ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީ މުޒާހަރާއިން ހައްޔަރުކުރި ހަތް މީހުންނަށް ދައުވާ ނުކުރަން ޕީޖީ ނިންމައިފި

އެމްޑީޕީ މުޒާހަރާއިން ހައްޔަރުކުރި ހަތް މީހުންނަށް ދައުވާ ނުކުރަން ޕީޖީން ނިންމައިފި
ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ އޮކްޓޫބަރު ތިނެއްގައި އެމްޑީޕީން ބޭއްވި މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ހަތް މީހުންނަށް ދައުވާ ނުކުރަން ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީސް (ޕީޖީ) އިން ނިންމައިފިއެވެ.

ޕީޖީން މިގޮތަށް ނިންމާފައިވަނީ އެމީހުންގެ ޢަމަލުތައް ހުރީ އަސާސީ ޙައްޤެއް ބޭނުންކުރުމުގެ ތެރެއިން ކަމަށް ބެލެވޭތީއާއި، ދަޢުވާކުރުމުގެ މަޞްލަޙަތު ނެތް ކަމަށް ފެންނާތީއެވެ.

މި މައްސަލާގައި ފުލުހުންގެ ޚިދުމަތުން ޕީޖީއަށް ހުށަހެޅީ، ޤާނޫނުލްޢުޤޫބާތުގެ 532 ވަނަ މާއްދާގެ ދަށުން ޤާނޫނު ތަންފީޛްކުރާ މުވައްޒަފެއްގެ މަސައްކަތަށް ޤަޞްދުގައި ހުރަސްއެޅުމުގެ ކުށުގެ ދަޢުވާއާއި، 533 ވަނަ މާއްދާގެ ދަށުން ޤާނޫނު ހިންގުމަށް ހުރަސްއެޅުމުގެ ކުށުގެ ދަޢުވާ ކުރުމަށެވެ. ފުލުހުން ބޭނުންވީ މުޒާހަރާގެ ތެރެއިން ޤާނޫނު ތަންފީޛުކުރުމަށް ހުރަސްއެޅި ކަމަށް ތުހުމަތުކުރެވޭ ފަރާތްތަކުގެ މައްޗަށް ދައުވާކުރުމަށެވެ.

މި މުޒާހަރާއިން ހައްޔަރުކުރި ހަތް މީހުންގެ ތެރޭގައި ސިޔާސީ ގޮތުން މަޝްހޫރު ބައެއް ފަރާތްތައް ހިމެނެއެވެ. އެގޮތުން ދާންދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު ޔައުގޫބު އަބްދުﷲ އާއި، ކުޅުދުއްފުށި އުތުރު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު ޔާސިރު އަބްދުއްލަތީފްގެ އިތުރުން މާފުށީ ކައުންސިލް ރައީސް ހަސަން ސޮލާހް ހިމެނެއެވެ. އަދި އެމްޑީޕީގެ ނިމިދިޔަ ދައުރުގައި ރައީސް އޮފީހުގެ ސީނިއާ އެޑްމިނިސްޓްރޭޓިވް އެސިސްޓެންޓް އަޒީމް އަލީ، އަލީ ޖުމާން، ޙަސަން ޝާކިރު، އަދި މުޙައްމަދު ޚަލަފް އިބްރާހީމް ވެސް ހިމެނެއެވެ.

ޕީޖީ އޮފީހުން މި ނިންމުން ނިންމި ސަބަބުތައް ހާމަކުރަމުން ބުނެފައިވަނީ، ލިބިފައިވާ ހެކިތަކަށް ރިޢާޔަތްކޮށް ބެލިއިރު، ތުހުމަތުކުރެވޭ ޢަމަލުތައް އެމީހުން ހިންގާފައިވަނީ އަސާސީ ޙައްޤެއް ބޭނުންކުރުމުގެ ތެރެއިން ކަމަށް ބުރަވެވޭ ކަމަށެވެ. އިތުރަށް ޕީޖީން ފާހަގަކުރެއްވީ، އެ މީހުންގެ ޢަމަލެއްގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާއެއް ނުވަތަ މުދަލަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށެވެ. އެހެންކަމުން، މި މައްސަލާގައި ދަޢުވާކުރުމުގެ މަޞްލަޙަތު އޮތް ކަމަށް ޕީޖީ އޮފީހަށް ނުފެންނާތީ، މައްސަލަ ކުރިއަށް ނުގެންދިއުމަށް ވަނީ ނިންމައިފައެވެ.

މީގެ އިތުރުން، 3 އޮކްޓޫބަރު 2025 ވަނަ ދުވަހު މާލޭގައި ބޭއްވި އެއްވުމާ ގުޅިގެން އިތުރު 10 މީހެއްގެ މައްސަލަ ފުލުހުންގެ ޚިދުމަތުން ގެންދަނީ ތަޙުޤީޤުކުރަމުންނެވެ. ޕީޖީން ބުނެފައިވަނީ އެ ބައިގެ ތަޙުޤީޤު ނިމުމުން އެ މީހުންގެ މައްޗަށް ދަޢުވާކުރުމާމެދު ގޮތެއް ނިންމާނެ ކަމަށް ވެސް ޔަޤީންކަން ދީފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: