުރުމުގައި ދިމާވާ ގޮންޖެހުންތަކާއި، ޓެކްސްދައްކާ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކާއި، ބައިނަލްއަޤްވާމީ ޓެކުހުގެ މައިދާނުގައި ޓެކްސް ތަންފީޒުކުރުމުގައި ދިމާވާ ގޮންޖެހުންތަކަށް ހައްލުހޯދުމަށްޓަކައި އެކުލަވައިލައިފައިވާ ސިޔާސަތުތަކާއި ގުޅޭގޮތުން މަޝްވަރާކުރާނެއެވެ. މިގޮތުން، ތަފާތު ފަސް މަޢުޟޫއަކަށް ޕެނަލްތަކުގައި މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.

މި ފޯރަމްގެ ސްޕޮންސަރުންނަކީ، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)، އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕވޓ. ލޓޑ.، އަދި މޯލްޑިވްސް އިސްލާމިކް ބޭންކްއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: