ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތައިލެންޑާއި ދުބާއިއަށް އެއާ އެމްބިއުލާންސްގެ ހިދުމަތް ފުޅާކުރަން ސޮއިކޮށްފި

ތައިލެންޑާއި ދުބާއިއަށް އެއާ އެމްބިއުލާންސްގެ ހިދުމަތް ފުޅާކުރުމުގެ އެގްރިމެންޓުގައި ސޮއި ކުރުން/ ފޮޓޯ: މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

އެއަރ އެމްބިއުލްންސްގެ ޚިދުމަތް ފުޅާކުރުމުގެގޮތުން ސަރުކާރުން ކުރަމުންގެންދާ މަސައްކަތުގެ ދަށުން ދުބާއީ އަދި ތައިލެންޑަށް އެއަރ އެމްބިއުލާންސްގެ ދަތުރުތައް ފެއްޓުމަށްޓަކައި ހެލްތް މިނިސްޓްރީއާއި އައިލެންޑް އޭވިއޭޝަން އަދި އެންސްޕާއާއި އެކު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ހެލްތުގެ ނާއިބު އަޙްމަދު ހަމްދާން ނާސިރު އެވެ. އަދި އައިލެންޑް އޭވިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިޔާޒު ސޮއިކުރެއްވި އިރު އެންސްޕާގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޗީފް އެގްޒަކެޓިވް އޮފިސަރ ހީނާ ވަލީދުއެވެ.

ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާކޮށް، ޞިއްޙީ ކުއްލި ފަރުވާގެ ހިދުމަތް ފުޅާކުރެއްވުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ވައުދެކެވެ. އެއަރ އެމްބިލަންސްގެ ހިދުމަތަކީ ސަރުކާރުގެ ރިޔާސީ ވައުދުތަކުގެ ތެރެއިން ސަރުކާރުގެ ހަފްތާ14 ގައި ހިމަނުއްވާ، މިދިޔަ އަހަރުގެ މާޗު މަހުން ފެށިގެން ދެމުންދާ ޚިދުމަތެކެވެ.

ހެލްތް މިނިސްޓްރީގެ ދަށުން، މޯލްޑިވްސް އެމެޖެންސީ މެޑިކަލް ސާވިސަސް އުފައްދަވައި، މި ޚިދުމަތް 24 ގަޑިއިރު ދިނުމަށްޓަކައި ކުއްލި ފަރުވާގައި މީހުން އުފުލުމުގެ ޚިދުމަތުގެ ތަމްރީން ލިބިފައިވާ ޑޮކްޓަރުން، ނަރުހުން، އިމަޖެންސީ މެޑިކަލް ޓެކްނީޝަނުން، ކޯލް ސެންޓަރ މުވައްޒަފުން އަދި ޑްރައިވަރުން ދަނީ މަސައްކަތްކުރަމުންނެވެ.

މިގޮތުން މިހާތަނަށް، 1،840 ބަލިމީހުން، ރާއްޖޭގެ އެކި ކަންކޮޅުތަކުން ޞިއްޙީ ކުއްލި އެހީ ބޭނުންވާ ޙާލަތްތަކުގައި، ފަރުވާ ދިނުމަށް، މާލެ ޞަރަހައްދަށް އެއަރ އެމްބިއުލަންސްގައި ގެނެވިފައިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: