ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޔާސީ ޕާޓީއަކުން ވަކިވި މިއީ ފުރަތަމަ ފަހަރު؛ އެނބުރި އައީ ކުރީގެ ސިޔާސީ ފިކުރުގެ ތެރެއަށް: މަހުލޫފް

ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ ޕާޓީއަކުން އަމިއްލައަށް ވަކިވި މިއީ ފުރަތަމަފަހަރު ކަމަށާއި އެނބުރި ވަޑައިގަތީ ހަމަ ކުރީގެ ސިޔާސީ ފިކުރުގެ ތެރެއަށްކަމަށް ކުރީގެ ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅޫވެއްޖެއެވެ. 

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މަހްލޫފް ވިދާޅުވީ އޭނާ ސިޔާސީ މަސައްކަތް ފެށީ 2005 ވަނަ އަހަރު ރައީސް މައުމޫން އުފެއްދެވި ޑީއާރުޕީން ކަމަށެވެ. އެ ޕާޓީތެރޭ ހިޔާލު ތަފާތުވެ ފިޔަވަޅުއަޅައި ވަކިކުރި ހިސާބުން، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްއާއި އެކު ޕީޕީއެމް އުފެއްދި އެއް ފައުންޑަރ އަކީ އޭނާކަމަށް މަހުލޫފް ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްއާއި އެކު އުފެދުނު ހިޔާލުތަފާތުމުގެ ތެރެއިން 2014 ވަނަ އަހަރު އޭނާ ޕީޕީއެމްއިންވެސް ވަކިކުރީކަމަށް މަހުލޫފް ވިދާޅުވިއެވެ.

އެއަށްފަހު އޭރު އޮތް އިދިކޮޅު އިއްތިހާދާއެކު 4 އަހަރު މަސައްކަތްކުރުމަށްފަހު، 2018 ގަ އެމްޑީޕީ އާއި ގުޅުނި ކުރެވުނު ވަރަށް ގިނަ މަސައްކަތްތަކަށް ފަހުގައިކަމަށް މަހުލޫފް ވިދާޅުވި އެވެ.

އެޕާޓީގެ މެންބަރުންގެ ލޯބި އަދި ތާއީދު ލިބުނު ނަމަވެސް އެތެރެއިން ވަރަށް ގިނަ ފިއްތުންތައް އައިކަން މަހުލޫފް ފާހަގަކުރެއްވި އެވެ. އެގޮތުން އެމްޑީޕީގެ ސަރުކާރު ނިމި، ޕާޓީގެ އެތެރޭގެ އިންތިހާބެއްގައި ވާދަކުރުން ހުއްޓުވުމަށް ކުރިމަތިވީ ކަންކަން ފާހަގަކުރެއްވި އެވެ.

އެގޮތުން ގައުމީ މަޖިލީހުން ގަރާރެއް ފާސްކޮށް އަދި ފަހުން އެމައްސަލަ ކޯޓަށް ވެއްދި ހިސާބުން އިންތިހާބުގައި ވާދަކޮށްލަން ފުރުސަތު ލިބި އެންމެ މަތީ އަގުލަބިއްޔަތުން އިންތިހާބު ކޮށްދިން ނަމަވެސް ޕާޓީގެ މަތިފަޑީގައި ކަންކަން ހިނގަނީ އެހެން ނޫންކަމަށް މަހުލޫފް ވިދާޅުވިއެވެ.

މަހުލޫފް ވިދާޅުވީ އޭނާ ޕާޓީން ވަކިވުމުން ވަރަަށް އުފާވާނެ ބަޔަކު މަތިފަޑީގައި ތިބޭނެކަން ކަށަވަރުވާ ކަމަށެވެ. އަދި ވިދާޅުވީ 2023 ގެ އިންތިހާބަށް ފަހު ހުންނެވީ ސިޔާސީ ކަންކަމާ ވަރަށް ދުރުގައި ކަމަށެވެ. އަދި ސިޔާސީ މައިދާނާ ދުރުގައި ހުންނެވީ އޭނާއާއި މެދު ކަންކަން ދިމާވީގޮތުން ފޫހިވެފެފައި ހުންނެވުމުން ކަމަށްވެސް ފާހަގަކުރެެެއްވި އެވެ.

އެކިފަހަރު މަތިން ދައުވަތުދެއްވާ އަދި އެނބުރި އައުމުން ރައީސުލްޖުމްހޫރިއްޔާ އަދި ޕާޓީގެ ލީޑަރު ޑރ. މުހައްމަދު މުއިއްޒު އާއި އެންމެހާ މެންބަރުން ވިދާޅުވި ހޫނު މަރުހަބާއަށް މަހުލޫފް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މަސައްކަތް ބަލައިގަނެ އެކަމުގެ އަގުވަޒަންކޮށް ދައުވަތު ދެއްވީތީ ވަރަށް އުފާކުރައްވާކަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ ތަރީހުގައި ބޭއްވި އެންމެ ބޮޑު ސިޔާސީ އެއްވުމުގައި ސޮއިކޮށްލަން ލިބުމުން އިތުރު އުފަލެއް ލިބިވަޑައިގަތް ކަމަށާއި މިނިންމުމާއެކު ހިތްހަމަ ނުޖެހުނު ފަރާތްތަކަށް މައާފަށް އެދި އަދި މަރުހަބާކީ އެންމެހާ ބޭފުޅުންނަށް ޝުކުރުދަންނަވާ ކަމަށް މަހުލޫފް ވަނީ ވިދާޅުވެފައެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: