ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިނގިރޭޓު ކޮންޓެއިނާ ވަގަށް ނެގި މައްސަލަ: ބިދޭސީއަކު ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދަށް

ސިނގިރޭޓް މައްސަލާގައި ހައްޔަރުކުރި ބިދޭސީ މީހާ: --- ފޮޓޯ/ޕޮލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއަށް ވަގަށް އެތެރެ ކުރަން އުޅެނިކޮށް، މިދިޔަ އޭޕްރިލް މަހު ހިފެހެއްޓި 13 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓު އެމްޕީއެލް ބަނދަރުން ގެއްލުނު މައްސަލައިގައި ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.

40 ފޫޓުގެ ދެ ކޮންޓެއިނަރެއްގައި ހުރި 1،360 ކޭސް ސިނގިރޭޓު ގެއްލިފައިވާކަމަށް މީޑިއާތަކުގައި ފެންމަތިވީ އޮކްޓޯބަރު މަހުގެ ކުރީކޮޅެވެ.

މި މައްސަލައިގައި ފުލުހުން ވަނީ މަޝްހޫރު ދެ ވިޔަފަރިވެރިއަކު ހިމެނޭ ގޮތަށް، 10 މީހަކު ހައްޔަރުކޮށްފަ އެވެ. އެއީ މި އަމަލު ރާވައި ފަންޑު ކުރިކަމުގެ ތުހުމަތު ކުރެވޭ އެޕޯލޯ ކުންފުނީގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އާއި ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އެވެ.

މައްސަލައިގައި ދެން ހައްޔަރު ކުރީ ކަސްޓަމްސްގެ އިސް މުވައްޒަފެއްކަމަށްވާ ޒިވާރު އިސްމާއިލް އެވެ. އަދި މިފްކޯގެ އިންޖިނިއަރިން އެންޑް ޕްރޮޖެކްޓްސް ޑިޕާޓުމެންޓުގެ ޖެނެރަލް މެނޭޖަރުގެ މަގާމުގައި ހުރި މުއާޒު އަލީ އެވެ.

ހައްޔަރު ކުރި އެންމެން ވެސް ތިބީ ޝަރީއަތް ނިމެންދެން ބަންދުގަ އެވެ. އަދި މައްސަލައިގައި އިތުރު މީހަކު ހައްޔަރު ކުރިއިރު، އެއީ ބަންގްލަދޭޝްއަށް ނިސްބަތްވާ މުހައްމަދު އަލަމުން މިއާ އެވެ.

މިއީ މި މައްސަލައިގައި ހައްޔަރު ކުރި، ފުރަތަމަ ބިދޭސީ މީހާ އެވެ.

ފުލުހުން ބުނި ގޮތުގައި ބިދޭސީ މިޙާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.

ވަގަށް އެތެރެ ކުރަން އުޅުނު މި ސިނގިރޭޓު ކޭސްތަކުން ދައުލަތަށް ޑިއުޓީއެއްގެ ގޮތުގައި ލިބެން ޖެހޭ އަދަދު 122 މިލިއަން ރުފިޔާއަށް އަރަ އެވެ. މައްސަލައިގެ ތަހުގީގަށް މާލޭގެ އެކި ސަރަހައްދުތައް ވެސް ބަލައި ފާސްކޮށްފައި ވެއެވެ. އަދި ކ. ތިލަފުށި ބަލައި ފާސްކޮށް، ކޮންޓެއިނަރުގެ ބައިތައް ވަނީ ހޯދާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: