ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ހުވަދު އަތޮޅު އުތުރުބުރީ ވިލިގިއްޔަށް ވަޑައިގަތުމުން އެ ރަށުގެ ބަޔަކު ނިކުމެ މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)އާއި ދެކޮޅަށް އަޑު އުފުލައިފިއެވެ.
އެރަށުގެ ރައްޔިތުންގެ ތެރެއިން ބަޔަކު ނިކުމެ އަޑު އުފުލާފައިވަނީ އެމްޑީއެން ބޭންކުރުމަށް ގޮވާލުމަށެވެ.
ރައްޔިތުންގެ އިހުތިޖާޖު ފުލުހުންވަނީ ހުއްޓުވާފައެވެ. އަދި ބައެއް މީހުންވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ސުވާލުކޮށްފައެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ގއ. ވިލިގިލީ ކައުންސިލްގެ ހުއްދަ ނުހޯދާ، އަޑުގަދަ ކުރާ ބެނުްންކޮށްގެން އަޑުގަދަ ކުރި ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ސުވާލުކޮށްފައިވާކަމަށެވެ.
” މިރޭ ގއ.ވިލިގިލީގައި، ރަށު ކައުންސިލްގެ ހުއްދަ ނުނަގާ އަޑު ގަދަކުރާ ބެނުންކޮށް، ފުލުހުންސަލާމަތީ ގޮތުން ބަންދުކޮށްފައިވާ ސަރަޙައްދަކަށް ވަދެ މުޒާހަރާކުރި ބަޔަކު، ސުވާލުކުރުމަށް ޕޮލިސް ސްޓޭޝަށް ހާޟިރުކޮށްފައިވޭ ” ޕޮލިސް މީޑިއާ
ރައީސް މުޙައްމަދު ނަޝީދު ވިލިގިއްޔަށް ވަޑައިގަތުމުން ގިނަ ޢަދަދެއްގެ ރައްޔިތުން ވަނީ ނިކުމެ އެމަނުކުފާނަށް ހޫނު މަރުހަބާއެއްވެސް ދަންނަވާފައެވެ. މި ދަތުރުފުޅަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އެމަނިކުފާނު ކުރައްވަވާ ރަސްމީ ދަތުރުފުޅެކެވެ.
ﷲއާއި ރަސޫލާއަށް ފުރައްސާރަކޮށް އެމްޑީއެންއިން ނެރުނު ރިޕޯޓާއި ގުޅިގެން ދިވެހި ރައްޔިތުން ދަނީ އެމްޑީއެން އުވާލުމަށް ގޮވާލާ އިހުތިޖާޖު ކުރަމުންނެވެ. ރައީސް ނަޝީދު ވެސް ވަނީ އެމްޑީއެންގެ ރިޕޯޓުގައި ނުރަނގަޅު ކަންކަން ހުރިކަން ފާހަގަކޮށްފައެވެ. ނަމަވެސް އެކި ފަހަރުމަތިން އެމްޑީއެން ދިފާއުކުރުމަށް މަސައްކަތްކުރައްވާ ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.