ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަތޮޅު ކައުންސިލް އުވާލައި، މެމްބަރުންގެ އަދަދު މަދުކުރާ އިސްލާހު މަޖިލީހަށް

ރައީސުލްޖުމްހޫެެރިއްޔާ އއ. އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުފުފުޅުގެ ތެރެއިން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ލާމަރުކަޒީ ނިޒާމުގެ ތެރޭގައި އަތޮޅު ކައުންސިލްތައް ނުހިމެނޭ ގޮތަށް، ބަދަލު ގެނެސް އަތޮޅު ކައުންސިލް އުވާލުމަށްޓަކައި ގާނޫނުއަސާސީއަށް ގެންނަންޖެހޭ އިސްލާހުތައް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން ބާރަށު ދާއިރާގެ ޕީއެންސީ މެމްބަރު އިބްރާހިމް ޝުޖާއު ހުށަހަޅުއްވާފައިވާ އިސްލާހުގެ ފުރަތަމަ ކިއުން މަޖިލީހުގައި ވަނީ އިއްވާފަ އެވެ.

ޝުޖާއު ހުށަހަޅުއްވާފައި ވަނީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 230 ވަނަ މާއްދާގެ (ށ) އަށް އިސްލާހު ގެނައުމަށެވެ. މި އިސްލާހުގެ ދަށުން، ރައީސުލްޖުމްހޫރިއްޔާއަށް ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތައް އުފެއްދުމުގެ ބާރު އުނިކުރެވޭނެއެވެ.

އިސްލާހުގައި ޤާނޫނުއަސާސީގެ 231 ވަނަ މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރު އުނިކޮށް، އެ މާއްދާގެ (ށ) އިސްލާހުކުރުމަށް ހުށަހަޅާފައިވެއެވެ. އެއީ އިދާރީ ދާއިރާތައް ހިންގުމަށްޓަކައި އުފައްދާ ރަށު ކައުންސިލްތަކުގެ ރައީސުން އަދި ސިޓީ ކައުންސިލްތަކުގެ މޭޔަރުން އިންތިހާބުކުރާނީ، އެ ސަރަހައްދުގެ ރައްޔިތުންގެ މެދުގައި ދީމިގްރާތީ އުސޫލުތަކުގެ މަތިން ނަގާ ސިއްރު ވޯޓަކުންކަމަށް ހިމެނުމެވެ.

މި ޤާނޫނަށް އަމަލުކުރަން ފެށުމަށްފަހު، ޤާނޫނުއަސާސީގެ 230 ވަނަ މާއްދާއާއި 231 ވަނަ މާއްދާއަށް ގެނެވޭ އިސްލާހުތަކާ ގުޅިގެން ކައުންސިލްތަކުގެ މެންބަރުން އިންތިހާބުކުރަންވާނީ، އެ މާއްދާތަކަށް އަމަލުކުރަން ފެށުމަށްފަހު ބާއްވާ ދެން އެންމެ އަވަހަށް ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބެއްގައެވެ.

ޤާނޫނަށް އަމަލުކުރަން ފަށާއިރު، އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ މެންބަރުން، އާ މެންބަރުން މަގާމާ ހަވާލުވަންދެން، އެ މީހުންގެ މަގާމުގައި ދެމިތިބޭނެއެވެ.

އަތޮޅު ކައުންސިލްތަކުން އެދެވޭ ނަތީޖާއެއް ނުނެރެވޭތީ، ގާނޫނަށް އިސްލާހު ގެނެސް އަތޮޅު ކައުންސިލް އުވާލުމަށް މަޖިލީހަށް ހުށަޅުއްވާނެކަން އިއުލާނު ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ.

ޤާނޫނުއަސާސީ އިސްލާހު ކުރުމުގެ އިތުރުން ކައުންސިލްތަކުގެ މެންބަރުންގެ އަދަދަށް ބަދަލު ގެނެވޭނެ އެވެ. އެގޮތުން، 2000 މީހުންނަށް ވުރެ އާބާދީ ކުޑަ ރަށްރަށުގައި ތިން މެންބަރުންގެ މައްޗަށް އެކުލެވޭ ކައުންސިލްތައް ގާއިމުކުރެވޭނެއެވެ. އަދި 2000 މީހުންނަށް ވުރެ ބޮޑެތި ރަށްރަށުގައި ފަސް ކައުންސިލަރުން ތިބޭނެއެވެ.

މި ބަދަލާއެކު ކޮންމެ ކައުންސިލެއްގައި އަންހެން ކައުންސިލަރެއް ހިމެނޭނެ އިންތިޒާމެއް ގާއިމުކޮށް، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތައް އުވާލާނެކަމަށް ރައީސް ވިދާޅުވި އެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: