ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޮންޑުން އުފެދޭ ޕްރެޝަރު ހިފެހެއްޓުމަށް އެމްއެމްއޭއިން ފިޔަވަޅު އަޅާނެ: މުނައްވަރު

މޯލްޑިވްސް މަނިތަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަނަރ އަހުމަދު މުނައްވަރު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ 2.5 ބިލިއަން ރުފިޔާގެ ބޮންޑެއް ޕެންޝަން ފަންޑުން ގަންނަން މަރުކަޒީ ބޭންކު، އެމްއެމްއޭއިން ފައިސާ ދީގެން ހިންގާ މުއާމަލާތުގެ ސަބަބުން ބާޒާރުގައި އިތުރު ފައިސާގެ ޕްރެޝަރެއް އުފެދިދާނެކަމަށް ބަލައި އެ ޕްރެޝަރުތައް ހިފެހެއްޓުމަށް އަޅަން ޖެހޭ ފިޔަވަޅުތައް މަރުކަޒީ ބޭންކު އެމްއެމްއޭއިން އަޅާނެކަމަށް ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.

މިކަމާއި ގުޅޭގޮތުން މުނައްވަރު ވާހަކަ ދެއްކެވީ، ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ކޮމިޓީގައި މެމްބަރުން ބޮންޑު އިންވެސްޓު ކުރުމާއި ގުޅޭގޮތުން ސުވާލު ކުރުމުންނެވެ.

އެގޮތުން ކަނޑިތީމު ދާއިރާގެ މެމްބަރު އަމީން ފައިސަލް ސުވާލު ކުރެއްވީ އެ މުއާމަލާތުގެ ސަބަބުން މިވަގުތު ރާއްޖޭގައި ނެތް ފައިސާއެއް އެމްއެމްއޭގެ ތެރެއިން ނެރެ ދައުރުވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އެހެންކަމުން ބާޒާރުގެ އަގުތަކާއި ޑޮލަރުގެ ރޭޓަށް މީގެ ސަބަބުން ކުރާނެ އަސަރުތަކަކީ ކޮބައިކަމާއި އެކަމުގެ އެއްވެސް ދިރާސާއެއް ކުރިތޯ ސުވާލު ކުރި އެވެ.

ޖަވާބުގައި މުނައްވަރު ވިދާޅުވީ، އެމްއެމްއޭއިން މި ޕްރޮޕޯސަލާ މެދު ދެކެނީ އިންވެސްޓްމަންޓެއްގެ ގޮތުގައި ކަމަށާއި، ނަމަވެސް އެ މުއާމަލާތުގެ ސަބަބުން ބާޒާރަށް އަތުވެދާނެ ޕްރެޝަރެއް ހިފެހެއްޓުމަށް މަސައްކަތް ކުރާނެކަމަށެވެ. އެގޮތުން މަނިޓަރީ ސިޔާސަތުތަކަށް ގެންނަން ޖެހޭ ބަދަލުތައް ދިރާސާކޮށް، އެ ބަދަލުތައް ގެންނާނެކަމަށް މުނައްވަރު ވަނީ ވިދާޅުވެފަ އެވެ.

މީގެ މަގުސަދެއްކަމަށް މުނައްވަރު ވިދާޅުވެފައި ވަނީ ގައުމުގެ މާލީ ހަމަޖެހުން ދެމެހެއްޓުމާއި، ފައިސާގެ ތަފާތުތައް ކޮންޓްރޯލް ކުރުމެވެ.

މާ ތަފްސީލީ ޖަވާބެއް ނުދެއްވައި، ވަރަށް ކުރު ގޮތަކަށް މުނައްވަރު ވިދާޅުވީ ބޯޑުގެ ލަފާގެ މަތިން، އޯޕަން މާކެޓް އޮޕަރޭޝަންތަކެއް ގެންދަން ޖެހުނަސް، މަނިޓަރީ ސިޔާސަތަށް ގެންނަން ޖެހޭ ބަދަލުތައް އެމްއެމްއޭއިން ގެންނާނެ ކަމަށެވެ. އެގޮތުން، ބާޒާރުގައި ހުރި ފައިސާގެ މިންވަރު ކޮންޓްރޯލް ކުރުމަށްޓަކައި، ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން އެންމެ އެކަށޭނެ ފިޔަވަޅުތައް އަޅާނެކަމަށް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: