ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާރުއެސްޑަބްލިޔު ފައިނޭންސިންގ ގެ 3ވަނަ ފިޔަވައްސައް އެޕްލިކޭޝަންތައް ބަލައިގަންނަން ފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

އެސްއެމްއީ ޑިޖިޓަލް މެދުވެރިކޮށް ތައާރަފުކޮށްފައިވާ އާރު.އެސް.ޑަބްލިޔު ފައިނޭންސިންގ ސްކީމްގެ ތިންވަނަ ފިޔަވައްސަށް، 200 މަސްދޯންޏަށް އަމާޒުކޮށް އެސްއެމްއީ ޑިޖިޓަލްއިން އެޕްލިކޭޝަންތައް ބަލައިގަންނަން ފަށައިފިއެވެ.

އެސްއެމްއީން ބުނެފައިވަނީ ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއާއި، ދަ ލައިވްސް އެންޑް ލައިވްލިހުޑްސް ފަންޑް (އެލް.އެލް.އެފް) އަދި  އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ)، ގުޅިގެން އެސްއެމްއީ ޑިޖިޓަލް މެދުވެރިކޮށް ތައާރަފުކޮށްފައިވާ އާރު.އެސް.ޑަބްލިޔު ފައިނޭންސިންގ ސްކީމްގެ ތިންވަނަ ފިޔަވައްސަށް، 200 މަސްދޯންޏަށް އަމާޒުކޮށް އެސްއެމްއީ ޑިޖިޓަލްއިން މިހާރު ވަނީ އެޕްލިކޭޝަންތައް ބަލައިގަންނަން ފަށާފައި ކަމަށެވެ.

އިސްލާމީ ޝަރީޢަތުގެ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތީން ފަރުމާކުރެވިފައިވާ މި ފައިނޭންންސިންގ އަމާޒުކުރެވިފައިވަނީ މަސްވެރިކަމުގެ ސިނާޢަތު ދެމެހެއްޓެނިވިކަމާއެކު ކުރިއަށް ގެންދިޔުމަށްޓަކައި ލޮނު ފެނުން މަސް ފިނިކުރާ ނިޒާމު (އާރު.އެސް.ޑަބްލިޔު) އާއި، ސޯލާ ޕެނަލް އަދި ޖަނަރޭޓަރު ސެޓް ލުއި ފަސޭހެ ގޮތެއްގައި ފައިނޭންސްކޮށްދިނުމަށެވެ.

މިއީ ޕްރޮޖެކްޓް ފައިނޭންސިންގގެ ގޮތުގައި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ) އިން އިންސްޓޯލްމަންޓް ސޭލް ފައިނޭންސިންގ އާއި ލައިވްސް އެންޑް ލައިވްލިހުޑްސް ފަންޑް (އެލްއެލްއެފް) އިން ދޭ ހިލޭ އެހީ ހިމެނޭހެން ފަރުމާކުރެވިފައިވާ ސްކީމެކެވެ. މި ސްކީމްގެ ދަށުން ފައިނޭންންސިންގ ލިބި އާރްއެސްޑަބްލިއު ސިސްޓަމް އިންސްޓޯލް ކުރުމުން، ގަތުމުގެ އަގުގެ 35 އިންސައްތަ ހިލޭ އެހީގެ ގޮތުގައި ކަނޑައަޅައި އަނބުރާ ދައްކަންޖެހޭ އަދަދުން މި އަދަދު އުނިކުރެވޭނެއެވެ. މިއީ މިހާރު މަސްވެރިކަންކުރާ އުޅަނދުފަހަރުގައި ގާއިމްކުރެވޭ ވަސީލަތްތައް ޒަމާނީކުރުމަށް ލިބިގެންވާ ރަނގަޅު ފުރުސަތެކެވެ.

ފައިނޭންންސިން މައުލޫމާތު

  • 2,000,000 ރުފިޔާއާއި ހަމައަށް ފައިނޭންސިންގ
  • ގްރޭސް މުއްދަތުގެ ގޮތުގައި ގިނަވެގެން 6 މަސް ދުވަސް
  • ފެސިލިޓީ ދެއްކުމަށް ގިނަވަގެން 10 އަހަރު
  • ފާއިދާ ހިސާބުކުރާނީ އަހަރަކަށް 6 ޕަސެންޓު ރޭޓްގައި ގައި
  • ރަހުނެއް ބޭނުމެއް ނުވޭ
  • އަމިއްލަ އަތުން އެއްވެސް ޚަރަދެއް ކުރާކަށް ނުޖެހޭ

މިސްކީމްގެ ތިންވަނަ ފިޔަވައްސަށް އެޕްލިކޭޝަން ބަލައިގަތުމަށް މިކުންފުނީގެ ވެބްސައިޓް www.smedigital.mv ގައިވާ ’އެސްއެމްއީ ޕޯޓަލް‘ މެދުވެރިކޮށް މިހާރުވަނީ ހުޅުވާލާފައިއެވެ.

މި ސްކީމާއި ގުޅޭގޮތުން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ޙަސަން ވިދާޅުވެފައިވަނީ މަސްވެރިކަމުގެ ސިނާޢަތް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކުރުމަށްޓަކައި ހުޅުވާލާފައިވާ މިސްކީމުގެ ތެރެއިން، ލޮނުފެނުން މަސްފިނިކުރާ ނިޒާމު ދޯނިފަހަރުގައި ދަނީ ގާއިމު ކުރެވެމުން ކަމަށެވެ. ގިނަ އޮޑިދޯނިފަހަރުގައި މި ނިޒާމު ޤާއިމުކުރެވެމުންދާކަމީ ނުހަނު އުފާކުރާ ކަމެއް ކަމަށާއި އަދި މިއީ މަސްވެރިންނާއި އޮޑިވެރިންނަށް ލިބުނު މުހިންމު ކުރިއެރުމެއްކަމަށެވެ. މީގެ ސަބަބުން އައިސް ހޯދުމުގައި ދިމާވެފައިވާ ގޮންޖެހުންތަކަށް ޙައްލެއް ހޯދައިދެވި، އައިސް ހޯދުމަށް ހިނގަމުންދިޔަ ހަރަދު ކުޑަކުރެވިގެންދާނެ ކަމަށް ވިދާޅުވިއެވެ. އަދި ތިންވަނަ ފިޔަވަހި ހުޅުވާލުމާއެކު، އިތުރު މަސްވެރިންނާއި އޮޑިވެރިންނަށް މި ލުއިފަސޭހަ ފުރުސަތުގެ ބޭނުން ހިފުމަށް މަގު ތަނަވަސްވެގެންދާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

އެލްއެލްއެފްއާއި އައިއެސްޑީބީ ގެ އެހީތެރިކަމާއެކު ހިންގޭ މިޕްރޮޖްކްޓްގެ ދަށުން ދޫކުރެވޭ ފައިނޭންސިންގ ފެސިލިޓީގެ ތެރެއިން އިޔާދަކުރަނިވި ހަކަތައިން އުފެއްދޭ ކަރަންޓު ބޭނުންކުރުން އިތުރުކޮށް، މަސްވެރިކަން ކުރުމުގެ ތެރެއިން ޖައްވަށް ދޫކުރެވޭ  ކާބަންގެ މިންވަރު މަދުކުރުމަށް އިސްކަންދެވިފައިވެއެވެ. މިސްކީމްގެ ތެރެއިން މަސްވެރިކަމުގެ ދާއިރާ ހަރުދަނާކޮށް، މަސްވެރިކަމުގެ ސިނާއަތަކީ އެސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ފައިދާހުރި ދެމެހެއްޓެނި ގޮތުގައި ކުރެވޭނޭ މަސައްކަތެއް ކަމުގައި ހެދޭނެ އެވެ. މި ސްކީމްގެ ފުރަތަމަ ފިޔަވައްސަށް 2024 ވަނަ އަހަރު އަދި ދެވެނަ ފިޔަވައްސަށް 2025 އަހަރު ހުޅުވާލައި، މިހާތަނަށް 35 ފަރާތަކަށް 44.99 މިލިއަން ރުފިޔާގެ ފައިނޭންސިންގ އެޕްރޫވްކޮށް، މިހާރުވެސް ދަނީ ފައިސާ ދޫކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: