ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުން ވަނީ ޑިމޮކްރެޓިކް ނިޒާމުގެ ތެރެއިން އެއްވެ އުޅުމުގެ ފަހި ފުުރުސަތުތަކެއް ހޯދައިދީފަ: ޝުޖާއު

ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ ޑިމޮކްރެޓިކް ނިޒާމުގެ ތެރެއިން އެއްވެ އުޅުމުގެ ފަހި ފުުރުސަތުތަކެއް ހޯދައިދީފައިކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ހުށައަޅުއްވާފައިވާ ސުލްހަވެރިކަމާއިއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނު އުވާލުމުގެ ބިލަށް ބަހުސް ކުރައްވަމުން ޝުޖާއު ވަނީ މި ގާނޫނު އުވާލުމަށް ތާއީދު ނުކުރާކަން ހާމަކޮށްފައެވެ. 2016 ވަނަ އަހަރު 18 ވަނަ ރައްޔިތުންގެ މަޖިލީހުން މި ގާނޫނު އުފެދިގެން އައުން ފާހަގަކުރައްވާ ޝުޖާއު ވިދާޅުވީ، މި މަސައްކަތުގައި ބައިވެރިވެވިފައިވާތީ ފަހުރުވެރިވާކަމަށެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ސުޕަރ މެޖޯރިޓީ އޮތްއިރު، ގާނޫނަށް އެއްވެސް ބަދަލެއް ނުގެނައުމުން ހާމަވެގެންދަނީ ގާނޫނު ވަރަށް ރަނގަޅަށް އޮތްކަންކަމަށް ފާހަގަކުރެއްވިއެވެ. ބިލު ހުށައެޅުއްވި މެންބަރު މީކާއީލް ވިދާޅުވި ގޮތުގައި މި ގާނޫނު އުވާލުމުގެ މަސައްކަތް އެ މަޖިލީހުގައި ނުކުރެވުނީ ކޮވިޑް 19 ގެ ހާލަތުގެ ސަބަބުންކަމަށް ފާހަގަކުރައްވާ ޝުޖާއު ވިދާޅުވީ އެއީ ހަމަ ޖެހޭ ވާހަކައެއް ނޫންކަމަށެވެ. ކޮވިޑްގެ ހާލަތުގައިވެސް މަޖިލީސް ހިންގިކަމަށް ވިދާޅުވިއެވެ.

ނޫސްވެރިންވެސް އޭރު ވަނީ މި ގާނޫނު އުވާލުމަށް ސްޕްރީމް ކޯޓަށް ހުށައަޅުއްވާފައިކަމަށާއި، އެއާއިއެކު އެމްޑީޕީގެ ވެރިކަމުގެ ބަންޑާރަ ނައިބު ވަނީ މިއީ ގާނޫނު އަސާސީއާއި ތައާރުޒުވާ ގާނޫނެއް ނޫންކަމަށް ވިދާޅުވެފައިކަމަށް ޝުޖާއު ފާހަގަކުރެއްވިއެވެ. އަދި އެއަށްފަހު މައްސަލަ ބޭރުކޮށްލީކަމަށާއި، ދެން މިއަދު މަޖިލީހަށް އެމްޑީޕީގެ މެންބަރު މިފަދަ ބިލުތަކުގެ ހުށައެޅުންތައް ހުށައެޅުމުން ހައިރާންވާކަމަށް ޝުޖާއު ވިދާޅުވިއެވެ.

މަސައްކަތް ކުރުމުގެ ހައްގު މި ގަނޫނު އަސާސީގެ، 37 ވަނަ މާއްދާގައި ލިބިގެންވޭ. ބޭނުންވާހާތާކަށް ވަދެ މަސައްކަތެއް ނުކުރެވޭނެ އިއްޒަތްތެރި ރައީސް. އޭނަ މަސައްކަތް ކުރާ މާހައުލަށް، އޮފީހަށް ވަދެ މަސައްކަތް ކުރުމުގެ ހައްގު އޭނައަށް މިނިވަންކަމާއިއެކު ލިބިގެން ވަނީ.

ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުން ލިބިދޭ ހައްގުތައް ރައީސުލްޖުމްހުރް މުއިއްޒު ގެންދަވަނީ ފުޅާކޮށް ރައްޔިތުންނަށް ދެއްވަމުންކަމަށެވެ. އެއްވެވޭނެ ތަންތަންވެސް ގިނަކޮށްފައިވާކަމަށެވެ. ޑިމޮކްރެޓިކް ނިޒާމުގެ ތެރެއިން އެންމެ ފަހި ފުރުސަތުތައް ރައީސް ގެންދަވަނީ ފަހި ކޮށްދެއްވަމުންކަމަށް ފާހަގަކުރެއްވިއެވެ. ގްރީން ޒޯނަށް އެއްވާ މީހުންވެސް ހައްޔަރު ނުކުރާކަމަށާއި، ދައުވާވެސް ނުކުރާކަމަށް ޝުޖާއު ވިދާޅުވިއެވެ.

ދެން މިހާރު މި ގާނޫނު އުވާލަށް ހުށައެޅުމަކީ ބޮޑު ޖޯކެއްކަމަށް ޝުޖާއު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: