ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަތޮޅު ތެރޭގައި ހައްދާ ދަނޑުވެރިކަމުގެ ބާވަތްތައް މާލެއަށް ގެނެސް ވިއްކޭނެ އިންތިޒާމްތައް ސަރުކާރުން ހަމަޖައްސައިދޭނެ: ޑރ މާރިޔާ

މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ޑރ މަރިޔަމް މާރިޔާ ސަންގު ޓީވީ.
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ އިޤްތިޞާދާއި ދިރިއުޅުމުގައި ދަނޑުވެރިކަމަކީ އަބަދުވެސް މުހިންމު ދައުރެއް އަދާކުރާ ދާއިރާއެކެވެ. ނަމަވެސް، އަތޮޅުތެރޭގައި ހައްދާ ތަކެތި މާލެއާއި ހަމައަށް ގެނެސް، އެކަށީގެންވާ އަގުގައި ވިއްކުމުގެ ލޮޖިސްޓިކްސްގެ ގޮންޖެހުންތަކަކީ ދަނޑުވެރިންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމެވެ.

މި މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ވަނީ ބޮޑު އިސްކަމެއް ދެއްވާފައެވެ. ސަރުކާރަށް ދެއަހަރު ފުރުމާ ގުޅިގެން ސަންގުޓީވީން ގެނެސްދިން ހާއްސަ ކަވަރޭޖުގައި މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ޑރ. މަރިޔަމް މާރިޔާ ވިދާޅުވެފައިވާ ގޮތުގައި، އަތޮޅު ތެރޭގައި ހައްދާ ދަނޑުވެރިކަމުގެ ބާވަތްތައް މާލެއަށް ގެނެސް ވިއްކޭނެ ޔަޤީން އިންތިޒާމްތަކެއް ސަރުކާރުން ހަމަޖައްސައިދޭނެއެވެ. މި ވައުދަކީ ދަނޑުވެރިކަމުގެ ދާއިރާއަށް އާ އުއްމީދުތަކެއް ގެނެސްދޭނެ ވައުދެކެވެ.

މިނިސްޓަރު ޑރ. މާރިޔާ ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ މާހައުލުގައި ހައްދާ ބާވަތްތަކުގެ އަދަދު އިތުރުކުރުމަކީ ސަރުކާރުގެ މައިގަނޑު އަމާޒެކެވެ. މިއީ ރާއްޖޭގެ ކާނާގެ ސަލާމަތަށްޓަކައި ވަރަށް މުހިންމު ކަމެކެވެ. ރަށްތަކުގައި ހެއްދޭ ތަކެތި ޔަގީންކަމާއިއެކު މާލެއަށް ފޯރުކޮށްދެވޭނެ ގޮތަކަށް ލޮޖިސްޓިކްސްގެ އިންތިޒާމްތައް ހަމަޖެއްސުމަށް އެކަމަނާ ވަނީ އިލްތިމާސްކުރައްވާފައެވެ. އެގޮތުން، ރާއްޖޭގައި އާންމުކޮށް ހެދޭ މުރަނގަ ތޮޅި، އަދި ބަނބުކެޔޮ ފަދަ ބާވަތްތައް އިތުރަށް އުފެއްދުމަށް ސަމާލުކަން ދިނުމަށް ވަނީ ހިތްވަރުދެއްވާފައެވެ.

ދަނޑުވެރިކަމުގެ ދާއިރާއަށް އެއްބާރުލުން ދިނުމުގެ ގޮތުން ސަރުކާރުން ވަނީ ތިން ޚާއްސަ މަޝްރޫޢެއް ފަށާފައެވެ. އެއީ މުރަނގަ ޕްރޮޖެކްޓާއި، ފަތްކެޔޮ ޕްރޮޖެކްޓާއި، ކޮކޮނެޓް ޕްރޮޖެކްޓެވެ. މި މަޝްރޫޢުތަކުގެ ދަށުން، މި ބާވަތްތަކަށް ޚާއްސަކޮށް ކޮންސަލްޓަންޓުން ހޯދައި، އިތުރު ފައިދާތަކާއި ކުރިއެރުންތައް ދެނެގަނެވިގެންދާނެއެވެ. މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، މި ބާވަތްތައް ބޭނުންކޮށްގެން އިތުރު ޕްރޮޑަކްޓްސްތައް އުފެއްދުމުގެ ފުރުސަތު ބޮޑެވެ. މިސާލަކަށް، މުރަނގަ ޕައުޑަރ ފަދަ ވެލިއު އެޑެޑް ޕްރޮޑަކްޓްސް އުފައްދައިގެން ދަނޑުވެރިންގެ އާމްދަނީ އިތުރުކުރުމުގެ މަސައްކަތްތައް ކުރިއަށްދާނެއެވެ.

ދަނޑުވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އުފައްދާ ތަކެތި މާލެއަށް ގެނެސް ވިއްކުމުގައި ދިމާވާ ދަތިތަކެވެ. މި މައްސަލަ ހައްލުކުރުމަށް ސަރުކާރުން ދަނީ އެގްރޯނެޓް  އާއި އެހެނިހެން މުއައްސަސާތަކާ ގުޅިގެން މަސައްކަތްތަކެއް ކުރަމުންނެވެ. މި މަސައްކަތްތަކުގެ މަޤްޞަދަކީ އަތޮޅު ތެރޭގެ ރަށްތަކުގައި އުފައްދާ ތަކެތި ހަލާކުވުމުގެ ކުރިން މާލޭގެ މާކެޓަށް ފޯރުކޮށްދިނުމަށް ޔަޤީންކަން ދިނުމެވެ. މިނިސްޓަރު ވިދާޅުވީ، ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައިވެސް މި ޝަކުވާތައް ފާހަގަވާކަމަށާއި، އެހެންކަމުން މި މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދެއްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.

ރާއްޖެއަކީ ރުއްގަސް ގިނަ ޤައުމެއް ކަމުގައި ވިޔަސް، ކާށިވެސް އިމްޕޯޓް ކުރަން ޖެހުމަކީ ކަންބޮޑުވުމެއްކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. މި މައްސަލަ ހައްލުކުރުމަށްޓަކައި ސަރުކާރުން ވަނީ ޚާއްސަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން، ރާއްޖޭގެ 60 ރަށުގައި ރުއް އިންދުމުގެ މަސައްކަތް ފަށާނެކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން، އެހެނިހެން ގަސްތައް އިތުރުކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންދެވޭނެކަމަށް ވިދާޅުވިއެވެ. މިއީ ދަނޑުވެރިކަމުގެ ދާއިރާ އަމިއްލަ ފުދުންތެރިކަމަށް ގެނައުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: