ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުވައްމުލައް ފެނަކީ ސިއްހަތާ ބެހޭ ޖަމްއިއްޔާގެ ބޯ ފެނުގެ މިންގަނޑަށް ފެތޭ ފެނެއް: އެމްއެފްޑީއޭ

ފެން ހޯދުމަށް ފުވައްމުލަކުގައި ބަޔަކު ކިއުގައި ޖެހިފައި.
ޝެއާރކޮށްލާ ކަހަލަދޯ؟

”ފެނަކަ ފުވައްމުލައް ބްރާންޗް“ އިން ދޫކުރަމުންދާ މުނިސިޕަލް ފެނުގެ މައްސަލައާއި ގުޅިގެން އެ ސިޓީގެ އެކި ސަރަހައްދުތަކުން ފެން ނަގާ ތަހުލީލުކޮށްފައިވާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.

މިކަމާއި ގުޅިގެން ނެރުން ބަޔާނެއްގައި އެ އޮތޯރިޓީއިން ބުނީ މި ތަހުލީލުތަކުގެ ނަތީޖާއިން ދައްކާ ގޮތުގައި މި ފެނަކީ ސިއްހަތާ ބެހޭ ޖަމްއިއްޔާގެ ބޯ ފެނުގެ މިންގަނޑަށް ފެތޭ ފެނެއްކަމަށެވެ.

އެ ސިޓީ ކައުންސިލުން ބުނީ، ފެނުގެ ރައްކާތެރިކަން ކަށަވަރުކުރަން، މޭޔަރާއި ކައުންސިލްގެ މެމްބަރުން ފެން ޕްލާންޓަށް ޒިޔާރަތްކޮށް، ފެނުގެ ރައްކާތެރިކަމާ ގުޅޭގޮތުން ފެނަކައިގެ އިސްވެރިންނާ ބައްދަލުކޮށް މައުލޫމާތު ސާފުކުރިކަމަށެވެ. ރައްކާތެރި ފެންކަން ޔަގީންވާނެ ފަދަ ޓެސްޓެއްގެ ނަތީޖާ އޭރު ނުލިބޭތީ، އެ ނަތީޖާ ލިބި ފެނުގެ ރައްކާތެރިކަން ފުރިހަމައަށް ކަށަވަރުވަންދެން އާއްމު ބޭނުމަށް ފެން ދޫނުކުރަން އެދިފައިވާނެ ކަމަށް ކައުންސިލުން ބުންޏެވެ.

ފުވައްމަލުގައި ފެނަކަ އިން ދޫކުރާ ސަޕްލައި ފެން ތަޣައްޔަރުވެ ބޭނުން ނުކުރެވޭ ހާލަތަށް ދިއުމުން މިދިޔަ ހޯމަ ދުވަހުން ފެށިގެން މުޅި ރަށުން ވަނީ ފެން ކަނޑާލައިފަ އެވެ. ތިން ދުވަހަށް ފަހު ފެން ދޫކުރަން ފެށީ އިއްޔެ އެވެ.

މިކަމާއި ގުޅިގެން މުޒާހަރާ ކުރުމާއިއެކު، ސަރުކާރުން މައުލޫމާތު ދީފައިވާ ގޮތުގައި މި މައްސަލަ ކުރިމަތި ވުމާއެކު ކަނޑާއި ވައިގެ މަގުން ފުވައްމުލައް ސިޓީއަށް ބޯފެން ފޯރުކޮށްދިނުމާއި އަދި ބޭނުންވާ އެހެނިހެން އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ސިފައިން ފަށައިފައިވެއެވެ. 5 ލިޓަރުގެ 500 ކޭސް ފެނާއި، 1.5 ލިޓަރުގެ 1300 ކޭސް ފެނާއި، 500 މިލިލިޓަރުގެ 1000 ކޭސް ފެން ވައިގެ މަގުން ފުވައްމުލައް ސިޓީއަށް ގެންގޮސްފައިވާކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: