ދިވެހި ދަރިވަރުން ދުނިޔޭގެ އެކިއެކި ކަންކޮޅުތަކުގައި ތަފާތުއެކި ދާއިރާތަކުން ދިވެހިންގެ ނަން ރަން އަކުރުން ފަވާލަމުންދާ ކަމީ ގަބޫލު ކުރަން ޖެހޭ ހަގީގަތެއްކެވެ. ދިވެހިން ދަރިން ދިވެހި ފަސް ގަނޑަށް ރަން އެތައް ވަނަތަކެް ހޯދައި ދިނުމަށް މަސައްކަތްކުރާކަން އެއީ ވެސް ދެބަސްވެވެން ނެތް ހަގީގަތެކެވެ. ނަތީޖާއެއްގެ ގޮތުން ދިވެހިރާއްޖޭގައި ގާއިމް ކުރެވޭ އެކިއެކި ސަރުކާރުތަކުން ދިވެހި ދަރިން ރާއްޖެއިން ބޭރުގައި ހޯދަމުންދާ ކާމިޔާބީތަކުގެ އަގު ވަޒަންކޮށް އިތުރު ކުރިއެރުންތައް ހޯދައި ދިނުމަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަން ވެސް އެއީ ވެސް ދެބަސްވެވެން ނެތް ކަމެކެވެ.
ދިވެހި ގައުމު ކުރިއަރުވައި ދިވެހި ގައުމަކީ ވެސް ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުތަކުގެ ލިސްޓުން ޖާގަ ހޯދުމަކީ ކޮންމެ ދިވެއްސަކުވެސް ދެކެމުން އަންނަ ހުވަފެނެކެވެ. އަދި ދިވެހި ގައުމު ކުރިއަރާ ދިއުމުގައި ރާއްޖެއިން ބޭރުގައި ހަދާ ގިނަ ކޯތަކާއި ފުރިހަމަ ކުރާ ގިނަ ތަމްރީންތައް ދިވެޖި ފަސް ގަނޑުގައި ފުރިހަމަ ކުރުމަކީ ދިވެހިން ބޭނުންވާ ކަމެކެވެ. އގޮތުން ޕައިލެޓްކަން ކިޔަވަން ބޭނުންވާ ކުދިންނަށް ދިވެހި ފަސް ގަނޑުގައި ތިބެގެން ޕައިލަޓްކަން ކިޔެވުމުގެ ފުރުސަތު ލިބިގެން ދިއުމަކީ ދިވެހިންނަށް ލިބުނު ވަރަށް ބޮޑު އުފަލެކެވެ. އަދި ފަހުރެއްވެސް މެއެވެ.
ކޮންމެއަކަސް މިހިޔާލުގައި ބަލާލަން މިއުޅެނީ އައްޑޫ ސިޓީގައި ގާއިމް ކޮށްފައިވާ ފްލައިން ސްކޫލްގެ ވާހަކައެއް ނޫނެވެ. އަދި ދިވެހި ކުދިންނަށް ދިވެހިރާއްޖޭގައި ތިބެގެން ތަފާތު އެކިއެކި ދާއިރާތަކުން މަތީތަޢުލީމް ހާސިލް ކުރެވޭ ވާހަކައެއް ވެސް ނޫނެވެ. ދައްކަން މިއުޅެނީ ރާއްޖޭގެ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ދިވެހި ޕައިލެޓްކަން ކިޔަވަމުންދާ ކުދިންނަށް ދީގެން އުޅޭ ބޮޑު ދޯކާގެ ވާހަކައެވެ.
ލޯނު ސްކީމްގެ ދަށުން ލަންކާގައި ޕައިލެޓުކަން ކިޔަވަމުންދާ ދަރިވަރުންނަށް އެހެންގައުމެއްގައި ކިޔެވޭނެ ގޮތް ހަމަޖައްސައި ދޭނެކަމަށް ހަޔަރ އެޑިއުކޭޝަންއިން ވިދާޅުވުން ފައިދާއަށް ވުރެ ވީ ގެއްލުން ބޮޑޭ ދެންނުވުން ވަރަށް ސަޅި ވާނެއެވެ. މިނިސްޓްރީއިން މިގޮތަށް ހަމަޖައްސާދީފައި ވަނީ 6 މަސް ދުވަހުގެ އިންތިޒާރު ކުރުމަށްފަހު ޕައިލެޓްކަން ކިޔާވާ ދަރިވަރުން ލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެންބަސީއަށް ގޮސް ދިވެހިރާއްޖެއިން ލަންކާއަށް ކަނޑައަޅުއްވާފާ ހުންނަވާ ސަފީރު އުމަރު އަބްދުލް ރައްޒާގް އާ ބައްދަލުކޮށްފައި ނޫނީ ނުދާނެކަމަށް ބުނެ ދަރިވަރުން ހަޅުތާލު ކުރުމުންނެވެ.
ލަންކާއަށް މިއަހަރު އޭޕްރިލް މަހު ދިމާވި ބޮމުގެ ހާދިސާއަށްފަހު އެތާގާގައި ޕައިލެޓުކަން ކިޔަވަމުންދާ ދިވެހި ދަރިވަރުންނަށް ދިޔައީ އެތައް ބައިވަރު ދަތިތަކެއް ދިމާވަމުންނެވެ. ލަންކާއަށް ޕައިލެޓްކަން ކިޔެވުމަށް ގިނަ ދިވެހި ދަރިވަރުންތަކެއް ގޮސް އުޅެއެވެ. މިއީ ރާއްޖޭން ބޭރުން ރަނގަޅު ފެންވަރެއްގައި ޕައިލެޓްކަން ކިޔަވައިގެން ރާއްޖޭގައި މަސައްކަތް ކުރެވޭ ހަމަ އެކަނި ދެ ގައުމުތެރޭގައި ލަންކާ ހިމެނޭތީއެވެ.
މިއީ ރާއްޖޭގެ ސިވިލް އޭވިއެޝަން އޮތޯރިޓީ އިން ބަލައިގަންނަ ފެންވަރުގައި ކިޔަވައިދޭ ހަމައެކަނި ދެ ގައުމެވެ. ލަންކާގައި ކިޔަވަމުން ގެންދާ ގިނަ ދަރިވަރުންނަކީ ލޯން ސްކީމްގެ ދަށުން ކިޔަވާ ދަރިވަރުންނެވެ. މިގޮތަށް ކިޔެވޭ ދެވަނަ ގައުމަކީ ސިންގަޕޫެެރެވެ. ސިންގަޕޫރަށް ކިޔަވަންދިޔުމަކީ ލޯން ސްކީމްގެ ދަށުން ކިޔަވާނަމަ ބޮލުގައި އެޅޭ ބޮޑު ދަރަންޏެކެވެ.
ކްލިއަރެންސް ރެސްޓްރިކްޝަން އުވާލި ނަމަވެސް ކްލިއަރެންސް މިހާރުވެސް ލަންކާގެ ހަތް ކޮލެޖަކުން ދިވެހި 39 ކުދިން ޕައިލެޓް ކޯސް ފުރިހަމަ ކުރަމުންދެ އެވެ. އޭގެ ތެރެއިން 16 ކުދިން ކްލިއަރެންސް ހޯދައިފައިވާއިރު ކްލިއަރެންސް ނުުލިބޭ 23 ދިވެހި ދަރިވަރުން އަދިވެސް އެބަ ތިބިއެވެ.
ދަރިވަރުންނަށް ދިމާވާ މައްސަލަ!
ލަންކާގައި ޕައިލެޓްކަން ކިޔަވާ ދިވެހި ދަރިވަރުން ބުނާގޮތުގައި ކުރިން އަމަލުކުރި އުސޫލުގެ ދަށުން ޕޮލިސް ރިޕޯޓެއް ހުށަހެޅީމަ ތިން މަސް ދުވަސް ތެރޭ ލަންކާގެ ސިވިލް އޭވިއޭޝަން އޮތޯރިޓީއިން ދެމުން އަންނަ ނޭޝަނަލް އައިޑެންޓިޓީ ކްލިއަރެންސް (އެންއައިބީ) ލިބެއެވެ. އެ ލިބުނީމާ ފްލައިން ޓެސްޓްތައް ހެދެއެވެ. ނަމަވެސް ބޮމުގެ ހަލަމާތަކަށްފަހު، ކްލިއަރެންސް ދިނުން ހުއްޓާލާފައެވެ. މިހާރު ޕްރޮސީޖާއިންނަ ގޮތް ލަންކާގެ ސިވިލް އޭވިއޭޝަން އަށްވެސް އިނގިވަޑައި ނުގަންނަވައެވެ.
“އެއާ ފޮރސް އިން ލިޔުމެށް ހޯދަން ގޮސް ސިވިލް އޭވިއޭޝަން އަށް ގޮސް ފަހަރަކުތަނަކުން ލިޔުމެއް ހޯދަން ވަނީ ހަވާލު ކޮށްފަ. ހުރިހާ ލިޔުންތަކެއް ހޯދައިގެން އެންބަސީގެ ލިޔުން ހޯދަން ދިޔައީމަ ބުނަނީ ފޮރިން މިނިސްޓްރީ އަށް ލިސްޓު ފޮނުވާފައޭ ވީ. އެކަމު ފޮރިން މިނިސްޓްރީއިން ބަލާއިރު ލިސްޓެއް ނުފޮނުވާ.” ޕައިލެޓްކަން ކިޔަވާ ދަރިވަރަކު މައުލޫމާތު ދީފައިވެއެވެ.
ދަރިވަރުން ކުރި އިހުތިޖާޖު!
ލަންކާގައި ހުންނަ ރާއްޖޭގެ އެންބަސީއަށް ޕައިލެޓްކަން ކިޔަވާ ދަރިވަރުން ދިޔައީ ސަފީރުއާ ބައްދަލުު ކުރުމަށެވެ. ދަރިވަރުން އެންބަސީއަށް ވަނުމުން އެންބަސީގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ މުވައްޒަފުން އެންބަސީގެ ރިސެޕްޝަންއަށް ނިކުތެވެ. ސަފީރުއާ ބައްދަލު ކޮށްފައި ނޫނީ ނުދާނެކަމަށް ބުނެ ދަރިވަރުން އެންބަސީގެ ރިސެޕްޝަން އޭރިޔާގައި މަޑުކުރިއެވެ. މިގޮތަށް ކަން ކުރުމުން އެންބަސީގެ އެތެރެެއަށް ދަރިވަރުން ވައްދާ ސަފީރުއާވެސް ބައްދަލު ކުރެވުނެވެ.
“ސަފީރު ބުނީ މި މައްސަލައާއި ގުޅިގެން ގިނަ ސްކޫލްތަކަކާ ވާހަކަ ދެކެވިއްޖެ ކަމަށް. މިހެން ބުނިއިރު އަޅުގަނޑުމެން ކޮލެޖްގެ ޗެއާރމަންއާ މިކަމާ ގުޅިގެން ވާހަކަ ދައްކާފައި ނުވާކަމަށް ބުނޭ.”
މިނިސްޓްރީ އޮފް އެޑިޔުކޭޝަން ގެ އެންގުމާ ގުޅޭ.
މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަން އިން ލޯނު ސްކީމްގެ ދަށުން ލަންކާގައި ޕައިލެޓްކަން ކިޔަވާ ދަރިވަރުން އެހެން ގައުމަކަށް ބަދަލުވާން ބޭނުންނަމަ އެ ދަރިވަރަކު ކިޔެވުން ފުރިހަމަ ކުރުމަށް އެދޭ ގައުމެއްގެ މަރުކަޒުގެ ޕްލޭސްމަންޓް ލެޓާ، ފީ ސްޓްރަކްޗަރު އަދި އައިޑީކާޑުގެ ކޮޕީއެއް އެ މިނިސްޓްރީއަށް ހުށައެޅުމުން އެކަންހަމަޖެހޭނެ ކަމަށެވެ. ނަމަވެސް ދަރިވަރުން މިހާރު ލަންކާގައި ކިޔަވަން އެ ހޭދަ ކުރި ދުވަސް ތަކާއި އެ ދުވަސް ތަކުގައި ލޯނުން ކޮށްފައިވާ ހަރަދުތަށް ބަލައެއް ނުގަނެއެވެ. ލޯންގައި ބާކީހުރި މަދު އަދަދަކުން ކިޔަވަން ދާންބޭނުންވާ ގައުމަކަށް ދެވޭގޮތަށެވެ. އަނެއްކާވެސް ދަރިވަރުންވީ ބޮޑު ދަރަންޏެއް ބޮލުގައި އަޅައިގެން ކިޔެވުން ކުރިޔަށް ގެންދަންތޯއެވެ.
“މިކަމާގުޅިގެން ވަރަށް ބައިވަރު ސަރުކާރުގެ މިނިސްޓަރުންނާވެސް ބައްދަލު ކުރެވިއްޖެ. އެންބަސީގެ ފަރާތުން ލިބޭ އެއްބާރުލުން ވަރަށް ކުޑަ.”
ދިވެހި ރާއްޖޭގެ އެންބަސީއެއް ލަންކާގައި ހުންނަ ސަބަބާމެދު ސުވާލު ކުރެވެއެވެ. އެކްޓިވިސްޓުން ޑިޕްލޮމެޓުންގެ ގޮތުގައި ތިބީމާ ވަނީ މިހެން ނޫންތޯއެވެ. ދަރިވަރުން މިހާ ހާލުގައި އުޅެން ޖެހެނީ ހަމަ އެންބަސީގެ އިހުމާލުންނެވެ. ދަރިވަރުން އަދިވެސް ތިބީ އެންބަސީއިން މިކަމަށް ހަށްލެއް ހޯދައިދޭނެ ދުވަހަކަށް އިންތިޒާރު ކޮށްގެންނެވެ.