ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރިއަށް އޮތް 6 މަސް ނުވަތަ 8 މަހުގެ ތެރޭ ބުޅަލުގެ މައްސަލައަށް އެދެވޭ ހައްލެއް ލިބޭނެ: މާރިޔާ

މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ޑރ މަރިޔަމް މާރިޔާ ސަންގު ޓީވީ.
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށް އޮތް 6 މަސް ނުވަތަ 8 މަހުގެ ތެރޭ ބުޅަލުގެ މައްސަލައަށް އެދެވޭ ހައްލެއް ލިބޭނެކަމަށް މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ޑރ މަރިޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.

ސަރުކާރަށް ދެ އަހަރުވުމުގެ މުނާސަބާގައި ސަންގު ޓީވީއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ޑރ މާރިޔާ ވިދާޅުވީ މި ސަރުކާރުން އޮޅުހިޔާގެ މަސައްކަތް ކުރަމުންދަނީ ބެލެހެއްޓެނިވި ގޮތެއްގައިކަމަށެވެ. އިތުރު ބުޅާތައް ގެނެސް، މާލެ ސަރަހައްދުގައި އޮތް ބުޅަލުގެ މައްސަލައަށް ހައްލު ގެނައުމަށް މަސައްކަތްކުރަމުންދާކަމަށް ވިދާޅުވިއެވެ.

މިހާރު އޮޅުހިޔާގައި ހުރި ހިދުމަތްތަކާއި ގުޅިގެން ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ވެޓް ކްލިނިކެއްގެ އިތުރުން، ކަރަންޓީނު ފެސިލިޓީއެއްވެސް ހުންނާނެކަމަށެވެ. ބަލިތައް ޖެހިފައިވާ ބުޅާތައް ބަހައްޓަނީ ވަކިންކަމަށާއި، މި އިންތިޒާމްތައް ހުންނާނީ ހަމަޖައްސާފައިކަމަށް ވިދާޅުވިއެވެ.

ވެޓުން ތަމްރީނުކުރުމުގެ މަސައްކަތްތައް ކުރިއަށްދާކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގިނަ ޒުވާނުން ބޭނުންވޭ ވެޓުންނަށް ވާން. އަޅުގަނޑުމެން ބޭނުންވަނީ ވޮލެންޓިއަރުން.

ޑރ މަރިޔާ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ބަލިތައް ފެތުރުމުން ރައްކާތެރިކުރުމުގެ މަސައްކަތްތައްވެސް ކުރިއަށްދާކަމަށެވެ. ނަމަވެސް ބައެއް ފަހަރު ރާއްޖެއިން ބައެއް ކަހަލަ ބޭސް ހޯދުމަށް އުނދަގޫވާކަމަށް ވިދާޅުވިއެވެ. އެހެންކަމުން މިކަންކަން ހަމައަކަށް އެޅުވުމުގެ މަސައްކަތް ސަރުކާރުން ކުރަމުން ގެންދާކަން ފާހަގަކުރެއްވިއެވެ.

އެންޖީއޯއަކާއި ގުޅިގެން މާލޭގެ ސަރަހައްދުތަކުގައި ބުޅާ ދިރިއުޅޭ ވަރު އަދި ތަންތަން ދެނެގަތުމުގެ މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވިއެވެ. އެގޮތުން ވަކި ސަރަހައްދުތަކެއް މިހެން ފާހަގަކުރެވިފައިވާކަމަށާއި، އެ ސަރަހައްދުތަކަށް ހާއްސަކޮށް މަސައްކަތްތަކެއްކޮށް، އެ ބުޅާތަކަށް ރައްކާތެރިކަން ފޯރުކޮށްދީ، މަގުމަތީގެ ސާފުތާހިރުކަން ކަށަވަރުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ ބުޅަކަށް ކާންދޭ ފަރާތްތައް އުޅޭކަމަށެވެ. ނަމަވެސް އެއަށްފަހު އެ ތަން ސާފުނުކުރާތީ، ތަންތަނުގެ ސާފުތާހިރުކަން ގެއްލޭކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީމި މައްސަލައަށް 6 މަސް ނުވަތަ 8 މަސް ދުވަހުގެ ތެރޭގައި ރަނގަޅު އެދެވޭ ހައްލެއް ލިބިގެންދާނެކަމަށެވެ.

ބުޅާ ފެސިލިޓީއާއި ގުޅޭ މައުލޫމާތު ހިއްސާކުރައްވަމުން މިނިސްޓަރު ވިދާޅުވީ، އެ ފެސިލިޓީގައި 2،000 ބުޅާ ގެންގުޅޭނަމަ، ކޮންމެ ބުޅަލަކަށް މަހެއްގެ މައްޗަށް ހަތްލައްކަ ރުފިޔާ ޚަރަދުވާނެކަމަށް ބެލެވޭކަމަށެވެ. މިނިސްޓަރ ވަނީ އެގޮތަށް ޚަރަދު ކުރާނަމަ މަހެއްގެ މައްޗަށް އަދި އަހަރެއްގެ މައްޗަށް ހޭދަވާނެކަމަށް އަންދާޒާ ކުރެވޭ މިންވަރުވެސް ހިއްސާ ކުރައްވާފައެވެ.

އެގޮތުން ކޮންމެ ތިން މަހަކުން 3.4 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށާއި، އަހަރަކު 10.8 މިލިއަން ރުފިޔާ ހަރަދުވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ފެސިލިޓީގެ ޖުމުލަ ބަޖެޓުން ބުޅަލަކަށް މަހަކު 368 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށާއި، އަހަރަކު 5416 މިލިއަން ރުފިޔާ ހަރަދުވާނެކަމަށްވެސް މިނިސްޓަރ އަންދާޒާ ކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: