ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑްރަގްސްގެ ވަބާއިން ރާއްޖެ ސަލާމަތްކުރުމަށް މަސައްކަތް ކުރެވުނު 2 އަހަރު

ޝެއާރކޮށްލާ ކަހަލަދޯ؟

މަސްތުވާތަކެއްޗަކީ ދިވެހި މުޖުތަމަޢަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމެވެ. ޚާއްޞަކޮށް ޒުވާނުންގެ މެދުގައި މި ވަބާ ފެތުރިފައިވާ މިންވަރު ބޮޑުކަމުން، އެކަމަށް ހައްލެއް ހޯދުމަށްޓަކައި ސަރުކާރުން ވަނީ ފާއިތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ގިނަގުނަ މަސައްކަތްތަކެއް ކޮށްފައެވެ.

މި މަސައްކަތްތަކުގެ މައިގަނޑު އަމާޒަކީ މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ފަރުވާ ދިނުމާއި، މުޖުތަމަޢަށް އަނބުރާ ގެނައުމުގެ އިތުރުން، އެތަކެތި ރާއްޖެއަށް އެތެރެވުން ހުއްޓުވުމެވެ. މި ދެ އަހަރުގެ ތެރޭގައި ކުރެވުނު މުހިންމު މަސައްކަތްތަކާއި، ހާސިލުކުރެވުނު ކާމިޔާބީތަކަށް މި ލިޔުމުގައި އަލިއަޅުވާލާނަމެވެ.

ޑިމާންޑް އެންޑް ހާމް ރިޑަކްޝަންގެ މަސައްކަތްތައް

މަސްތުވާތަކެތީގެ ޑިމާންޑް ކުޑަކުރުމާއި، އެކަމުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމަށްޓަކައި ސަރުކާރުން ވަނީ ފުޅާ ދާއިރާއެއްގައި މަސައްކަތްތައް ފަށާފައެވެ. މިގޮތުން، މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ފަރުވާ ދިނުމުގެ ނިޒާމު ވަނީ ހަރުދަނާކޮށްފައެވެ.

އޮޕަރޭޝަން ފަނާރުގެ ކާމިޔާބީ

ޑްރަގް ކޯޓުގެ ރިހެބިލިޓޭޝަން އަމުރާއި އެއްގޮތަށް ފަރުވާ ނުފެށި ވެއިޓްލިސްޓް ކުރެވިފައިވާ 700 ފަރާތްތަކަށް އަމާޒުކޮށް، ’އޮޕަރޭޝަން ފަނާރު’ގެ ނަމުގައި ޚާއްސަ އޮޕަރޭޝަނެއް ވަނީ ހިންގާފައެވެ. މި އޮޕަރޭޝަންގެ ދަށުން މިހާތަނަށް 700 މީހުން ރިހިބިލިޓޭޝަން ފަރުވާ ފުރިހަމަކޮށްފައިވެއެވެ. މިއީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ގިނަ އަދަދެއްގެ ބަޔަކަށް ދިރިއުޅުން އަލުން ފެށުމުގެ ފުރުޞަތު ހޯދައިދިނުމަށް ލިބުނު ބޮޑު ކާމިޔާބީއެކެވެ.

ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރުގެ ޚިދުމަތް

ގްރޭޓަރ މާލޭ އޭރިޔާގައި ކުށްކުރާ މީހުންނާއި، މަގުމަތީގައި ސަލާންޖަހާ މީހުންގެ ތެރެއިން މަސްތުވާތަކެތި ބޭނުންކުރާ 346 މީހުން ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާއި އެން.ޑީ.އޭ ގުޅިގެން އަލަށް ޤާއިމުކުރެވުނު ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރަށް ނަގައި ފަރުވާދޭން ފަށާފައެވެ. މީގެ އިތުރުން، ހުޅުމާލޭ ހާފްވޭހައުސް، ކ. ހިންމަފުށީ ޑްރަގް ޓްރީޓްމެންޓް ރިހެބިލިޓޭޝަން ސެންޓަރ، ޏ. ފުވައްމުލައް، އަދި ގދ. ތިނަދޫ ސެންޓަރުގައި ވެސް ރިމާންޑް ޚިދުމަތް ދެވޭނެ އިންތިޒާމު ހަމަޖައްސައި، ޚިދުމަތް ވަނީ ފުޅާކޮށްފައެވެ.

ރަށްރަށަށް ފަރުވާ ފުޅާކުރުން

މަސްތުވާތަކެތީގެ ފަރުވާ މުޅި ރާއްޖެއަށް ފުޅާކުރުމުގެ ގޮތުން، ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން އެންޑް ރީއިންޓަރގްރޭޝަން އެޕްރޯޗަކަށް ބަދަލުކޮށްފައިވެއެވެ. މިކަމުގެ ސަބަބުން، ޑްރަގް ކޯޓުން ކޮމިއުނިޓީ ފަރުވާއަށް އަމުރުކޮށްފައިވާ ފަރާތްތަކަށް، އެމީހަކު ހުރި ރަށެއްގެ ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކާ ގުޅިގެން ފަރުވާ ކުރިޔަށް ގެންދެވޭނެ މަގު ފަހިވެގެން ދިޔައެވެ. މިގޮތުން، މިހާރު ވަނީ 110 ރަށަކަށް ފަރުވާގެ ޚިދުމަތްތައް ފުޅާކޮށްފައެވެ.

އައު ރިހެބިލިޓޭޝަން ސެންޓަރުތައް

ރާއްޖޭގެ 03 ސަރަހައްދެއްގައި ރިހެބިލިޓޭޝަން ފަރުވާގެ އިންތިޒާމު ޤާއިމުކުރުމުގެ ގޮތުން ލ. ގަން، ނ. ވެލިދޫ އަދި ކ. ކާށިދޫގައި ރިހެބިލިޓޭޝަން ސެންޓަރު އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ވަނީ ފަށާފައެވެ. މި ސެންޓަރުތައް ނިމިގެންދާއިރު، ފަރުވާގެ ވަށާޖެހޭ ހަރުދަނާ ނިޒާމެއް ޤާއިމުކުރެވި، މާލެ ސަރަހައްދަށް ބަރޯސާވުން ކުޑަވެގެންދާނެއެވެ.

މުޖުތަމަޢަށް އަނބުރާ ގެނައުން

މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުން ފަރުވާ ފުރިހަމަކުރުމަށްފަހު މުޖުތަމަޢުއަށް އަނބުރާ ގެނައުމަކީ އެންމެ މުހިންމު އެއްކަމެވެ. މިކަމަށްޓަކައި ސަރުކާރުން ވަނީ ޚާއްޞަ ސިޔާސަތުތަކެއް އެކަށައަޅާފައެވެ. އެގޮތުން، ފަރުވާ ފުރިހަމަކޮށް ނިކުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހޯދައިދިނުމަށްޓަކައި ސަރުކާރު ޙިއްސާވާ ކުންފުނިތަކާއި އަމިއްލަ ފަރާތްތަކާއެކު ދަނީ މަސައްކަތް ކުރަމުންނެވެ. މީގެ ސަބަބުން އެފަދަ ފަރާތްތަކަށް އިޖުތިމާޢީ ގޮތުން ބައިވެރިވެ، އަމިއްލަ ދިރިއުޅުމެއް ބިނާކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

ސަޕްލައި ރިޑަކްޝަން (މަސްތުވާތަކެތި އެތެރެވުން ހުއްޓުވުން)

ޑިމާންޑް ކުޑަކުރުމުގެ މަސައްކަތްތަކުގެ އިތުރުން، މަސްތުވާތަކެތި ރާއްޖެއަށް އެތެރެވުން ހުއްޓުވުމަށްޓަކައި ވެސް ވަނީ ފުޅާ ދާއިރާއެއްގައި މަސައްކަތްތައް ކޮށްފައެވެ. 17 ނޮވެމްބަރ 2023 އިން ފެށިގެން 30 ސެޕްޓެމްބަރ 2025ގެ ނިޔަލަށް 353 ޑްރަގް އޮޕަރޭޝަން ހިންގައި، މަސްތުވާތަކެއްޗާއި ގުޅޭ 2093 ކޭސް ތަހުގީގުކޮށްފައިވެއެވެ. މިފަދަ އޮޕަރޭޝަންތަކުގެ ސަބަބުން މަސްތުވާތަކެތި އެތެރެކުރާ ނެޓްވޯކްތަކަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ.

ފާއިތުވެދިޔަ ދެ އަހަރު ދުވަހަކީ ޑްރަގްސްގެ ވަބާއިން ރާއްޖެ ސަލާމަތްކުރުމަށްޓަކައި ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވާ ދުވަސްވަރެކެވެ. އޮޕަރޭޝަން ފަނާރުގެ ކާމިޔާބީއާއި، ރިހެބިލިޓޭޝަންގެ ޚިދުމަތްތައް ރަށްރަށަށް ފުޅާކުރުމާއި، އަދި އައު ސެންޓަރުތައް ޤާއިމުކުރުމުގެ މަސައްކަތް ފެށުމަކީ މި ދެ އަހަރުގެ ތެރޭގައި ހާސިލުކުރެވުނު މުހިންމު ކާމިޔާބީތަކެވެ. ނަމަވެސް، މި ވަބާއިން އެއްކޮށް ސަލާމަތްވުމަށްޓަކައި، ދެމެހެއްޓެނިވި ގޮތެއްގައި މި މަސައްކަތްތައް ކުރިޔަށް ގެންދިއުމާއި، މުޖުތަމަޢުގެ އެއްބާރުލުން ހޯދުމަކީ މުހިންމު ކަމެކެވެ. މި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، ދިވެހި މުޖުތަމަޢު މަސްތުވާތަކެތީގެ ނުރައްކަލުން ސަލާމަތްވެ، އުފާފާގަތި މުސްތަޤްބަލަކަށް މަގުފަހިވާނެކަމަށް އުންމީދު ކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: