ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުން ހުށަހެޅި 64 ބިލިއަންގެ ބަޖެޓް ކޮމެޓީން ފާސްކޮށްފި

މަޖިލީހުގައި މެމްބަރަކު ބަޖެޓު ފޮތް ބައްލަވަނީ/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ 64.2 ބިލިއަން ރުފިޔާގެ ބަޖެޓު އިތުރު ބަދަލެއް ނުގެނެސް، ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާ ކުރާ ކޮމިޓީން ފާސްކޮށްފި އެވެ.

މިއަދު ކުރިޔަށް ގެންދިޔަ ބަޖެޓު ކޮމިޓީގައި ސަރުކާރުގެ ފަރާތުން ހުށަހެޅި ގޮތަށް ބަޖެޓު ފާސްކުރުމަށް ހުށަހެޅީ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ އެވެ. އަދި ކޮމިޓީގެ 10 މެމްބަރަކު އެގޮތަށް ބަޖެޓު ފާސްކުރުމަށް ވޯޓުން ދިންއިރު، ދެކޮޅަށް ވޯޓު ދީފައި ވަނީ 04 މެމްބަރުންނެވެ.

ކޮމިޓީން ބަޖެޓުގެ މަސައްކަތްތައް ކުރިޔަށް ގެންދިޔައިރު ބައެއް އިދާރާތަކާއި ބައްދަލުކޮށްފައި ވެއެވެ. އަދި ބަޖެޓު ކުޑަވުމުން އަދަދު އިތުރުކޮށްދޭން އެދުނު ނަމަވެސް އެގޮތަށް ބަދަލު ކުރެވެން ނެތްކަމަށް ކޮމިޓީގެ މުގައްރިރު އަހުމަދު ސަލީމް ވަނީ ވިދާޅުވެފަ އެވެ.

އަންނަ އަހަރަށް ހުށަހަޅާ ބަޖެޓުން 39.9 ބިލިއަން ރުފިޔާ ނުވަތަ ބަޖެޓުގެ 62 ޕަސެންޓް ވަނީ ރިކަރަންޓް ހަރަދަށް އެކަށައަޅާފައެވެ. މީގެ ތެރޭގައި ދައުލަތުގެ ގިނަ އަދަދެއްގެ މުވައްޒަފުންގެ މުސާރަތައް ބޮޑުކޮށް ހާމަނައިޒްކުރުން ހިމެނެއެވެ. މި ބަޖެޓު އަމާޒުކުރެވިފައި ވަނީ ތަޢުލީމާއި، ސިއްހަތާއި، ބޯހިޔާވަހިކަމާއި، ވަޒީފާ އަދި ދިރިއުޅުމުގެ އަގުތަކަށް ހެޔޮ ބަދަލުތަކެއް ގެނުވާނެ ދާއިރާތަކަށްކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، އަންނަން އޮތް އެތައް އަހަރުތަކަކަށް ގައުމު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރުވާނެ އިގްތިސާދީ އިންޖީނުތަކަށްވެސް މި ބަޖެޓުގައި އިންވެސްޓްކުރުމަށް ހަމަޖެހިފައިވެއެވެ.

ބަޖެޓު ފަރުމާކުރެވިފައި ވަނީ ދިވެހިންގެ އެތައް ޖީލުތަކެއްގެ ބޮލުގައި އެޅިފައިވާ ދަރަންޏަށް ލުއިކަން ގެނެސް، މާލީ ހަރުދަނާކަން އިތުރުކޮށް، ދިވެހިންނަށް ހަގީގީ މާނާގައި ތަރައްގީ ގެންނާނެ ގޮތަށް ވިސްނައިގެންނެވެ.

2026 ވަނަ އަހަރަށް ޓެކުހުގެ ގޮތުގައި 31.3 ބިލިއަން ރުފިޔާ، ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 8.7 ބިލިއަން ރުފިޔާ، އަދި ހިލޭ އެހީގެ ގޮތުގައި 373.6 މިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާކުރެވެއެވެ. މިގޮތުން، 2026 ވަނަ އަހަރުގެ ނިޔަލަށް ޖުމުލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 40.3 ބިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކުރެވެއެވެ. މިއީ 2025 ވަނަ އަހަރަށް މިހާރު އަންދާޒާކުރާ ޖުމުލަ އާމްދަނީއާއި ހިލޭ އެހީއާ އަޅައިބަލާއިރު 6.6 ޕަސެންޓްގެ އިތުރުވުމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: